ހުކުރު ނަމާދަށް ދިޔަ މީހަކު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

ސަލްމާން މިސްކިތުގެ މިންބަރަށް އަރައި މީހަކު އަޑުގަދަ ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 12:24 ހާއިރުއެވެ. އެއީ ހުކުރު ކުރުމަށް ގިނަބަޔަކު އެ މިސްކިތުގައި ތިބި ވަގުތެވެ.

މި މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށްގެންދިޔަ މީހާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ސަލްމާްން މިސްކިތަށް އެރި މީހާއަކީ މަޑުއްވަރީ މުހައްމަދު ޖަމީލެވެ. އޭނާއަކީ ބޯ ހަމަނުޖެހޭ ނަފްސާނީ ބަލި ހުންނަ މީހެކެވެ. އޭނާ ކުރިން ރަށުގައި އުޅުނުއިރު ކުފުރުވާ ވަހަކަ ވާހަކަވެސް ދައްކާ ހަދާ ކަމަށް "ވަގުތު" އަށް އެނގިފައި ވެއެވެ. އެގޮތުން މާތްﷲ އޭނާއަށް ޑައިރެކްޓްލީ އޭނާއަށް އިލްމް ދެއްވާ ކަމަށް ވާހަކަދެއްކި ކަމަށް އެނގިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ

    ލާދީނީ ވެރިމީހާ އަންގާގޮތް.

    34
    2
    • ޑޯޒީނ

      ނަސީދު އަށް ހަމަލާ ދިން މީހުން ނަފުސާނީ ނުވީ ކީއްވެ

    • ނަފުސާނީ

      ނަފުސާނީ ވީޔޯލަ އެގޮލާ!!! މިސްކިތަކަށް އިހާނެތިކަމެއް ކޮށް ނޫނީ ހުރުމަތް ކަނޑާ ކޮންމެ މީހަކު މިފަހަކުން މުޅިންވެސް ނަފުސާނީ ވެފަ މި އޮންނަނީ.. މި ވެސް އަޖައިބެއް.. މި އިން ނަފުސާނީ އެކަކުވެސް ތިޔައިން ސިޔާސީ ޕާޓީއެއްގެ އޮފީހަށް ނޫނީ އެއިން މީހެއްގެ ގެއަކަށް ވަދެ އަޑުގަދަކޮށް ގެއްލުމެއް ވެސް ނުދޭ.. މުޅިން ވެސް މިސްކިތާ ހަތިމާ ފެންނަނީ މި ނަފުސާނީ މީހުންނަށް ވެސް.. ކުށުވެރިކަމެއް ބާ ނޫނީ ޝައިތާނީ ނަފުސަނީ ވުމެއްބާ؟؟

  2. ސައީދު

    ދޫކޮށްލަންވީއެއްނޫން! އޭނަ ފޮނުވަންވީ ގުރައިދޫއަށް! ދޫކުރީމައިވެސް ދެވަނަ ފަހަރަށް ހަމައެގޮތައް އަމަލުކުރާނީ! މިކަން ފުލުހަށްވެސް އެގެންޖެހޭނެ! ފުލުހުންނޭ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތައް އަމާނާތްތެރިވެލައްވާ!

    44
    1
  3. ޑައެލޯގް

    މިސަރުކާރުގައި އިސްލާމްދީނާ ހުރުމަތްކަނޑާމީހުންނަކީ ނަފްސާނީމީހުނަށްވެފަވެއެވެ. ދީނުގެ ހިމާޔަތުގައި ނިކުންނަ މީހުން ވަގުތުންޖަލަށްލައެވެ.

  4. ޙަސަނުލް

    ދިވެހި ފުލުހުން މީ ބޭކާރު ބައެއް މުސްލިމުންނަށް ހުރި ބިރެއް ޕްރޮޓެކްޓް ނ ސާރވް އޮންނަނީ ހަމައެކަނި ލާދީނީ މީހުނަށް
    ﷲ ތަޢާލާ ގެ މަގުގަ ޗުއްޕު ބުންޏަސް ކުޑަ ގޮޅިއަށް

  5. ރަން ރީނދޫ

    އެއީ ހިފައި ހައްޔަރު ކުރަން ޖެހޭ ވަރުގެ ބުއްދިވެރިކަމެއް ނެތް މީހެއް. މުކައްލަފެއްނޫން

  6. މެކް

    ދީނައްްފުރައްސާރަ ކުރާއެންމެންނަކީ ނަފްސާނީ ބަލިމީހުން

  7. އަހުމަދު

    ދީނަށް ހަޖޫ ޖަހާމީހުންނަށް ހިމާޔަތް ދޭނެ!
    މުސްލިމުންނާމެދު ނަފްރަތު އުފައްދާކަހަލަ އަމަލު ހިންގާ މީހުންނަށް ހިމާޔަތް ދޭނެ!
    އިސްލާމްދީނުގެ ޝިއާރު އުފުލާ މީހުން ގޮޅިއަށް ލާނެ!

  8. ދީދީ

    ބޮޑަށް ބެލެވެނީ މިއީ ކޮންމެވެސް ބަޔަކު ކޮންމެވެސް މަގްސަދެއްގައި ކުޅެދޭ މީހުންނާއި ނުކުޅެދޭ މީހުން ލައްވާ ކުރުވާކަމެއްހެން.
    ސުވާލު އުފެދެނީ ކުޅެދުނަސް ނުކުޅެދުނަސް ކޮންމެ މީހަކުވެސް މިބެހެނީ އިސްލާމްދީނުގެ ކަންކަމާއި. އަދި މިއަދު މިދިމާވީކަމުގައި ނުކުޅެދޭމީހާ ލާން ހަރުކަށި ފިކުރުގެ މީހުންގެ ސްލޯގަން ޖަހާފައިވާ ޖުއްބާއެއްވެސް ލިބިއްޖެ.
    އެހެންވީމައި ހަމަ ބޮޑަށް ގަބޫލުކުރެވެނީ މިއީ ބަޔަކު ގަސްތުގައި ރާވައިގެން ހިންގާ ކަމެކޭ.

  9. ފަޒުނާ

    މެޑަމް ބުނޔެއްނޫންތޯ މިކަހަލ ކުދިންނައް އާސަންދަ ހަަމަ ޖެހޭނެއޭ. ރޭވިގެނ ކުރާ ކަންކަން. ބުއްފި ގޯސް މީހަކު ލައިގެން ހުރި އެއޗިސް ހޯދި ގޮތެއްވެސް އިންނާނެ ނޫންތޯ. ވަގުތުން ޕްރިންޓް. ލޮލް