ރާއްޖޭގައި ދުވާލަކަށް ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް 200 އަށްވުރެ މައްޗަށް އަރަން ފަށައިފިއެވެ.

މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފާއިތުވެދިޔަ ހަފްތާގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް އިއުލާނުކޮށްފައެވެ. އޭގައި ވާގޮތުން 1،202 މީހަކު ރާއްޖެއިން ކޮވިޑަށް ފައްސިވިިރު، ކޮވިޑަށް ފައްސިވާ ނިސްބަތް ވަނީ 35% އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވަމުންދާ ގޮތަށް ބަލާއިރު، މި މަހު 19 ވަނަ ދުވަހު 159 މީހަކު ފައްސިވިއެވެ. އަދި ޖެހިގެން އައި ދުވަހު 179 މީހަކު ފައްސިިވިއިރު، 21 ވަނަ ދުވަހު 120، 22 ވަނަ ދުވަހު 237، 23 ވަނަ ދުވަހު 192، 24 ވަނަ ދުވަހު 134، އަދި 25 ވަނަ ދުވަހު 181 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ތެރެއިން 528 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން 452 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން 222 މީހަކު ފައްސިވިއެވެ.

މިހާރު ރާއްްޖޭގެ ކޮވިޑަށް ފައްސިވާ ރޭޓަކީ 35% އެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި މާސްކް އެޅުން ފަދަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގައި ދުވާލަކަށް ކޮވިޑަށް ފައްސިވާ އަދަދުތަކަށް ބަލާއިރު، މި މަހު 19 ވަނަ ދުވަހު 77 މީހަކު ފައްސިވިއެވެ. އަދި ޖެހިގެން އައި ދުވަހު 77 މީހަކު ފައްސިިވިއިރު، 21 ވަނަ ދުވަހު 55، 22 ވަނަ ދުވަހު 124، 23 ވަނަ ދުވަހު 81، 24 ވަނަ ދުވަހު 46، އަދި 25 ވަނަ ދުވަހު 68 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަތޮޅު ތެރޭގައި ދުވާލަކަށް ކޮވިޑަށް ފައްސިވާ އަދަދުތަކަށް ބަލާއިރު، މި މަހު 19 ވަނަ ދުވަހު 56 މީހަކު ފައްސިވިއެވެ. އަދި ޖެހިގެން އައި ދުވަހު 87 މީހަކު ފައްސިިވިއިރު، 21 ވަނަ ދުވަހު 43، 22 ވަނަ ދުވަހު 92، 23 ވަނަ ދުވަހު 88، 24 ވަނަ ދުވަހު 36، އަދި 25 ވަނަ ދުވަހު 50 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވެފައިވާއިރު، މިހާރު 51 މީހަކަށް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ދަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް 181،586 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 305 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވެފައިވާއިރު، ދުނިޔޭގެ ބައެއް ގައުމުތަކުގައިވެސް ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަތަރަސް

    ބަލަ ޓެސްޓުހަދަންބޭނުމީ މިކަންކުރާ ޑޮކްޓަރުން ކުލިނިކުހަދާގެން ސަރުކާރުން ހޮސްޕިޓަލުން ސާމާނުގެނައިސްގެން ޓެސްޓްހަދާބައެއްއުލޭކިޔާ؟ދައުލަތުންވެސް ރައްޔަތުންފެލަން ބޭނުމީތަ؟؟

  2. ވާގޮނުސްކޮ

    ރައްޔިތުންގެ ފޯކަސް ގެއްލޭވައްތަރު ކޮވިޑް ގެ އާވައްތަރެއް.

  3. ޑައެލޯގް

    ދެނެއް ތިޔަކޮވިޑް ވެކްސިނެއް މަށެއްނުޖަހާނަމެވެ. 1ޖެހީ ހީކުރީ ނިމުނީކަމަށް 2ޖެހީ ނުނިމޭ 3 ޖެހީ ނުނިމޭ މިހާރު 4 ނިކުމެއްޖެއެވެ. މިކަމެއްނުނިމޭނެއެވެ. މިއީ މުޅިދުނިޔޭގެވެސް ސިޔާސީބައްޔެކެވެ. މިހާރު ބައެއް ސައެންސްވެރިން އެވާހަކަދައްކައެވެ.

  4. ޢަލީ އަހުމަދު

    ކުރިއަށް އޮތް އީދަށް ހަރުކަށި ފިޔަވަޅުތަކެއް ނާޅާފިއްޔާ ގިނަބަޔަކު އެޑްމިޓްކުރަން ޖެހި މުސީބާތަކަށް ވެދާނެ އެޗްޕީ އޭ ވިސްނާ