މާލޭގައި މިނީ ބަސް ދުއްވަން ކަނޑައަޅާފައިވާ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާލްކޮށްފައިހުރި އުޅަނދުތަކުގެ ސަބަބުން ބޮޑު އާމްދަނީއެއް ދައުލަތައް ލިބިއްޖެ އެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ހަ ވަނަ ދުވަހުން އިއްޔެ ނިޔަލަށް 538 ސައިކަލެއްގައި ވައިލޭޝަން ސްޓިކާ ވަނީ ޖަހާފަ އެވެ. ކޮންމެ ސްޓިކާއަކީ 250 ރުފިޔާ އެވެ. އެހެން ކަމުން ހަ ދުވަސް ތެރޭގައި ސައިކަލް ސްޓިކާއިން އެކަނިވެ 134500 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން ފުލުހުން ބުނީ 30 ސައިކަލަކާއި އެއް ކާރު މި މުއްދަތުގެ ތެރޭގައި ޓޯ ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ވެހިކަލްތައްވެސް އަނބުރާ އޭގެ ވެރިފަރާތައް ދޫކުރަނީ ޖޫރިމަނާ ދެއްކުމުން ކަމަށްވާތީ އެއިންވެސް ދައުލަތުގެ އާމްދަނީއަށް ފައިސާ އިތުރުވެގެންދާނެ އެވެ. އެހެން ކަމުން މި މުއްދަތުގެ ތެރޭގައި މަޖީދީމަގުން އެކަނި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާގޮތުގައި ލިބެނެ އެވެ.

 

 

 

ފުލުހުން ބުނީ މިނީ ބަސް ދުއްވާ ރޫޓްގައި ޓްރެފިކް ބާރުބޮޑުވިޔަ ނުދިނުމަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

"ބަސް ރޫޓަށް އުނދަގޫވާ ގޮތައް ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖަހަމުންދާނެ. ބަސް ރޫޓަށް އުނދަގޫވާ ގޮތައް ހުންނަ އުޅަނދުތައް ޓޯކުރަން ޖެހޭ ހާލަތުގައި އެ އުޅަނދުތައް ޓޯކުރަމުން ގެންދާނެ،" ފުލުހުންގެ ތަފާސް ހިސާބުތަކާއެކު ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    ގައިމު އިބޫބުނި ޔާމީނު ސްޓިކާޖަހައިގެން ފައިސާހޯދާވާހަކައެވެ. އިބޫއެއް އެގޮތަށް ފައިސާ ސްޓިކާޖަހައިގެން ނުހޯދާނަމެވެ. އެކަމަކު މިހިރީވާގޮތް

  2. ފާތުމަ އެޅި މިސްކިތް ހުޅުމާލެ

    ޙަމައެއް ނެތް ސޭކްސްތާނުގައި ތައްޔިތު މިހާ ގާނޫނު ތަކަށް ވުރެ މަތި ވީމާ މި ހެން ވެސް ވާނެއެވެ. ޢިންޑިޔާ އައުޓް

  3. ަަދހ

    ޕާކިންޒޯނެއް ނުދީ މަގު ހުސްކުރަން ބުނީތީ ވެސް ޕާކު ކުރާނަން. ސްޓިކާ ޖަހަ ޖަހަ ތިބެބަލަ. ކުށްވެރިން ހައްޔަރުނުކޮށް ފުލުހުން ރައްޔިތުން ފެލަނީ