"ކުރެދިކުރި"ގެ ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން ޓުވިޓާގައި އިސްލާމްދީނަށް ހަޖޫޖަހައި ހުތުރު ބަސްތައް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ރައްދުކުރި މީހާ ފުރީ ފުލުހުން މައުލޫމާތު އެއް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިގޮތަށް ވިދާޅުވީ، މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

ހުސައިން ޝައިހާން ނަމަކަށް ކިޔާ މީހާ ރާއްޖެ އިން ފުރައިގެން ސްރީލަންކާއަށް ގޮސްފައިވާ ކަމަށް "ދިޔަރެސް" އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ހުސެއިން ޝައިހާން ރާއްޖެ ދޫކޮށް ފުރާފައި ވަނީ އޭނާ އިސްލާމްދީނަށް ހަޖޫޖެހި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ ހައްޔަރުނުކޮށް ދޫކޮށްލާފައި ބެހެއްޓުމުންނެވެ. ފުލުހުންގެ ސަމާލުކަމަށް އެމައްސަލަ އައި ނަމަވެސް ހުސެއިން ޝައިހާން ފުރައިގެން ދިއުމާއި ހަމައަށްވެސް ފުލުހުން އޭނާ އާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް ވެއެވެ.

އެކަމާއި ގުޅޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ޝައިހާން ރަސޫލައަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައީ މީޑިއާއަކުން ކަމަށެވެ.

އެ މައުލޫމާތު ލިބުމާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތުގެ ފުރުން މަނާ ކުރުމުގެ އަމުރު ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"....އެ މައުލޫމާތު އެއް ކުރަމުން ދަނިކޮށް އަޅުގަނޑުމެންނަށް ފުރައިގެން ދިޔަކަން ފާހަގަކުރެވުނީ". އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ޕާސްޕޯޓެއް ހިފެހެއްޓުމަށްޓަކައި މުހިންމު ބައެއް އިޖުރާއަތްތަކާއި، މައުލޫމާތުތައް ހުންނަން ޖެހޭ ކަން ހާމަކޮށްފައެވެ. އަދި އެކަންކަން ކަމާއި ބެހޭ ފަރާތްތަކުން ހޯދުމަށްފަހު، އެ ތުހުމަތެއް ނޫނީ ހެއްކެއް ވެރިފައި ކުރުމަށްފަހު ހުށަހެޅުމުން ނޫނީ އެ އަމުރު ނެރެ ނުދޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މި މައްސަލައިގައިވެސް އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން ދަނިކޮށް ފުރައިގެން ގޮސްފައި ވަނީ، އަޅުގަނޑުމެން އެ މައްސަލަ ތަހުގީގު ކުރާނަން، އެ މައްސަލަ ނިމުނީކީ، އެ މައްސަލައިގައި ތުހުމަތުވާ ފަރާތުގެ މައްޗަށް އޮތް ތުހުމަތަކުންވެސް ބަރީއައެއް ނުވާނެ، ގާނޫނު އަރާ ހަމަ ކުރާނަން، އެ ފަރާތް ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން ކުރާނަން". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސެންބެ ބ

    ދެން ތިބި މީހުނޯ

  2. ހުސެންބެ ބ

    ފުލުހުންގެ ހިމާޔަތުގައެއް ނުންތޯ

  3. ހުސޭނުބޭ

    ތިނޫން ދުވަހެއް އާދޭތަ؟ ރީއްޗަށް ދެން ބުނަންވީނު. ފުރުވާލާފައިއޭ ތަހްޤީޤުކުރާކަމަށް ހެދެނީ.

  4. އަޙްމަދު

    ރަސޫލާއަށް ފުރައްސާރަ ކުރާމީހުން އެއީ ހީރޯއިން! އެއްޖިއްސުން ގުޅުން ހިންގުން އެއީ މިނިވަންކަން! މީކޮންކަހަލަ މުސްލިމުޤައުމެއްތޯ! ފުލުހުންގެ އިދާރާއައި ޝަރުއީ އިދާރާކޮބާތޯ! އަޅެ ﷲގެ ގަދަފަދަ ޢަޒާބަށް ބިރުވެތިވާބަޔަކުވެސް ނެތީތޯ! ކޮބާތޯ ދީނީ އިލްމުވެރިން!

  5. ޔާވައްސަލާމް

    އެމްޑީއެންގަ ތިބި މީހުންވެސް ފުރައިގެން ދިޔައީ ހަމަ މައުލޫމާތު އެއްކުރަމުން ދަނިކޮށްތޯ؟؟؟އަޅެ ފަހެ އަހަރެމެންގެ ބޮލުގަ މިހުރީ އުނބެއްތަ ތިޔަކަހަލަ ބުއްދި ޤަބޫލުނުކުރާ ވާހަކަ ދައްކަން؟؟ހާދަ އަވަހޭ އެކަމަކު ޔޯގާޑޭގަ ދަނޑަށް ވަތް މީހުން ހައްޔަރުކޮށް މުއްދަތު ޖަހާލިލެއް..

  6. ހަގީގަތް

    އަމީހާއަށް ހިމާޔަތްދީ ފޮނުވައިލީ،
    އެކަން އިނގޭނެ އިދިކޮޅުން ކަމެއް ކޮއްލާއިރަށް ވަގުތުން ހައްޔަރު ކުރާނެ

  7. ހުސެންބެ ބ

    އެއްވެސް ގޮތަކަށް މިބަހަނާ ގަބޫލެއނުކުރެވޭނެ.ފުލުހުން މިގެންދަނީ ރައްޔިތުންނަށް އޮޅުވާލަމުން

  8. ޕީސިކްސް

    ދީނަށް ފުރައްސާރަ ކޮށްފައި ފުރަނީ ކޮންބޭނުމަކު ގަަޓް ހުރިއްޔާމު ނުފިލާނެ.

  9. ރައުޔު

    ފުލުހުންގެ ޤާބިލު ކަމާއި ހުށިޔާރުކަން ސާބިތު ވެއްޖެ.

  10. ޅިޔަނުބެ

    ހައްހައްހައްހައްހާ. ވަﷲއަޢުލަމު

  11. އެލެކްސް ކުރުސީ

    ދެން ފުރާތޯ ބަލަން ރައްޔިތުން ފާރަލާނެ ކަމުގެ ޔަޤީންކަން ފުލުހުންނަށް އަރުވަން. އޭރުން ފުލުހުންނަށް ފަސޭހަ ވެދާނެ.

  12. މިނިސްޓަރ

    ކަލޭމެންނަށް އަބަދުވެސް ވާނީ ތިވަރު. ކަލޭމެންގެ ހުވާގަ އިސްލާމްދީން ހިމާޔަތްކުރަން އިންބައި ކަނޑާލާފަ ދޯ ހުވާ ކުރީ😑

  13. ޢަލިފް

    މައުލޫމާތު އެއްކުރަމުން ދަނިކޮށް ފުރެނީ ވަކިބަޔަކައްތަ!!!؟؟؟އަނެއް ބަޔަކަށް ނުފުރޭ...މިސާލަކަށް ލާދީނީ މީހުނަށް ފުރޭ..ހަރުކަށި ފިކުރުގެ މީހުންނަކަށް ނުފުރޭ...

  14. އަހަންމަދު

    ހިނިއަންނަނީ! ބޮޑެތިމީހުން ދައްކާކަހަލަ ވާހަކަ ދައްކަބަލަ! ތީހަމަ ގަސްތުގަ ބުނި އެއްޗެއްބާ؟