ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.

މެޓުން ދަންމާލާފައިވަނީ ރޭދަންވަރު 2:30 އިން ހެނދުނު 8:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ނެރެފައިވާ ހުދު ސަމާލެވެ. މި ސަމާލު ދަންމާފައިވަނީ މެންދުރުފަހު 14:30 އާއި ހަމަ އަށެވެ.

ސަމާލުގައި މެޓް އޮފީހުން ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، އިއްޔެ އިންޑޮނޭޝިއާއަށް ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. އަދި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.