ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް ރުވާންޑާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020 ގައި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

މި މަހުގެ 20 އިން 25 އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" މި އެވެ.

އެ ބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ގައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަގުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި، ސިއްހަތާއި، މޫސުމާ ގުޅޭ އެކި މައުލޫތަކުގައި މަޝްވަރާ ކުރައްވާފައެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ރައީސް އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާއެކު ވަނީ ބައްދަލުކުރެއްވުންތައް ބާއްވާފައެވެ.

އެ ބައްދަލުކުރެއްވުންތަކުގެ މަގުސަދަކީ، ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި، ދޭދޭ ގައުމުތަކުގެ މަސްލަހަތު ކުރިއަރުވައި، ބައިނަލްއަގްވާމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް ސޯލިހް ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މިސަރުކާރުން ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަހުމީ

    ރައްޔިތުންގެ ޓެކުސްފައިސާއިން ބޮޑެތި ޚަރަދުތަކެއް ކޮށްފައި ރާއްޖެ އައިސްބުނޭ ޚަދު ކުޑަކުރާށޭ ފަހަށް ރައްކާކުރާށޭ! ރައްޔިތުން ހަނާވަނީ ރައީސް އުދުހެނީ! އަދިވެސް އަޑަށް ބާރުލައި ގޮވަނީ ދެ ވަނަދައުރެއް ދޭށޭ!

    4
    2
  2. ލޯބިވާ ވަޠަން

    ޤައުމު ބަނގުރޫޓްވުމާ ހަމައިގައި ވަނިކޮށް ދައުލަތުގެ ފައިސާއިން ބޮޑު ޚަރަދެއްކޮށްފަ ކުރި މިދަތުރުން ގައުމަށް ކިހާވަރެއްގެ ފައިދާއެއްވި ބާ؟

    5
    1
  3. ހޯރަބޭ

    ރައީސް އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާއެކު ވަނީ ބައްދަލުކުރެއްވުންތައް ބާއްވާފައެވެ.
    މިބައްދަލުވުމުގެ ބޭނުމަކީ އިންޑިއާއިން މޮރިޝަސް އާއި ދިވެހިރާއްޖޭގަ ގާއިމުކޮށްފައިވާ މިލިޓަރީބޭސްތައް ރައްޔިތުންގެ ފަހަތުން އޮޅުވާލައިގެން ބޭއްވޭނޭ ގޮތްތަކާމެދުއެވެ.

    މިގޮތް މާ ރަނގަޅުވީސް.

    2
    1
  4. ކިޔުންތެރިޔާ

    ވެލްކަމް ޓު ސަދޫމް ސިޓީ މިސްޓަ ޕްރެސިޑެންޓޭ

    2
    1
  5. Anonymous

    ރައީސް އެނބުރި ރާއްޖެ ވަޑައިގެންއިރު އަންނި ކުލޭން މިއޮތީ ޤަޢުމު ފަސާދަކޮށްލާފަ

    2
    1
    • ޒައިދު

      ބަލަގަ އަންނި އެއް ސޯލިހެއް ކިޔާނެ ކަމެއްނެއް. އެއް ބައެއް. ސޯލިހު ފެކްޝަންވެސް ހަމަ ފުލުފުލުން އެއޮތް ލީކުވަނީ. އަނެއްކާ މި ބެއްޔާ މި ގައުމުގެ ރައީސޯލަ. މުޅި ގައުމުގައި ފަސާދައާ ފާހިޝުއަމަލުތަކާ ޑުރަގާ އާއްމުވެ އެކަންކަން ކޮންޓުރޯލް ނުވެދާއިރު މީނަގެ ދައުރާ ޒިންމާ ކޮބައިހޭ؟؟؟؟ ފަޒުނާ ގޮވައިގެން ދުނިޔެ ވަށާ ބުރުޖަހަން އުޅުނަކަސް އަދި ނުނިމޭ ކަލޯ އޭނަގެ ޒިންމާ ލައްކަ ބޮޑު.

  6. އަޅާ

    ބިލިޔަނުން ގައުމު ދަރާ ވިކިފައި އޮވެ ގައުމު ބަނގުރޫޓުވާއިރުވެސް މިމަނިކުފާނު ހަމަ މުޅިދުނިޔެ ކުޑަކޮށް އުދުހެނީ. ތަނެއްގައި ޖަމަލު ފޮޑިއެއްޖެހިޔަސް ވަސްބަލަންދާން އެބަޖެހޭ. ފޮޓޯ އަލްބަމް ބޮޑުކޮށް ކަންދައްކަން ކުރާހާކަންކަން މިހިރީ.

    ޓީޗަރުންގެ މުސާރަ ބޮޑުކުރީމައި ޕްރައިވެޓް ސްކޫލްތަކުގެ ފީ އެބޮޑުކޮށްލީ، ހުރިހާ ބުރައެއް އުފުލަން މިޖެހެނީ ރައްޔިތުމީހާއަށް. ރައްޔިތުމީހާގެ ޖީބަށް އިތުރުއެއެއްވަންނާނެ ގޮތެއްނެތިގެންދާއިރުވެސް ހުރިހާއެއްޗެއް އަގުބޮޑުވަނީ. އެންމެ ފަހުން މަސްދަޅުއަގު ބޮޑުކުރީ ދެކޮޅުނުޖެހިގެންކަމަށް ބުނެ އެކަމަކު ފައިގަތަޅާ މުބާރާތްބާއްވަން ފައިސާ އެބަހުރި. މުޅި ސަރުކާރު 2023 އަށް ބޮޑު މަންޒަރު ދެއްކުމުގައި އަވަދިނެތި އުޅޭއިރު ޝޭހުންތަށް އަންހެންވެރިންނާއި އެކު ހާބަރު ކަޑައިން ކޮފީބޮމުންދުވަނީ ބާކީ ތިބި މީހުން އެއްޖިންސުން ކުޅިވަރުކުޅެނީ.

    މައުމޫނާއި ގާސިމާއި އަންނިއާއި އިބްރާހީމް އިމްރާން މެންދިވެހިންނަށް ހޯދައިދިން އަނެއްދިވެހިރާއްޖެއަށް މިއާދެވުނީ. ދެން އޮތީ ބިރަކާއިނުލައި މަޖާކުރުން.
    ފަސްމާމުލު ފަސްވެރިންނަށް ވަރަށް ސަލާމް.

  7. ނައިފަރު

    ތި އަންހެން މީހާ ފަހަތު ލައިގެން ކޮންކަމެއްތަ ކަލެއަށް ވަނީ ސޯލިހޫ. ކަލޭވެސް ތިހިރަ ހަލާކުވަނީ ވެރިއެއްގެ ޒިންމާއެއް އަދައެއް ނުވޭ. ޓުކުރިއަކަށް ތި އަންހެނާ ލައިގެން ކަލޭ އުޅެބަލަ ގައުމު ނުހިންގުނަސް ގައުމު އޮޔާ ދިޔަޔަސް. ދައުލަތުގެ ބަޖެޓުން ތަންމިނަށް ހަރަދުކޮއްފައި ފަޒުނާ އެއް ނުޖެހޭ ގެންދާކަށް ތާކު ކަމެއް އޮތަކަސް އޭނަ އަދި ކަލޭ އަންހެނުން ނަށް ވިޔަކަސް. ދެރަ ކަމެކޭ މިވެސް ދެން ކަލޭނޭ