ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ގދ. މަޑަވެލި ހިމެނިއްޖެއެވެ.

މިއަދު ހެނދުނުން ފަށައިގެން ރާއްޖޭގެ ބައެއް ރަށްތަކަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ސަބަބުން ރަށްތަކަށް ބޮޑެތި ގެއްލުންތައް ވާން ފެށީ މެންދުރު ފަހުންނެވެ. މެންދުރު ފަހު މެދު ރާއްޖެ ތެރެއާއި ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލުވެސް ނެރުނެވެ.

ގދ. މަޑަވެލީގައި ފެންބޮޑުވެފައި - ފޮޓޯ: ތޯހާ

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން އާއްމުކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު، ހަތް އަތޮޅަކަށް އުނދަ އެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބުނީ ގދ. މަޑެވެއްޔަށެވެ. އެރަށުގެ 98% ގެއަށް ފެނުގެ އަސަރުކޮށް ގެއްލުން ލިބުނެވެ.

މަޑަވެލީ ކައުންސިލް ރައީސް ފިޔާޒް ހުސައިން "ވަގުތު" އަށް ވިދާޅުވީ، އެރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އާއި ރަށުގެ ރައްޔިތުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން ރަށުގެ އެކި ސަރަހައްދުގައި ކާނު ކޮނެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޔާޒް ވިދާޅުވިއެވެ.

ގދ. މަޑަވެލީގައި ފެންބޮޑުވެފައި - ފޮޓޯ: ތޯހާ

އަދި ރަށުގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް ފިޔަޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވިގޮތުގައި، އެރަށުގެ ހުރިހާ ގެއަކަށް ކަހަލަ ގޮތަކަށް ފެންވަދެ ގެއްލުން ލިބުނު، ގާތްގަނޑަކަށް ހުރިހާ ސާމާނަކަށް ގެއްލުން ލިބުނެވެ. އޭގެ ތެރޭގައި ނިދާ އެނދާއި ގޮދަނޑި ހިމެނެއެވެ.

އަދި ބޮޑަށް ގެއްލުން ލިބުނު އާއިލާތަކަށް ވަގުތީ ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޔާޒް ވިދާޅުވިއެވެ. އެރަށު ވަގުތީ ހިޔާގެ ގޮތުގައި ބޭނުން ކުރަނީ ޒުވާނުންގެ މަރުކަޒެވެ.

އެތަނުގައި 50 އާއިލާއަށް އެކޮމޭޝަން ފޯރުކޮށްދޭވެނެ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

ގދ. މަޑަވެލީގައި ފެންބޮޑުވެފައި - ފޮޓޯ: ތޯހާ

އެގޮތުން މިހާރު އަށް ގެއެއްގެ 15 އާއިލާއެއް އެތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ރަށުގެ އެހެން ގެތަކުގެ ހާލަތުވެސް ބަލަމުންދާކަމަށް ފިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަނު

    ﷲއަކުބަރު..
    އިންސާނުންނާ މާތްﷲއަށް ބިރުވެތިވެ
    ދުޢާކުރުން ގިނަކުރާށެ

    16
  2. ވާރިޝް

    ލޮނު އެރީ އިނގޭތޯ!

  3. ޭައަލީހުސެން67

    ދަތުރުނުކުރެވޭ ވަރަށް މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ކަނޑާލައިފި
    10 މަސް ކުރިން
    ވިސްނާ ބަޔަކައް އިބުރަތެކެވެ.

  4. ގައުމީދައްޖާލު

    އެއްޖިންސުން ގުޅުންހިންގަންގޮވާލާ ޝައިތޯނުންނޭ.... ﷲގެ ކޯފާޔާ އަޒާބައް އިންތިޒާރުކޮއްލާ

    8
    1
    • ގައިދުރު

      ޢެމެރިކާ އަށް ނާރާ

  5. ވަހުތާން

    ކޯޒްވޭ ނަގާ.

  6. ޑައެލޯގް

    ﷲ އަށްބިރުވެތިވެ އިސްލާމްދީނާ ދުރުޢަމަލުތައް ރާއްޖޭގައި ގިނަވެއްޖެއެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ ސަރުކާރެއް މިހާރަކުނެތެވެ. ވީމާ ރައްޔިތުން މިކަމާ ވިސްނަންވެއްޖެއެވެ.

    8
    1
  7. ޟުޖޢު

    ހުޅުމާލެއަށް ދެވޭތޯ އެންމެންގެ ވިސްނުން ބަދަލުކުރަންވީ. ކުދިރަތްތަށް ދޫކޮށްލަންވީ.