ސްޓެލްކޯ އިން މިއަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރުމަށް ނިންމާފައި ވަނީ އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެެވެ.

ޕީއެސްްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައއި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އިރުގެ ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކުރެވޭ ނަމަ ކަރަންޓު ހަރަދު ވަރަށް ބޮޑު ތަނުން ކުޑަކުރެވޭނެ ކަމަށެވެ. އަދި މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެ މަސައްކަތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަވިކަތަ" ޕްރޮގްރާމްގެ ނަމުގައި ގޭގޭގެ ފުރާޅު ކުއްޔަށްދީގެން ސޯލާ ހަރުކުރުމުގެ ޕްރޮގްރާމެއް އިފްތިތާހްކޮށްފައި ވަނީ މިއަހަރު ބޭއްވި އެކުންފުނީގެ އަހަރީ ދުވަހުއެވެ.

"މި ޕްރޮގްރާމަކީ ވަރަށް އެޓްރެކްޓިވް ޕްރޮގްރާމެއް. ރައްޔިތުންނަށް އެކި ކަހަލަ ފުރުސަތުތައްވެސް ފަހިވާނެ. އެގޮތުން ގޭގެ ވެރިފަރާތައް އެގޭ ފުރާޅު ކުއްޔައް ދީގެން އާމްދަނީ ހޯދުމުގެ މަގުވެސް އެބަ ފަހިވޭ. އަނެއްކާ އެ އާމްދަނީގެ ސަބަބުން ކުއްޔަށް ދޭ ގޭގެ ކަރަންޓު ބިލަށް ޑިސްކައުންޓުވެސް އެބަ ދެވޭ. ހުރިހާ ގޮތަކުން ބެލިޔަސް ސޯލާ ޕްރޮޖެކްޓަކީ ފައިދާހުރި އަދި ވަރަށް ބޮޑަށް ޚަރަދުކުޑަ ކުރެވޭނެ ގޮތެއް،" ޝަރީފް ވިދާޅުވިއެވެ.

މުުޅި ގޭގެ ކަރަންޓު ހިފަހައްޓާލެވޭވަރުގެ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ލޯންޗުކުރީ 2020 ވަނަ އަހަރުއެވެ. އިންސްޓޯލްމެންޓުގެ ދަށުން ފައިސާ ދެއްކޭ އުސޫލަކާއެކު ލޯންޗުކުރި މި ޕްރޮގްރާމް ސްޓެލްކޯއިން ހިދުމަތް ދެމުން އައި ކޮންމެ ރަށެއްގައިވެސް ހަރުކޮށްދިނުމަށް އޭރު ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހޫސެން

    ޢެއްކަލަ ވޯޓް ވަގުކަލޭގެ، ކަލޭތީ ތިކަމަށް ގާބިލު މީހެއްނޫން، ވޯޓްކޮޅު ގޮހަރައްލީމަ ބަލަދުއަރާތީ ދީފަވާ މަގާމެއްތީ،

  2. އހ

    ދެން ތިމަރަ ޔޯ ؟ ވިރުވުމެއް ނެއި ؟

  3. ލިބޭ

    ހަނދުވަރުގެ އަލިން ހަކަތަ އުފައްދައިދޭ ތަ؟

  4. ހުސޭނުބޭ

    ދުނިޔޭގެ އެންމެ ބޮޑު ވޯޓުފޮށި ބިނާކުރަނީތަ

  5. އަބުދުﷲ

    ބޭނުމަކީ މިއޮތްހާދުވަހުވެސް އުޅުނުގޮތައް ކަޓުޖެހުން.

    10
  6. މަބޭ

    އިއާދަކުރަނިވި ހަކަތަ މިބަސް މޭނުންކޮއްގެން ކިންމެފަހަރަކު ހިންގަނީ ކޮރަޕްސަން

    10
  7. ކެޔޮޅު

    އެއިރުންތާ ޖީބުތައް ފުރާލެވޭނީދޯ؟

  8. ބުރޯ

    މީނާ ރަނގަޅުވާނީ ގޮނޑި ހޫނު ކޮއްގެން ހަކަތަ އުފައްދަން.

  9. ބުއްޅާބޭ

    އީސޫ ސަރީފޫ. ކޮބާހޭ އެންމެ ބޮޑު އިއާދަކުރަނަވި ކޮރަޕްސަން ފޮށި