ހުކުރު ނަމާދަށް ދިޔަ މީހަކު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މައްސަލައިގައި ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި މީހަކު އަޑުގަދަ ކުރަމުންދާ ކަމުގެ މައުލޫމާތު މިއަދު 12:24 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ސަލްމާްން މިސްކިތަށް އެރި މީހާއަކީ މަޑުއްވަރީ މުހައްމަދު ޖަމީލެވެ. އޭނާއަކީ ބޯ ހަމަނުޖެހޭ ނަފްސާނީ ބަލި ހުންނަ މީހެކެވެ. އޭނާ ކުރިން ރަށުގައި އުޅުނުއިރު ކުފުރުވާ ވަހަކަ ވާހަކަވެސް ދައްކާ ހަދާ ކަމަށް "ވަގުތު" އަށް އެނގިފައި ވެއެވެ. އެގޮތުން މާތްﷲ އޭނާއަށް ޑައިރެކްޓްލީ އޭނާއަށް އިލްމް ދެއްވާ ކަމަށް ވާހަކަދެއްކި ކަމަށް އެނގިފައި ވެއެވެ.

އެެހެން ނަމަވެސް ފަހުން އޭނާ ރަށުގައި ނޫޅޭ ކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އަޑުގަދަކުރަމުން ބުނީ ކީކޭ ބާ؟

    24
  2. Anonymous

    ޢެމްޑީޕީ އާލާތެއް ވިއްޔާ މޮޔައެއް

    35
    • ޢަހޫ

      ބޭފުޅާ ދަތްއުގުޅައިން އިދެ ވާހަކަ ދައްކާތި. ނޫނީ ނުބައިވަސް ދުވާނެ.

  3. ޕޮގުބާ

    މިވެރި ކަމުގަ ޖިހާދެއް އެއީ

    26
  4. ާއަޙްމަދު

    މީސްތަކުންގެ ހިތުގައި އިސްލާމްދީނާއިމެދު ބިރުވެރިކާ ނަފުރަތު އުފެއްދުމާއި ދީނީމީހުންގެ ބޮލުގައި ޓެރެރިސްޓުންގެ އިލްޖާމް އެޅުވުމުގެ މަގްސަދުގައި ވަރަށްބޮޑަށް ރޭވިގެން ކުރިކަމެއް މިޢީ . ޢެއީ ދީނީމީހެއްވެސްނޫން އެއީ ބައެއްގެ ކޮމާންޑަކަށް ކުރިކަމެއް

    37
    1
  5. ނާދިރާ

    މި ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާ އެއް

    44
    1
    • ޢަހޫ

      ބޭފުޅާ ދަތްއުގުޅައިން އިދެ ވާހަކަ ދައްކާތި. ނޫނީ ނުބައިވަސް ދުވާނެ.

    • ޢަހޫވަ

      މީވަގުން ގެބައިގަޑު ކުރާކަމެއް

      4
      2
  6. ހޮކި

    ހެންވޭރު ކޮޅުގަ އުޅޭ ޔާމިނުގެ ޕަޕެޓެއް

    1
    12
  7. އަސާސް

    ތިޔަމީހާ ދޫކޮށްލާފި ދޫނުވަނީ ދީނަށް ނަސްރުދޭ މީހުން. ހައްޔަރު ނުވަނީ ސަރުކާރުގެ ބޮޑުންނާއި ބޮޑުންގެ އާއިލާ މީހުން.

  8. Anonymous

    އަދި ދިފެންނާން ފަށަނީ ކުޑަ މިންވަރެއް..ހޭ އަރަންވީ ރައްޔަތުން..ސަމާލުވާންވީ ދިވެހި ރައްޔަތުން.

  9. ރަބަރޭ

    އެއީ އައިއެސް ގެ މީހެއް

    1
    3
  10. އަހުސަން

    ދީނީ ޢިލްމުވެރިއަކު ދީނީ ވާހަކައެއް ދައްފިނަމަ އެއީ ހަރުކަށި ފިކުރުގެ މީހެއް! މީހަކު މިސްކިތައްއަރައީ ކުޑަކަމުގޮސް، ހަޑިހުތުރު ކަމެއްކޮށްފިއްޔާ އެއީ ނަފުސާނީ ބަލިމަޑުކަމެއް ހުންނަމީހެއް!މިހާ ހިސާބުން މިސަރުކާރުގެ މަގުސަދު ވަރަށްސާފު! ރައްޔިތުންނޭވޭ މިސަރުކާރުގެ ވެރިންނަށް 2023 ގައި ނަމަނަމަ ވޯޓުނުދެއްވާ!

    12
    1