ހަފްތާއެއް ތެރޭގައި ރާއްޖެއިން 1،202 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަނީ ވަރަށް ބޮޑަށް މައްޗަށް ދަމުންނެވެ. ކުރިން ހަފްތާއަށްވުރެ ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.

އެގޮތުން މި މަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްެޖެއިން 1202 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 528 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން 452 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން 222 މީހަކު ފައްސިވިއެވެ.

މިހާރު ރާއްްޖޭގެ ކޮވިޑަށް ފައްސިވާ ރޭޓަކީ 35% އެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި މާސްކް އެޅުން ފަދަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވެފައިވާއިރު، ބަލީގައި ބޮޑުވަރުވެގެން އެނދުމަތީ ކުރާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު 51 މީހަކަށް އެނދުމަތިކޮށްގެން ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން މިހާތަނަށް 181،586 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 305 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވެފައިވާއިރު، ދުނިޔޭގެ ބައެއް ގައުމުތަކުގައިވެސް ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެރަވި ކޮވިޑް

    ހާދަހާ މަދޭ

  2. ޑައެލޯގް

    ތިޔައުޅެނީ އަނެއްކާވެސް ސްކޫލް ބަންދާދިމާކޮށް ޕީސީއާރު ޓެސްޓް ހަދަންއަންގާ ރައްޔިތުން ފެލަންވެގެނެވެ.

  3. Anonymous

    ދެންވީޑިއޯގެވާހަކައޮއްބަން ގިނާއިންކޮވިޑޭ ކޮވިޑޭ ކިޔަކިޔާތިބޭ. އިބިލީސްތައް