އިންޑިއާ އިން ރާއްޖޭގައި ހިންގަން ނިންމާފައިވާ ހަތް މަޝްރޫއަކަށް އެޑްވާންސްކޮށް ހަތަރު މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަތް އަތޮޅަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށި، ނ. ލަންދޫ، ތ. ދިޔަމިގި، ނ. މަނަދޫ، އދ. ދިގުރަށް، ގއ. ގެމަނަފުށި، އައްޑޫ އަދި ހުޅުމާލޭގައި ކަމަށެވެ.

މަޝްރޫއުތަކުގެ ތަފްސީލް:

  • އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ހެދުން.
  • ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް ހެދުން.
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން.
  • ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހެދުން.
  • ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.
  • ނ. ލަންދޫ، ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން

މި ފައިސާއަކީ އިންޑިއާގެ ހާރިޒީ ވަޒީރު ޑރ. ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި އިއުލާން ކުރި މަޝްރޫއުތަކެކެވެ. މިކަމާ ގުޅޭ އެމްއޯޔޫތަކުގައި ސޮއިކުރީ މިދިޔަ އޭޕްރީލްގައެވެ.

ސިއްހީ ދާއިރާއަށާއި، ޒުވާނުންގެ ތަރައްގީ އަދި ކުޅިވަރާއި ސަގާފަތަށް އަމާޒުކުރެވި ހިންގޭ މި މަޝްރޫއުތަކަކީ ރާއްޖޭގައި ހައި އިމްޕެކްޓް މަޝްރޫއުތަށް ހިންގުމަށް ހާއްސަކުރެވި، އިންޑިއާ އިން ފޯރުކޮށްދީފައިވާ 155 މިލިއަން ރިފިޔާގެ ހިލޭ އެހީގެ ދަށުން ފަންޑުކުރެވިފައިވާ މަޝްރޫއުތަކެކެވެ.

އިންޑިއާއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ 18 މަޝްރޫއެއް ހިންގުމަށްޓަކައި ހިލޭ އެހީގެ ގޮތުގައި 106 މިލިއަން ރުފިޔާގެ ފޯރުކޮށްދީފައިއެވެ. މިގޮތުން ހިންގުމަށްހަމަޖެހިފައިވާ 45 މަޝްރޫއުގެ ތެރެއިން 17 މަޝްރޫއެއްވަނީ ނިމި އިފްތިތާހްކުރެވިފައިއެވެ.

މި ހައި އިމްޕެކްޓް މަޝްރޫޢުތައް ފަރުމާކުރެވިފައި ވަނީ އެ ރަށެއްގެ މުޖްތަމައުއަކަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމަށް ޙާއްސަކަން ދެވިގެންނެވެ. އެގޮތުން، މަޝްރޫއުތަށް ހިންގުމުގެ ގާބިލްކަން އިތުރުކުރުމަށްކައި މީގެ ގިނަ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައޓ

    7 މަޝްރޫއައް ހާދަބައިވަރު ލާރިއެއް. ތިލާރިންބައެއް ރައްކާކުރަންފެނޭ

    • މުހައްމަދު

      ބޮޑެތި މީހުންގެ ޖީބައްލާފަ ތި 7 މަޝްރޫ ކުރިޔަ ގެންދިޔުމައް ނޯނާނެ އެއްޗެ.. ދެން ދުވަސްކޮޅެއްވީމަ އެ މަޝްރޫއުތަތް ފިނިށިން މަސައްކަތަކަށޭ ކިޔާ އެޔަވުރެ ބޮޑު ލޯނެއް ނަންގަވާނީ..

  2. މަބޭ

    މަޅިއަކައްފަހު މަޅިޔެއް އަޅުވާ މިސަރުކާރު މިހާރުމިވަނީ ރަންގަޅައްވެސް އިންޑިޔާދަށުވެ ފިތިފަ

    10
  3. ޢ

    ހުރިހާމަސްރޫއެއް އިއުލާން ކުރަނީވެސް މަސަތްކަތް ހަވާލުކުރަނީވެސް އިންޑިޔާގެ އެންބަސީއިން މިތާގަ ދިވެހިދައުލަތުގެ ބާރުނެއްކަމުގެ ފުރިހަމަ ހެއްކަކައް މިވަރުފުދޭ

  4. 7878

    ބޮޑު ގައުމަކުން ހަތަރު މިލިޔަން ރުފިޔާ ދީފަ ސުރުހީ އަށް އެރުވީމަ ހަޑިދޯ

    12
  5. ދަރަނި ދަންތުރަ

    ފަތުއަޑުކިޔާފަ ދަރަނި ނަގާފަ ބަހައްޓާ ސާބަހޭ ސާބަހޭ ކިބޫސޯލިބޭ ނޭވާ ނޭފަތުންނުލާ ދަރަނި ނަގާ މީ ކަލޭގެ ދުވަސް 2023 ހުގަ ދިވެހިން އެމް ޑީ ޕީ ގެ ކިބައިން ބަދަލުހިފާނެ

    10
    1
  6. ޅިޔަނުބެ

    މަހީކުރީ ހަތަރުމިލިއަން ޑޮލަރުކަމަށް

  7. Anonymous

    ސަރުކަރުގެ ބޮޑެތި މީހުންގެ އެއްގަޑު ކެއުމައް ތިޔަގެން ނުވާނެ ، އޭގެ ފަހުގައެއްނު ކަމެއް ކުރެވޭނީ.