އިންޓަނޭޝަނަލް ޔޯގާގެ ދުވަސް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީ އިން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ހުއްޓުވައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ޔޯގާ އެއްވުން ހުއްޓުވާ ދިނުމަށް އެދި އާންމުންގެ ފަރާތެއް އެ އިދާރާއަށް ގުޅި ކަމަށެވެ.

އެ މައްސަލައިގައި ގުޅުން ހުރި ދައުލަތުގެ މުވައްސަސާތަކާއި މައުލޫމާތު ހިއްސާ ކޮށްގެން އެކަމުގައި އަމަލުކުރަންވީ އުސޫލު އެމީހާއަށް ބުނެދީފައިވާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީ އިން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ޔޯގާ އެއްވުން ބާއްވަން ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އެ ހަރަކާތް އޮތީ ރަސްފަންނުގައި އެ ދުވަހުގެ ހެނދުނު 6:00 ޖަހާއިރު އެވެ.

އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ޔޫތް މިނިސްޓްރީއިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޔޯގާއަކީ އިސްލާމީ ޝަރީއަތުގައި ހުއްދަނޫން ކަމެއްކަމަށް ދުނިޔޭގެ ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގް ވެއެވެ.

ޔޯގާ އަކީ މުސްލިމުން ކުރުން ރަނގަޅު ނޫން ކަސްރަތެއް ކަމަށް އިލްމުވެރިން ބުނާ ސަބަބަކީ އެ ކަސްރަތަކީ ހިންދޫން އެމީހުންގެ ކަލާންގެ ރަމްޒުކޮށް އެއަށް އަޅުކަން ކުރުމުގެ ގޮތުން ކުރާ ބައެއް ކަންކަން ހިމަނައިގެން ހަދައިގެން އުޅޭ ކަސްރަތުތަކެއް ކަމަށްވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބިސް

    ތިކަން ކުރާނެ ކޮންމެހެން ހަދާފަވެސް...މިހާރު ވެރިންނަށް ތިބީ ވެރިކަމަށް ޓަކައި އެމީހުންގެ ނަފަސާއި ދީންނާ ގައުމު އިންޑިޔާއަށް ވިއްކާލާފަ.

    24
    2
  2. ޖަމީލު

    އިންޑިޔާ ކަލްޗަރަލް ސެންޓަރުން ގަވއިދުން މީހުން ގެންގޮސްގޮސްގެން 'ސޫރިޔާ ނަމްސަކާރު' ކިޔާ ކަމެއް ކުރުވާނެ. ޔޯގާއޭ ކިޔަގެން. އެއީ އިރަށް ސަލާންކޮށް، އިރަށް އަޅުކަންކުރުން

    17
    1
  3. މަވޯޓާ

    އިބުރާހީމާ ބޭރުކޮއްގެންނޫނީ މިކަމެއްނުވާނެ އޭނަބޭރުކުރަން ކޯލިޝަނަކައްނުބަލާ 2023 ވޯޓްއަޅަންވީ މިހާރުސަރުކާރުހިންގާ ފުޅާކޯލިޝަނާދެކޮޅައް

    14
  4. ދެރަވެއްޖެ

    ޔޯގޯ އަކީ ކަސްރަތަކަށްވެސް ބެލެވިދާނެ ކަމަށް. އެއީ މުޅިހަށިގަޑު ރިލެކްސް ކޮއްލުން. ވަރަށް ފައިދާހުރި ކަސްރަތެއް. ޑޯންޓް ވޮރީ ިރިލިޖަސްކަމެއްނޫން. ރިލިޖެސް ޔޯގާ އަކީ އަދި ވަކި އެއްޗެއް.

    1
    9
  5. ކައިދާ

    ޚާއްސަކޮށްް ޔޫތުމިނިސްޓަރ ލާދީނީ މަހޭއަކީ އިންޑިއާގެ ސަގާފަތާ ހެދި ހޭބަލިވާ މީހެއް އެތައް ޚަރަދެއް ކޮށްގެން ދަރިޔަށް އެމީހުންގެ އާދަކާދަ ތައް ދަސްކޮށްދީ އެމީހުންގެ ފެސްޓިވަލް ތަކުގަ ބައިވެރިވާ މީހެއް. ޢިރު އަރާވަގުތު އެކަން ކުރަނީވެސް އެމީހުންގެ އެބުނާ ސޫރިޔަ ކަލާނގެ އަށް އިހްތިރާމް ކުރުމުގެ ގޮތުން.
    އަދި ބުދު ބަހައްޓައިގެން ވެސް ތިޔަ ޔޯގާ ހަދާތަން އަންނާނެ ލާދީނީ މަހޭމެން ތިބޭނެ ކުރުވަން.

  6. އިދުރީސް

    އިންޑިޔާ ކަލްޗަރާ ގުޅުންހުރި ކަންކަން އާންމުކުރާކަށް ނުޖެހޭނެ. ހުއްޓުވާ ނުހުއްޓުވާފިނަމަ އެކަމެއް ކުރާތަނަށް އާންމުން ނިކުމެ ހުއްޓުވަންވެސް ޖެހޭނެ. މީއީ މޯދީގެ ތަރިކަ މުދަލެއްނޫން ބޭނުންހާ އެއްޗެއްހާވާކަށް.

    12
    1