ރިޔާސީ އިންތިހާބަކަށް މީހަކު ނުނެރެން ކޮންގްރެސްއަކުން ނުނިންމާނެ ކަމަށާއި އެއީ ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ ވެސް ހިލާފުވާނެ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

"ތައްޔާރު" މި ނަމުގައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ރިޔާސީ އިންތިހާބަށްދާ އިރު، ޕާޓީ އަށް 30،000 މެމްބަރުން ހަމަކުރުން ކަމަށެވެ. އަދި އިންތިހާބު މިހާރު އޮތީ "ކަންކަށި މަތިން" އައިސް "ޖަހާލާ" ހިސާބުގައި ކަމަށް ވިދާޅުވިއެވެ.

އެ ދުވަސްވަރާ ހަމައަށް އައުމުގެ ކުރިން ކުރަން ގިނަ މަސައްކަތްތަކެއް ހުރި ކަމަށް ގާސިމް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރު ކުރުމާއި ކޮންމެ ރަށެއްގައި ގޮފިތައް ހެދުމާއި ކޮންގްރެސް ބޭއްވުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި ގޮފިތައް އުފައްދައިގެން ކޮންގްރެސްއަށް ފަހުގެ ތައްޔާރީތައް ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އާ ގުޅުނު މީހުންގެ ފޯމްތަކެއް ގާސިމްއާ ހަވާލު ކުރަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ގާސިމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބަކަށް ކުރިމަތިލާން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން އެ ހިސާބަށް ދިއުމުގެ ބޭނުމުގައެވެ. އަދި ކޮންގްރެސް އެއް ބާއްވަނީ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް ބަދަލެއް ގެންނަ ނަމަ، އެކަން ކުރަން ކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި އެ ޓާގެޓް ހާސިލް ކުރުމަށްޓަކައި އެހާ ހިސާބަށް ދެވެން ވެއްޖެ ކަމަށް ގަބޫލު ކުރެވޭ ނަމަ، ކައުންސިލުން ނިންމާނެ ކޮންގްރެސް އަށް ދާން." ކޮވިޑް-19 އާ ގުޅިގެން ޖޭޕީގެ ޖަލްސާއެއް ނުބާއްވާ ގިނަ ދުވަސް ފަހުން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން އޮތީ ނިންމައިފައެވެ. އެ ޕާޓީން އަދި ނިންމާފައި ނުވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތެކެވެ. ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއް ތެރެއިންތޯ ނުވަތަ އެކަނިތޯ ނިންމާނީ ކައުންސިލުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކޮންގްރެސްއަކުން ނުނިންމާނެ ކަން ރިޔާސީ އިންތިހާބަށް މީހަކު ނެރެގެން ނުވާނެއޭ ކިއާފައި. އެހެންވެއްޖެ ނަމަ، އަޅުގަނޑުމެންގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ ވެސް ހިލާފުވީ،" ރާއްޖޭގެ އެންމެ ވަރުގަދަ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް މިރޭ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީއެއް ބާއްވަން ޕާޓީއަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ނެރެން އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިރޭ ވެސް ދެއްވި ޔަގީންކަމަކީ ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުން ބާކީ ނުވާނެ ކަމުގެ ޔަގީންކަމެވެ. އަދި އެ ޕާޓީ ކޮންމެވެސް އެއްކޮޅެއްގައި ތިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަހުމަދު ވަނީ އިއުލާން ކުރައްވައިފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނުކުންނަވާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑީއާރުޕީގެ ލީޑަރު އަދި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް އެބަހުންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒިންދާބާދު

    ސާބަހޭ ގާސިމް މިފަހަރު ސޭޓް ގެ ރަނިންގް މޭޓަކަށް ނަގަންވީ ސަން ޓްރެވެލް ސިޔާމޭ އެއިރުން ދެން ގާސިމް އާއި ސިޔާމް ފަހާލެވޭ ވަރުގެ މަހެއް ދެން މިކަނޑަކަށް ނާރާނެއޭ އިންޑިއާ އެއިރުން ޖެހޭނީ މަހަށް ދާން ކެނެރީގެ ނަޝީދު އާއި ހިންނަވަރު އިބޫ ގޮވައިގެން ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު ގާސިމް ޒިންދާބާދު ސަން ޓްރެވްލް ސިޔާމް ޒިންދާބާދު

    1
    8
  2. ދަރަނި ދަންތުރަ

    ގާސިމް ތިޔައީ މިވަގުތުން ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެންވަރަށް ބާރަށް އަތްޖަހާ އަދި 18 އަހަރުގެ ކުއްޖަކާ ކައިވެނިކުރައްވާ އިތުރު 3 ފަޅާ 3 ރަށް ދަމައިގަނޭ

    14
    2
  3. ކުރިއަށްކުރިއަށް

    ގާސިމް އާއި ސަން ޓްރެވްލް ސިޔާމް މެން ދެން ސަރުކާރުގެ ބަޖެޓުން ބަނޑުއަޅާލާނެ ފައިސާ އެއް ނުހުންނާނެއޭ ކަން މިހެން ހުރުމުން މިހާރު މިތިބަ ބަނޑުއަކިރިން ސަރުކާރުގެ ތެރޭން ނެރެ އެއްލާލުމަށް ޓަކައި ވެސް އެބަޖެހޭ ވިޔަފާރި ވެރިންނަށް ދެން މިގައުމުގެ ވެރިކަން ހަވާލު ކުރަން މިހާރު މިއުޅޭ ބަނޑުއަކިރި ކެނެރީގެ އެއްޗިއްސަށް މިކަން ނުވާނެއޭ އެމެން ބައިތިއްބާ ލިވާތު ކުޅީގައި އަރަގުވެގެން ދާން ގާސިމް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ގާސިމް ކުރިއަށް ސަންޓްރެވެލް ސިޔާމް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް

    4
    1
  4. އުގުރި

    އެއްކަލަ ބުރުމާ އެބުރެއް ފެށީ ދޯ..

    13
  5. ނަޒީ

    ފިސާރި ތެދެއް މިބުނަނީ ، ޤާސިމުނަގާނީ! އޯކޭ؟

    10
  6. ޒިންދާބާދު

    ގާސިމް އިބްރާހިމް ޒިންދާބާދު ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް ގާސިމް އިބްރާހިމް ޒިންދާބާދު ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް ގާސިމް އިބްރާހިމް ޒިންދާބާދު ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް ގާސިމް އިބްރާހިމް ޒިންދާބާދު ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް ގާސިމް އިބްރާހިމް ޒިންދާބާދު ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް ގާސިމް އިބްރާހިމް ޒިންދާބާދު ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް

  7. ސެލްފީ

    ދޮގުނަހަދާ ! ކަލޭ އޮތީ އެއްބަސްވެފަ ސޯލިހުގެ ރަނިން މޭޓަކަށް ކަލޭގެ އަންހެނުން ނެރެން. މީދޮގެއްކަމަށް ވަންނާ ނިކަން ޖަދަލުކޮއްބަލަ.

  8. Anonymous

    ކަށި ބިދިފައިވާ ބުރުމާ އެބުރެންފެށީތަ. އިތުރ 18 އަހަރުގެ 2 އަބިން ބޭނުންވަނީ 2023 ގައި. ލާރިހުއްޓަކަސް އިންސާނާގެ ހިތެއް ނުފުރޭނެކަން މިކަމުންވެސް ދޭހަވޭ/.