އައްޑޫ ސިޓީގެ އެކި ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ހިތަދޫއަށް އުދަ އަރައި ބައެއް ގެތަކަށްވެސް ދަނީ ގެއްލުން ވަމުންނެވެ.

އަދި އައްޑޫގައި އިންޑިއާގެ ލޯންގެ އެހީގެ ދަށުން އަޅަމުންދިޔަ ބްރިޖަށްވެސް ދަނީ ގެއްލުންވަމުންނެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން މިއަދު މެންދުރު ފަހު ނެރުނު ސަމާލުގައި ބުނެފައި ވަނީ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފަނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ހުރިހާ އަވަށްތަކަށް އުދަ އަރަމުންދާ ކަމަށެވެ. އަދި ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ފުލުހުންނާއި ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައި". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާސިރު

    އިންޑިއާގެ ލޯންގެ އެހީގެ ދަށުން އަޅަމުންދިޔަ ބްރިޖަށްވެސް ދަނީ ގެއްލުންވަމުންނެވެ. ޙިހިހިހ ހިހިހިހި...