ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް މިރޭ ހުޅުވައިފި އެވެ.

މިރޭ ހިޔާ ފްލެޓްގައި ރަސްމީކޮށް ޕޮލިސް ސްޓޭޝަނެއް ހުޅުވި ނަމަވެސް މީގެ ކުރިން ވެސް ފުލުހުންގެ ހިދުމަތް ހިޔާ ފްލެޓް ސަރަހައްދުގައި އައީ ދެމުންނެވެ.

އެޗްޑީސީން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ހުޅުވީ ހިޔާގެ އެޗް-4 ޓަވަރުގެ ގްރައުންޑް ފްލޯގައި ކަމަށެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވީ އެ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތް އާންމުންނަށް ވީހާ ވެސް ގާތުން އަދި ފަސޭހަކަމާ އެކު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ފެށުމެއް ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު، މީގެ ކުރިން ފުލުހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިދުމަތް ދެމުން އައީ ޕޮލިސް ޕޯސްޓުތަކެއް ހަދައިގެންނެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޮޑު ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމަސައްކަތް ވަނީ މިހާރު އިންޑިއާގެ ކުންފުންޏަކާއި ހަވާލު ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިޔައީ ބޭކާރު ބައެއް