އަށް ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިިއްޔެ ކުރި އިއުލާނެއްގައި ވަނީ އަށް ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެ މަތީން ރަޖިސްޓްރީވެފައިވާ ފަރާތްތްތަކަށް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ނިންމާފައިވާ ރަށްތައް:

  • އއ. އުކުޅަސް
  • ފުވައްމުލަށް ސިޓީ
  • ލ. ގަމު
  • ޅ. ނައިފަރު
  • ރ. އަލިފުށި އަދި ދުވާފަރު
  • ސ. ފޭދޫ އަދި މީދޫ

މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01- ,GC01 02- GC01-04, GC01-03, GC01އަދި GC01-05 އަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށާއި، މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތީން ކަމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ބަލައިގަންނާނީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ފައިސާ ދައްކަން ޖެހެނީ ބަނޑޭރިޕޭ މެދުވެރި ކޮށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.