މައްޗަންގޮޅީގައި ހުރި ގެއަކަށް 1،779 ކާރު ރަޖިސްޓްރީކޮށް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މިނިވަން މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ދެ ފޮރޮޅަށް ވުރެ ގިނަ ފޮރޮޅުލީ އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ އުސޫލު ނުވަތަ އާންމުކޮށް ކިޔާ ނަމަ ގަރާޖު ސިޓީ ނިމުމަކަށް ގެންނަން ގޮވާލައްވައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ނަޝީދު ވަނީ ދެ ވަނަ ފަހަރަށް މަޖިލިހަށް ހުށަހަޅުއްވައިފައެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވީ އޭނާ މި ބިލް ހުށަހެޅުއްވީމަ، މޭކަރާ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގަރާޖު ސިޓީ ހަދައިގެން ކައިބޮއެ ހަދާ ބަޔަކު އެބަތިބިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެކަކު، ނަމުގައި މިއަދު ފަހެއް ނޫނީ ހަ ސައިކަލް އެބަހުރި ކަމަށެވެ. އެކަމަކު، އެއަށް ގަރާޖެއް ބޭނުން ނުވާ އިރު، ސައިކަލް ރަޖިސްޓްރީ ކުރަމުން ގޮސް މުޅި މާލެ އޮތީ ސައިކަލުން ފުރިފައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ދެން އެންމެ ބޮޑު މައްސަލައަކީ އެއް ގެއެއްގައި ގިނަ އަދަދެއްގެ ކާރު ރަޖިސްޓްރީ ކުރާ މައްސަލަ ކަމަށް ވިދާޅުވެ، އެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

"ރާއްޖޭގައި އެބަހުރި 1،779 ކާރު އެއް ގެއަކަށް ރަޖިސްޓްރީކޮށްފައި. މައްޗަންގޮޅީ ގެއަކަށް ރަޖިސްޓްރީކޮށްފައި އެބަ އިން،" އެ ގެއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަ ނުކުރައްވައި ނަޝީދު ވިދާޅުވިއެވެ.

"1،779 ކާރު މިއީ ހޮޓްވީލް ކާރުތަކެއްތޯ ރަޖިސްޓްރީކޮށްފައި މި އިންނަނީ،"

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސުވާލު ކުރައްވައިފައެވެ. ނަޝީދު ވަނީ އެނގިވަޑައިގަންނަވާ ނަމަ، ނަންތައް ހާމަކުރެއްވުމަށެވެ. އެހެން ނޫނީ އެ ބުރަ މައްޗަންގޮޅި ހުރިހާ ރައްޔިތުން އުފުލަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ނަޝީދު ވިދާޅުވީ މަސްލަހަތަށްޓަކައި މިވަގުތު އެގޭގެ ނަމާއި އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ. އަދި ހާމަކުރަން ޖެހޭ ހާލަތެއް އައީމަ، އެކަމެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާލޭގައި ހުންނަ އިތުރު ގެއްއެއްގައި 1،400 ކާރު ވަނީ ރަޖިސްޓަރީކޮށްފައެވެ.

އާންމުންގެ މީހަކު މާލެއަށް ކާރެއް ގެނެސް ރަޖިސްޓަރީ ކުރެވޭނީ މާލޭ ބިމެއްގައި އަމިއްލަ ގަރާޖެއް އޮވެގެންނެވެ. ކާރު އެތެރެކުރެވޭނީ އެ ގަރާޖުގައި ކާރު ޕާކް ކުރާނެ ކަމަށް ބުނާ ލިޔުމެއް ހުށަހަޅައިގެންނެވެ. އެ ތަނުގައި އެ ކާރު ފިޔަވައި އިތުރު ވެހިކަލެއް ނުބޭއްވޭނެއެވެ.

މި ގަވައިދު މިގޮތަށް އޮތް ކަމުގައި ވިޔަސް، މާލެއަށް ނުކަތާ ވަރަށް ވެހިކަލްތަކުން ވަނީ ތޮއްޖެހިފައެވެ. ހުރިހާ ވެހިކަލެއް ރެޔާއި ދުވާލު އޮންނަނީ މަގުމަތީގައެވެ.

ނަޝީދު ވިދާޅުވީ ކުރިން ގަރާޖު ސިޓީ، ޓްރާންސްޕޯޓް އޮތޯރިޓީން ވިއްކާފައި ވަނީ ކަޓު ނަގައިގެން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން ވެސް އެކަން މިހާރު ކުރަނީ ކަޓު ނަގައިގެން ކަމަށް ވިދާޅުވިއެވެ. ހުއްދަ ދޭ އިރު، ގަރާޖުގައި ދޮރެއް އިންތޯ ވެސް ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މާލެ ތޮއްޖެހުނީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޔާންޔާ

    މިހާރުގެ ގަރާޖްސިޓީ ރޭޓުންބަލަންޔާ 97845000.00 ރުފިޔާ . އެއް ބިލިޔަން ދިވެހިރުފިޔާ .

    14
    1
  2. ފާތިމާ ޔާނީ

    ގރާޖު ސިޓީ ވގުތުން ހުއްތުވަންވޭއްޖެ. ކޮންމެ ގޭބިސީއަކަށް ގިނަވެގެން 4 ފުރޮޅިލީ އެކަތި ރެޖިސްޓްރީ ކުރެވޭގޮތައް ގަވައިދު ބދަލުކުރަންވީ!

    23
    1
  3. ޝަޒީމާ ސޯލިހު / މަނަދޫ

    ސާބަސް...
    "މި ގަވައިދު މިގޮތަށް އޮތް ކަމުގައި ވިޔަސް، މާލެއަށް ނުކަތާ ވަރަށް ވެހިކަލްތަކުން ވަނީ ތޮއްޖެހިފައެވެ. ހުރިހާ ވެހިކަލެއް ރެޔާއި ދުވާލު އޮންނަނީ މަގުމަތީގައެވެ"
    ނުކަތާއެއް ނޫން... ނުތަކާ ވަރަށް... ތެކުން.. ނުތެކުން.. ނުތަކާވަރަށް...

  4. ހާލަތު

    ގަރާޖު ސިޓީ ވަގުތުން އުވާލަންޖެހޭ. ކާރެއް ބޭނުންވާ ކޮންމެ މީހަކު ގަރާޖެއް ހުންނަންޖެހެންޏާ ކޮންމެ ސައިކަލެއް ވައްދާނެ ގަރާޖެއް ހުންނަންޖެހޭނެ. ގަރާޖު ސިޓީއެއްދެނީ 55000 ރުފިޔާއަށް. މިއީކުރާބޮޑު ވިޔަފާރިއެއް 1779 ގަރާޖު ސިޓީއަކީ 97،84500 ރުފިޔާ،

    6
    1
  5. އަލްޖިބްރާ

    ތިޔަހާ ގިނަ ވެހިކަލް އެއް ގެއެއްގައި ގަރާޖް ރެޖިސްޓްރީ ކުރީމަ އެގެނީ ޓްރާންސްޕޯރޓް މިނިސްޓްރީގެ ދޯދިޔާކަން !

    11
  6. Anonymous

    މެމްބަރ އެވިދާޅުވީ % 100 ތެދުފުޅެއް.

    22
  7. މާނިއު

    ބަރާބަރު ބޭފުޅެއް އަދި ބަރާބަރު ވާހަކައެއް.

    24
  8. މޫސަ

    ނަސީދު ސުކުރިއްޔާ ތިޔަކަހަލަ މީހުންބޭނުމީ

    17
    1
  9. ނަގުލު ފިއްތި

    ހުރިހާ އެއްޗެހިތަށް ނައްތާލަބަ

    8
    1
  10. ދޭށޭ

    ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަން. އައިޝާ އިސްތިއުފާ

    12
  11. ހައިރާން

    މައްސަލައެއް އެބައޮތްތޯ؟ ކުޅަނދު ގިނަވީމާ ކުޅަދާނަވާނެ ނޫންތޯ؟ ތިއޮތީވެސް ކުޅަނދު ގިނަވެގެން ކުޅަދާނަވެފައި ނޫންތޯ؟ މާލޭގައި އުޅޭ މާފުށީ މީހާގެ ބަހަކީ ކޮބައިތަ؟

  12. ޕޮގުބާ

    އެވަރު ވާއިރުވެސް ޓުރާންސްޕޯޓްގަ ތިބޭ ބީތާއިން'ަށް ނޭންގެ

    11
  13. އަދާލަތު

    މުޑުވާލި ކުންފުނީގެ ނަމުގައިހުރި ގަރާޖްތަކުގެ ޙަޤީޤަތް ބައްލަވައި ލެއްވިންތޯ؟
    ކޮންމެ ލިއުމަކަށް، 80 ހާސް ރުފިޔާ.

  14. ޑޮމެއިންބެ

    މޮސްޓާ ވިއްކާ ވަގު ޑޮމެއިންގެ ވާހަކަ ވެސް ދައްކާލި ނަމަ ވަރަށް ފުރިހަމަވީސް