"ކުރެދިކުރި"ގެ ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން ޓުވިޓާގައި އިސްލާމްދީނަށް ހަޖޫޖަހައި ހުތުރު ބަސްތައް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ރައްދުކުރި ހުސައިން ޝައިހާން ރާއްޖެ އިން ފުރައިގެން ގޮސް އަދިވެސް ހުރީ ސްރީލަންކާގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި ހުސެއިން ޝައިހާން ރާއްޖެ ދޫކޮށް ގޮސް އަދި ހުރީ ސްރީލަންކާގައެވެ.

ހުސެއިން ޝައިހާން ރާއްޖެ އިން ފުރާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެއީ އޭނާ އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާކަން މީޑިއާގައި ރިޕޯޓް ކުރިތާ ދެދުވަސް ފަހުންނެވެ.

ހުސެއިން ޝައިހާން ސްރީލަންކާގައި ހުރުމުން ދިވެހި ސަރުކާރުން ބޭނުންވާނަމަ އޭނާ ރާއްޖެ ގެނައުމަކީ ވަރަށް ފަސޭހައިން ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެކެވެ. މީގެ ކުރިން ވެސް އެކިއެކި ކުށްތަކުގެ ތުހުމަތު ކުރެވުނު ދިވެހިން ސްރީލަންކާ އިން ރާއްޖެ ގެނެސްފައިވެއެވެ.

ހުސެއިން ޝައިހާންގެ މައްސަލަ ތަހްގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ މައްސަލަ ތަހްގީގު ކުރުމުގެ ގޮތުން ފުލުހުން މިހާތަނަށް އެޅި ފިޔަވަޅެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް އިސްލާމްދީނަށް ފުރައްސާރަ ކުރި އެތައް ބަޔަކު ފުރަން ފުލުހުން ވަނީ ފުރުސަތު ފަހިކޮށްދީފައެވެ. އޭގެތެރޭގައި އެމްޑީއެންގެ މެންބަރުންނާއި އިސްލާމްދީނަށް ފުރައްސާރަކުރި އުފާ މުހުތާރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަނބިލބި ކުޑައާދަނު

    އެމްޑީއެން ހަމީދު ފުލުހުންގެ ބޮހަކަށް ލައިގެން ތިކަން ކުރާނެގޮތެއް ވިސްނަބަލަ

    38
    1
  2. ބަރުގޮނު

    ތިޔަ ކަހަލަ އަޑުތަކެއް އަރައި މުރުތައްދު ވެއްޖެ ކަމަށް ޚަބަރު ފެތުރުނު އަންހެނަކު ، ސަރުކާރު ކުންފުންޏެއްގެ އިސްމަޤާމެއްގައި އެބަހުރި.

    20
  3. ހަލާކޭ

    ޚަރަދު ކުރަނީ ކޮން ބައެއްތޯ ހާމަ ކޮށްލަ ދީބަލަ.

    16
    1
  4. ބަކަރި

    އޭނާދޯ އަމުރު ނެރޭނީ އެކަމަކު އޭނަ އެކަމެއް ނުކުރާނެ އޭނައެއީ އެމްޑީއެންގެ މެމްބަަރެއް ދެންކީކޭ ރަށްޔަތުން ބުނާނީ ބޯގޮވައިފި.

    12
  5. ބުއްޅަބެ

    މަކުނު ކުޅި ސަރުކާރު، ލާދީނީ ސަރުކާރު. ވަގު ސަރުކާރު. މުޅި ޤައުމު ހަލާކު ކޮށްފި.

  6. ކުޅުދުއްފުށީ މީހާ

    އިސްލާމް ދީނުގެ ދިފާޢުގައި ބަސްބުނާ މީހުން މުއްދަތު ޖަހާ ޖަލުގައި.. މިއީ އިސްލާމީ ޝަރީއަތް ތަންފީޒުކުރާ އިސްލާމީ ދައުލަތެ ކޯލަ؟

    ޤާޒީންވެސް، އަސްލު ހައްޔަރު ކުރި މައްސަލައާއި ނުގުޅޭ ވާހަކަތައް ކަށް މުއްދަތު ޖަހަނީ ކޮންގާނޫނީ ހަމަޔަކުން ތޯ..

    އަޅުގަނޑު ކެޔޮގަނޑެއް ކަނޑައިގެން ހައްޔަރު ކޮށް ކޯޓުގައި މިބުނަނީ މީނާ އަކީ ޑްރަގވިއްކާ މީހަކޭ.. އެހެން 13 ދުވަސް ޖާހާދެނީ.. މީދެން ފުކެއް ބޮޑުވަރު ކޯޓެއްތައް ނޫނީ ސޯޓެއްތަ ތީ؟