ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދު އިތުރުވެއްޖެއެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާއެއް ތެރޭ ރާއްޖެެއިން 400 އަށްވުރެ ގިނަ މީހުން ކޮވިޑަށް ވަނީ ފައްސިވެފައެވެ.

ހެލްތް ޕްރޮޓެކްކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފާއިތުވެދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް އާއްމުކޮށްފައެވެ.

ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އެ ހަފްތާ ތެރޭގައި 405 މީހަކު ރާއްޖެއިން ކޮވިޑަށް ފައްސިވިއެވެ. އޭގެ ތެރެއިން މާލެ އިން 231 މީހަކު ކޮވިޑަށް ފައްސިވިއިރު، އަތޮޅު ތެރެއިން 95 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 79 މީހަކު ފައްސިވިއެވެ.

މީގެ ތެރެއިން 17 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ އަދަދުތަކުން ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު ދުވާލެއްގެ ފައްސިވާ އަދަދުތައް ހުރީ 26 އާއި 77 އާ ދެމެދުއެވެ. މީގެ ތެރެއިން ގިނައިން މީހުން ކޮވިޑަށް ފައްސިވަމުން ދަނީ މާލެ އިންނެވެ.

މާލޭގެ ހާލަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ފައްސިވާ އަދަދުތައް އުޅެނީ 15 އާއި 44 އާ ދެމެދު އެވެ. އަތޮޅު ތެރޭގެ ހާލަތަށް ބަލާއިރު، ދުވާލަކަށް ފައްސިވާ އަދަދުތައް އުޅެނީ ހަތަރަކާއި، 22 އާ ދެމެދުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ޢީދު ބަންދުގައި ހަސަން ލަތީފުމެންގެ އިންކިމް ޓާރގެޓަކީ ކޮބާ؟

  2. ކޮވިޑް މޫނި

    މިހާރު މިމީހުންގެ ކުޅިވަރު ދަސްވެއްޖެ! ކޮންމެ ފަހަރަކު ޗުއްޓީއަށް ކުރާ ކަމެއް މި.. ދެން ރަނގަޅު މާސްކު އަޅަން ނުބުނެފިއްޔާ

  3. ޚިޔާލު

    އީދުބަނަދު ޑޮލަރު ކޮޅު ސަލާމަތްވޭތޯ ބަލަންއެބަޖެހޭ. ރަށުންބަންދު މަހަށްދޭ ދެން.