ބަރަހަނާ ވީޑިއޯތައް ލީކްކުރުމުގައި ފުލުހުންގެ ދައުރެއް އޮތްކަން ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެސިސްޓެންޓް ކޮމިޝަރު މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިގޮތަށް ވިދާޅުވީ ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި އެ ރިންގުން 43 މީހެއްގެ ފޮޓޯ އާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ، ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރުމުގައި ފުލުހުންގެ ދައުރެއް އޮތް ކަމަށް ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ފަދަ ތުހުމަތެއް ނަޝީދު ފުލުހުންނަށް ކުރައްވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެ ފަދަ ތުހުމަތެއް ފުލުހުންނަށް ކުރެވޭނެމަ ކަމާގުޅުން ހުރި އިދާރާތަކަށް މައްސަލަ ހުށައަޅައިގެން ކުރިއަށް ވަޑައިގަންނަވަންވީ. އޭރުން އެ މައްސަލަ ބަލައި ތުހުމަތުތައް ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެ. އެ ތުހުމަތުތައް ބެލޭނެ ނިޒާމުތައް ގާއިމު ކޮށްފައިވާނެ. އަދި އެކަންކަން ބަލަން ފުލުހުން ފުރުސަތު ދޭނެ. " ރިޔާޒް ވިދާޅުވި އެވެ.

ފުލުހުންގެ ބަޔަކު ބަރަހަނާ ފޮޓޯ އާއި ވީޑިއާ ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަން ވެސް ރިޔާޒް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރަސްމީ ގްރޫޕެއްގައި ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ބްލެއިކް މެއިލް ރިންގެއް ހިންގާތާ ދެ އަހަރުވެއްޖެ ކަމަށާއި ސަރުކާރު ވެސް ހިނގަނީ ބްލެކްމެއިލްކޮށްގެން ނޫނީ ލާރިދީ ގަނެގެން ކަމަށެވެ.

"43 މީހުންގެ ފޮޓޯ ނަގާފައި އެބަހުރި. މިއީ ސަރުކާރު ހިނގާ ގޮތަކީ،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭހެން ގިނަ ބައެއްގެ އޮރިޔާން ފޮޓޯތަކާއި ވީޑިއޯތައް ލީކު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފުލުހުން ކަން ނަޝީދު އިއްޔެ ވެސް ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕުގައި ނަޝީދު ވިދާޅުވީ، ފުލުހުންނާ ގުޅިގެން ގިނަ ބައެއްގެ ފޮޓޯ ނަގާފައިވާ ކަމަށާއި އަދި އެ ފޮޓޯތައް ވެސް އާންމުންނަށް ފެންނާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ފުލުހުންގެ އިދާރާ އިސްލާހް ނުކުރެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ލީކްވި ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ހިންގާ ކަމަށް ބުނާ ވީޑިއޯއެއް ހިމެނެއެވެ. އެ ވީޑިއޯއާ ގުޅިގެން ނާޒިމް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާހެން.
    އަންނި އަކީ ވެރިކަން ހިންގިއިރު ދަޢުލަތުގެ އެތަށް ބަޔެއް ބްލެކްމެއިލްކޮށްގެން ގެންގުޅުނު މީހެއް. އަދި ޕާޓިއަށް މީހުން ވެއްދުމުގައިވެސް ބްލެކްމެއިލްކުރުމުގެ ޢަމަލު ހިންގާފައިވޭ. މިކަން ވަރަށް ރަނގަޅަށް އެނގޭ އެތަށް ބަޔަކު މިހާރުވެސް ދުނިޔޭގައި އެބަތިބި.

    17
  2. ޢާލިމް

    ނަޝީދަށް ކިހިނެއް އެނގެނީ 43 މީހެއްގެ ފޮޓޯ އާއި ވީޑިއޯ ކަމެއް ބުނަން؟؟

    20
    • ލަތީ

      ނަޝީދު ކުރުވި ކަމަކަށްވީމަ

      20
  3. އަބްދޫ

    ނަސީދު މިހާވަރަށް ތެޅިފޮޅުމުގަ ސަބަބެއް އޮވެދާނެ. އަނެއްކާ ނަސީދުގެ ވީޑިއޯ އެއް ؟ 43 މީހުންގެތެރޭ އޮތީތަ؟ފުލުހުންނާދިމާލަށް އިނގިލިދިގުކުރަނީ ނަސިދުގެ ވިޑިއޯ އެއް ފުލުހުންއަތަށް ދިޔައީތަ؟

    12
  4. ނެޓުވާކު 43

    ސްޕައިކުރަން ދިޔަ ފުލުންވެސް ތިބީ އޮޔިޔާން ވެފަ އިގިއްޖޭ. ލަދު ކޮބާ

    10
  5. ވަރައްދެރަ

    މިވަރުގެ ތުހުމަތެއް ރާއްޖޭގެ ރައީސްކަންކުރައްވާފަހުރި މީހަކު ކުރާއިރު އެކަން އެބަޖެހޭ ފުލުހުން އަމިއްލައައްވެސް އިސްވެ ތަހުޤީގުކުރަން އެހެންނޫންނަމަ ފުލުހުންގެ ޤަދަރު ކުޑަވުމަކީވެސް އެކަށީގެންވާކަމެއް

  6. އަހަންމަދު

    މިއީ ކޮންކަކަހަލަ އޭސީޕީ އެއް؟ ފުލުހުންގެބޮލުގަ އެފަދަލަދުވެތި އިލްޒާމްއެއް އަޅުވާއިރު އެމަސްއަލަ ފުލުހުން ނުބަލަނީ ކީއްވެ/ބަލަގަ ފުލުހުންގެތެރޭޭ ތިބި އެތަކެއް ގައުމަށްއިޚްލަސްތެރި ﷲއަށްއީމާންތެރި ފުލުހުންގެ ޙައްޤުގައި ފުލުހުންގެވެރިން އެމަސްއަލަ ބަލާކަށްނުޖެހޭތޯ؟ ނުބަލައިފިނަމަ ގިނަފުލުހުންގެ މޫނުގައި ތިޖެނީ ތަފާލެކެވެ/ޢެވެރިން ހިތުގަނުޖައްސާށެވެ!

  7. ބަބޫ

    ކަން ކުރި މީހުން އޯކެ. އެކަން ބަސްޓު ކުރިމީހުން ގޯސްމިވީ. ސިޔާސި ވަކިހިސާބެއްގަ ޖެހުނީމަ ވާގޮތްމީ. ފިލްމުތަކުން ފެންނަކަހަލަ ކޮރަޕްޓް ސިޔާސީ މީހުން މިއުޅެނީ ހުސް. ދެންވެސް މިމީހުނަށް ވޯޓްދީ ހޮވަންވީ.