އުދަ އަރައި އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް އިން ހަދަމުންދާ ބްރިޖަށް ގެއްލުން ވެއްޖެއެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް މިހާރު ދަނީ އުދައަރަމުންނެވެ. މީގެ ސަބަބުން ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ރާއްޖޭގައި އުދައަރަމުންދާ ބައެއް ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ ހިމެނެއެވެ.

"ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، ހެންކެޑެ ސަރަހައްދުގެ ބްރިޖް މަސައްކަތަށް އަޅާފައިވާ ފަސްގަނޑު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ވަނީ ރާޅާއެކު ގެންގޮސްފައެވެ.

އޭގެ އިތުރުން އިތުރު އައްޑޫގެ އިތުރު ބައެއް ސަރަހައްދުތަކަށްވެސް ދަނީ އުދައަރަމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ހުރިހާ އަވަށްތަކަށް އުދަ އަރަމުންދާ ކަމަށެވެ. އަދި ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢާދަނުބެ

    ޢުދަޔާ އެތްޗެހި ނޭރިއްޔާ ދެރައޭނުން މިގައުމުގެ އިސް މަގާމުތަކުގަ ތިބި މީހުން ނުކުރާކަ ފާހިސް އަމަލެތްނެތް އަދި ނުވިތާކަށް އެކަންދިފާއުކޮށް އެކަހަލަ ކަންކަން ކުރަން ހިއްވަރު ލިބޭކަހަލަ ހުރިހާކަމެތް އެބަކުރޭ ﷲ ކޯފާޔަށް ބިރުވެތިވޭ

    65
    1
    • ގައިދުރު

      ދެން ކެލިފޯރނިޔާ އަށް ނާންނަނީ ކީއްވެބާ،އަދި އެހެންނޫނަސް މާލޭ މީހުން ކުރާ ކަމަކަށް އައްޑޫ ހުވަދޫ މީހުންނަށް އަނިޔާ

  2. މާޟީ

    ތިޔަ ކުންފުނިން އަޅާ ހުރިހާ ބުރިޖަކައްވެސް ވަނީ ތިހެން

  3. އައްޑޫ

    ތިޔަ އިންޑިޔާ އިން ހަދަމުންދާ މިލިޓަރީ ބޭސް އެއްކޮށް ބިމާ ހަމަވިނަމަ ކޮންފަދަ

  4. ޝޭޚު

    ޗައިނާއިން ގާދޫކޮލުގައި ބުރިޖުއެޅީ ގަދަވަޔާ ބޮޑެތި ރާޅު ނަގަމުން ދަނީކޮށް މާސިންގާ ކަޑުގައި! ނަމަވެސް އެއްވެސް މައްސަލައެއް ނުޖެހޭ! ހަންކެޑެއަކީ އެފަދަ ތަނެއްނޫން! މިކަމުން ބުރިޖުގެ ކޮލެޓީ ހުންނާނެގޮތް ތަސައްވަރު ކުރެވޭ! އައްޑޫ ރައްޔިތުންނޭވޭ ބުރިޖަށް ވާގޮތް ދެކެންތިބޭ!

  5. ދޯ

    ޥެލި ބުރިޖު

  6. ޙަސަން

    ޢިލާހީ ކޯފާ އައްޑޫ ރައްޔިތުންނޭ ހޭލާ

    5
    1
  7. ބޮންދު

    ޢާވައްތެރެއްގެ ބުރިޖެއް ތިއަޅަނީ ލޮނުޒިޔާރައް ކޮޅުގަވެސް ބުރިޖެއްއެޅި ހުރިހާމޫސުމެއްވެއްސް ދިމާވި މިއުޅޭ ކުފޫހަމަނުވާ އަބުރާހީމް ކުރާކޮއްމެ ކަމެއްވެސް ދަނީ މަކަރާ އޮޅުވާލުމުގެ ތެރެއިން ދެކޮމަންޑޫގުޅާލަންވެސް ބުރިޖެއްއެޅި ބިއްލޫރިން ވޯޓްފޮއްޓެކޭބުނެފިނަމަނިމުނީ ކުފޫހަމަނުވިއަސް

  8. ޙަލަކް

    ތިޔްބުނާ ބްރިޖެއް އަޅަން ދެރަށްދޭތެރެ ވެލިން ބެއްދީ ކޮންތަނަކުން ކޮން ހުއްދައެއް ލިބިގެންތޯ؟
    ހިތަދީގައި ހިއްކަން ހަމަޖެހިފައއި އޮތް ފަޅަކުން ވެލިނަގައިގެން ގޮސް ކުރިން އީއައިއޭ ނަހަދައި ކޯޒްވޭއެއްގެ ގޮތުގައި އޮތްތަން ބެއްދީމާ ވާނީ މިހެން

  9. ޑައެލޯގް

    އައްޑޫގެ ރައްޔިތުން މިފަދަކަންކަންކުރިމަތިވަނީ ކޮންސަބަބަކާހުރެތޯ ވިސްނަން ވެއްޖެއެވެ.

    5
    1