ދިވެހރާއްޖޭގައި މަސައްކަތްކުރާ ބިދޭސިން ގެނައުމުގެ ކަންކަން ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފަރުމާކޮށް އާއްމުންނަށް ހުޅުވާލާފައިވާ ޕޯޓަލް، އެކްސްޕެޓް އޮންލައިން (https://xpat.egov.mv), ނަކަލުކޮށް، އޮންލައިން ޕޯޓަލްތަކެއް ހަދާފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އިކޮނިމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ގިނަފަހަރަށް މިފަދަ ޕޯޓަލް ނުވަތަ ވެބްސައިޓް ތަކަކީ އޮޅުވާލައިގެން ޔޫޒާ އެކައުންޓްގެ އަދި އެހެނިހެން ޒާތީ މަޢުލޫމާތު ހޯދާ، އޭގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްތަކެއް ނުވަތަ ވެބްސައިޓްތަކެއް ކަމަށެވެ.

މިގޮތުން އިކޮނޮމިކް މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ހަވެބްސައިޓެއްގެ އެޑްރެސް ވެސް އިއުލާނުގައި ހިމަނާފައިވެއެވެ. އެވެބްސައިޓްތަކަކީ

http://immigrationgovmv.org .1
http://xpat-egovmv.com .2
https://xpategov.com .3
https://www.xpat-gov.com .4
https://www.xpat-egov.online .5
http://xpategovmv.org .6

އެހެންކަމުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސިން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރައްވާ ހުރިބާ ބޭފުޅުންވެސް މިކަމަށް ސަމާލުވުމަށް ބަޔާނުގައި އެދިފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެކްޕެޓް ޕޯޓަލް ވެބްސައިޓްގެ ލިންކަކީ؛ https://xpat.egov.mv

ބަޔާނުގައި ވިދާޅުވީ އޮންލައިން ޚިދުމަތް ހޯދުމުގައި ހުރިހާ ވަގުތެއްގައިވެސް ބްރައުޒް ކުރެވެމުން ދަނީ ރަނގަޅު ޕޯޓަލްގައިކަން ކަށަވަރުކުރައްވަން ވާނެ ކަމަށެވެ. އެހެން އެއްވެސް ޕޯޓަލްއަކަށް ނުވަތަ ވެބްސައިޓަކަށް އެއްވެސް މައުލޫމަތެއް ނުދިނުމަށާއި މިފަދަ ޕޯޓަލްއަށް ނުވަތަ ވެބްސައިޓަށް ލޮގިން ކުރެވިފައި ވާކަމަށް ޝައްކު ކުރެވޭނަމަ ޕާސްވޯޑް ރީސެޓް ކުރެއްވުމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

މިނިސްޓްރީގެ ނަމުގައި ހަދާފައިވާ ފޭކް ވެބްސައިޓްތައް ހިންގަމުން އަންނަތާ ކިހައި ދުވަހެއް ވެއްޖެކަމެއް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރެޕްލިކަރ

    ހަމަ އެހާވެސް ފަސޭހައީތޯ ސަރުކާރުގެ ވުޒާރާއެއްގެ ޕޯޓަލް ނަކަލުކޮށްލަން؟

    11
  2. ނުފޫޒު

    މީނަވެސް ބަރަހަނާ ވަނީތަ! ގަވާޢިދާ ޚިލާފަށް ބިދޭސީން އެތެރެ ކުރާ މައްސަލައާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް މި ފައްޔާޒުގެ ބޮލުގައި އެޅުވީމައި ބޯދައިގަންނަން މިބާވަތުގެ ބަހަނާ ދައްކަނީދޯ! ތިޔަކަން މީގެ ކުރިން ރައްޔިތުންނާ ހަމައަށް ތިލަނުކުރީ ކޮންސަބަބަކާހުރެތޯ އަހާލަންބޭނުން!

    13
  3. ކޮރަލް

    ކޮސް ވާހަކަ ނުދައްކާ އެބަޔަކު ހިފާ ހައްޔަރު ކޮށްބަލާށެވެ. އެކަން ކުރަނީ ހައްދު ފަހަނަ އެޅި ބައެކެވެ.

    12
  4. ސޯލޭ

    މާ ކަންތައް ވާމީހަކައް ހެދިގެން ނޫޅި އިސްތިއުފާދީފަ ރައްކާވޭ

    17
  5. ާއަންނި

    ތީތިމީހުން އަމިއްލަޔަށް ކޮއްގެން އުޅޭކަމެއް އެހެން ނޫންނަމަ ކުރީބައިގައި ރަށްޔިތުންނަށް އަންގާނެ ތީގެ އަޑީގައިވާނެ ތިމީހުންގެ އަތެއް ތިކަންތައް ހިގާނަމަ އަންގާނެ ކުރީބައިގަ

  6. އދ ދޮންގިރި

    ކިތަށް ގިރިތަ އުފައްދައިގެން މިއުޅެނީ؟

  7. ސާބެ

    ތިލާރި ގަނޑުވެސް ލިބޭނީ ތިކޮޅަކައްނޫން އޮޅުވާނުލާބަލަ

  8. އިސްތިއުފާ

    އެކްސްޕެޓްގައި ރަޖިސްޓްރީކޮށްފައި ވެރިފައިކުރަން ބޮޑުކަމަކަށްވެފައި އޮންނަނީ. އީމެލްކޮށްގެން އައިޑީއާ ހުރިހާ އެއްޗެއް ފޮނުވާފިން ވެރިފިކަސަނަށް. 3ދަުވަސް ފަހުން ހަބަރުވާނެ ކަމަށް ބުނެފައި ހަބަރެއްނުވޭ. 13ދުވަސް ވެއްޖެ

  9. ކިއްލި

    ފައްޔާޒުގެ އަތެއް ނުވޭބާ

  10. އަބުދުﷲ

    މީނަ އައްނި ބަލިކުރަން މިގައުމުގެ ޚަޒާނާ ހުސްކޮއް ރައްޓެހިންނައް ވަޒީފާއޭ ކިޔާފަ ބަހާ ހުސް ކޮއްފި. ދެން 8% ޖިއެސްޓީ ގެ ބަދަލު 80% ޖީއެސްޓީ ނެގިޔަސް މީނަގެ މިހަރާންކޯރު ޖާހިލު އަމަލުގެ ނުބައިކަމުން ދިވެހިރާއްޖެ ސަލާމަތެއް ނުވާނެ.

  11. އަހްމަދު

    ތިޔަ އެއްޗެތި ހަދާ ހިންގަނީ ތިޔަ ތަނުގެ މުއައްޒަފުން.