ގިނަ ބަޔަކާއެކު ދަތުރުކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު އަޑިއަށް ދިޔަ ލަންދޫ ބޯޓު ފެނުން މައްޗަށް ނަގައިފިއެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ މާލެ އިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގާފަރު ކައިރިންނެވެ. އެ ދުވަހުން ފެށިގެން ގާފަރުގެ ރައްޔިތުން ގެންދަނީ އެ ބޯޓަށް އެހީތެރިވުމުގައި ހަރަކާތްތެރިވަމުންނެވެ.
![](https://vaguthu.mv/wp-content/uploads/2022/09/305225765-5400891316615363-473297323888814685-n.jpg)
އެ ހާދިސާ ހިނގިއިރު ބޯޓުގައި ތިރީހަކަށް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ބިދޭސީންނާއި ދިވެހިންނެވެ. އެ އެންމެން ސަލާމަތުން ގާފަރަށް ގެންދިޔައީ އެ ރަށުގެ މީހުންނާއި އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދުތަކުންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.
އަޑިއަށް ދިޔަތާ ތިން ދުވަސް ފަހުން ލަންދޫ ބޯޓު ފެނުން މައްޗަށް ހިއްލާފައިވަނީ ގާފަރު ރައްޔިތުންނާއި ގުޅިގެން ތިން ދުވަސް ވަންދެން ކުރި ބުރަ މަސައްކަތުންނެވެ.
ބޯޓު ނަގައި އޭގެ އެކި ބައިތައް ބޭނުންކުރެވޭނެކަމަށް އެމީހުން އުއްމީދުކުރެއެވެ. އަދި ދޯނީގެ ވެރިފަރާތުގެ އުންމީދަކީ ވީހާވެސް އަވަހަށް އަލުން ދަތުރުތައް ފެށުމެވެ.
މައިން ބަފައިންގެ މުދަލަކީ ހުރިހާ ދަރިންގެ ހައްގެއް ތިކަހަލަކަމެއް ދިމާނުވާ ބަޔަކަށް އިބުރަތެއް