ޔޯގާ ކަސްރަތަކަށްވެފައި، ލިވާތު ކުރުން ޒާތީ ކަމަކަށްވީމާ ހޯދޭނެ ސަލާމަތުގެ އައްސޭރިއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު، އިސްމާއިލް އަހުމަދު (އިއްސެ) ވިދާޅުވެއްޖެއެވެ.

މެމްބަރު އިއްސެ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާއި ހިލާފު ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައި، އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އިއްސެ ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ނޫން ކަމަށް އާންމު ކުރި ޔޯގާ ކަސްރަތަކަށްވެފައި، މާތްވި އިސްލާމްދީނުގައި ބޮޑުކޮށް ހަރާމްކޮށްފައިވާ ލިވާތު ކުރުން ޒާތީ ކަމަކަށްވީމާ ހޯދޭނެ ސަލާމަތުގެ އައްސޭރިއެއް ނުވިސްނުނު ކަމަށެވެ.

އިއްސެ ވިދާޅުވީ، އެގޮތަށް ހޯދޭނެ ސަލާމަތުގެ އައްސޭރިއެއް އޭނާއަށް ނުވިސްނެނެވީ ފަހަރެއްގަ އޭނާއަށް އެހާވަރަށް ކިޔެވިފައި ނުތުމުން ކަމަށް ވެސް ވެދާނެ ކަމަށާއި ނޫނީ އަދި ނަޝީދަށްވުރެ އޭނާ ޅަ ވުމުން ކަމަށެވެ.

ޔޯގާގެ އާއި ގުޅުވައިގެން ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަކީ އިސްލާމް ދީނާއި ދެކޮޅު ހަރަކާތެއް ކަމަށް ބުނެ ފުލުހުންނަށް އެ ހަރަކާތް ހުއްޓުވުމަށް އަންގާފައެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އިސްލާމިކް މިނިސްޓްރީ އަށް ގޮންޖަހައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ޔޯގާގެ ހަރަކާތް މާލޭގައި ކުރިއަށް ގެންދަނިކޮށް، ގިނަ ބަޔަކު ވަނީ ގޮލޮޅު ދަނޑަށް ވަދެ ހަރަކާތް ހުއްޓުވާފައެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 19 މީހަކު ވެސް ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ހައްޔަރު ކުރި މީހުން މިހާރު ވަގުތުން ދޫކޮށްލާ.

    70
    2
    • ޣައުމު

      ޢިސްލާމިކް މިނިސްޓްރީ ހުއްޓުވަން އެންގި ކަމެއް ޕޮލިހުން ނުހުއްޓުވީމާ އާއްމުން އެ ހަރާމް އަމަލު ހުއްޓުވުމުން ހައްޔަރު ކުރި ހުރިހާއެންމެން ދޫކޮއްލަން ޖެހޭނީ އަކުން ބަކުން ގާނޫނު

      20
  2. އައިޝާ

    ސާބަހޭ އިއްސޭ. ތީ މީހުންނަކީ. ދާއިރާގަ މެމްބަރަކު ހުރިކަމުގެ އިހުސާސް އެބަ ކުރެވޭ. ގުޑައިފިއޭ ގުޑައިފިއޭ... ހަމަ ބާކީވަނީ.
    ނަށީދުއާ މަހުލޫފާ މިކަހަލަ ދެތިން ކެނައިންނާ ހެދި އެމްޑީޕީގެ އަގު މި ވެއްޓެނީ.

    47
    3
  3. Anonymous

    މަޖިލިސް އުވާލަންވީ ، އަދި ކެނެރީ މިގައުމުން ބޭރު ކުރަންވީ.

    54
    1
  4. އެމްޑީއިސްލާމް

    އިސްލާމިކް މިނިސްޓްރީން އެހެން ބުނީމާ ވަގުތުން ވަގުތަށް އިލްމުވެރިން ދޫކޮށްލަންޖެހޭ. މުންކަރާތް ހުއްޓުވުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެކަމެއް

    66
    • ޢަލިބެ

      މުންކަރާތް ހުއްޓުވަން ޖެހޭ. ޢެކަމަކު ހުޓުވަން ޖެހޭނީ އެކަމެއް ހަވާލު ކޮށްފަ އޮންނަ މުއައްސަސާއަކުން.މިސާލަކަށް މީހަކު މަރާލާފަ ހުރި މީހަކު ފެންނަ އިރަށް އަހަރެންގޮސްސަ އެމީހަކު މަރާލީމަ ކަމަކުނުދޭ.އިސްލާމު ދީނަކީ އެއަށް ވުރޭ މާތް ދީނެކޭ.
      މިސާލަކަށް ބަލަމާ ހިގާ ރަސުލުއްލާالله ގެފާނުގެ ޒަމާނުގާ މިސްކިތް ހަރިއްމަ ތެރެއަށް ކުޑަކަމު ދިޔަމީހާ ޔާ މެދުގަ ކަންތައްކުރި އޯގާތެރިކަށް
      ޔޯގާ ހުޓުވަން ދިޔަ މީހުން ކަންތަށް ކުރި ގޮތުން އައިރު މުސްލިމުން ކުރިމަތީ އެމީހުންގެ އަގު ވެއްޓިގެން އެދިޔަ އީ.އަހަރެން ވެސް ހުދު ގަބޫލު ކުރަން ޔޯގާ އަކީ އޭގަ ޝިރުކު ހިމެނޭ ކަމެއްކަން ޝިރުކަކީ ނުފުއްސަވާ ފާފައެއްކަން.
      އެމީހުންނަށް އެކަން ހުޓުވަން އަޑު އުފުލިދާނެ
      އެމީހުނަކަށް އެހެން އަރާނުގަނެވޭނެ.

      7
      3
  5. ާދަލޭކް

    ރައިޔަތުންގެ މަޖިލީސް އޭ ނޫން ކިޔަންވީ ތިނަލާ ހުރެ މިހާރު ގައުމު ހާލާކު ވެއްޖެ . ޤާނޫނު ހަދާ މަޖްލީސް ގަ އުޅުއްވަނީ ޤާނޫނީ ދާއިރާއިން ޕީ އެޗް ޑީ ނަން ގަވާފަތިއްބެވީ ބޭފުޅުން ހުސް އެވަރުގެ މޮޅެތި ބޭ ބޭފުޅުން.

    10
  6. އަހްމަދު

    ޔޯގާގެ ހަރަކާތް މާލޭގައި ކުރިއަށް ގެންދަނިކޮށް، ގިނަ ބަޔަކު ވަނީ ގޮލޮޅު ދަނޑަށް ވަދެ ހަރަކާތް ހުއްޓުވާފައެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 19 މީހަކު ވެސް ހައްޔަރު ކޮށްފައެވެ.
    އެކަމެއް ނުހުއްޓުވޭ. ހުޢްޓުވާފިކަމަށް މިއޮތީ ކަނޑއެޅިގެން ދޮގެއް. ހުއްޓުވަން މަސައްކަތް ކުރި. އެމީހުން ބަންދުކޮށް އެތަނުން ދުރައްލުމަށްފަހު އެހަރަކާތް ކުރިއަށް ގެންދިޔަ. ނޫސްވެރިންނަށް މިކަން ނޭގިގެންތޯ ހުއްޓުވިއޭ ބުނަނީ. ނޫނީ އޮޅުވާލުމަށްތޯ؟

    13
  7. Anonymous

    ޔޯގާ ގޯހަސް ބައެއްގެ ލޮލަށް ބޮލަށް އަރައިގެން މީހުންނަށް އަދަބުދެވެންވާނެ. އަޑުއުފުލަންވާނީ ސުލްހަވެރިކަމާއެކު

    1
    2
  8. އާދަމް

    މުންކަރާތްތައް އަތުން ނުހުއްޓުވޭހާ މިގައުމުގަ ކާފަރުން ގިނަހެނެއް ހިޔެއް ނުވޭ

    2
    1