ޚަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނުނު މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅޭ ސައިޓެއްގައި މީހަކު ޚަބަރު ހުސްވެގެން ވެއްޓިފައި އޮއްކަމުގެ މައުލޫމާތު 18:20 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށާއި، މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ޚަބަރު ހުސްވެފައި ވަނީ މަސްތުވެގެން ކަމަށް މީސް މީޑިއާގައި ދައުރުވަމުންދާ ބައެއް ޕޯސްޓްތަކުގައި ބުނެފައި ވެއެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ޚަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނުނީ އިންޑިއާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލުން ފޯނަށް ޖަވާބު ނުދޭތީ އޭނާގެ ހާލަތު އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯލިބޭ

    އިންޑިއާ މީހެއްވިއްޔާ ފުލުހުންވެސް އެމީހާއާ ބެހޭ މައުލޫމާތު ނުދޭނެ. އެހެން ގައުމެއްގެ މީހެއްވިއްޔާ ވަގުތުން ދޭނެ. ޖިންސީ ގުނަވަން ބުރިކޮށްލީ ބަނގްލަދޭޝް މީހާގެ މައުލޫމާތު ވަގުތުން ފުލުހުންދިން. އިންޑިއާ މީހާއާ ބެހޭމައުލޫމާތު ހަމަ ކުރެވޭނީ އިންޑިއާ އެމްބަސީން ހުއްދަ ދިނުމުން.