މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް އިނގިރޭސި ވިލާތުން ދެއްވި ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުފުޅު ކުރައްވައިފިއެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ރާނީގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ އެންމެ އިސް ވެރިޔަކަށާއި އެ ބޭފުޅެއްގެ އަނބި/ފިރިންނަށެވެ.

ރާނީ ފަސްދާނުލާނީ ލަންޑަންގައި ހުންނަ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގައެވެ.

ހަތް ދިހަ އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު II އުމުރުފުޅުން 96 އަހަރުގައި އަވަހަރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގައެވެ. ރާނީ އަވަހާރަވުމާ ގުޅިގެން، އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފައެވެ.

ރާނީގެ ހަށިކޮޅު ސްކޮޓްލަންޑުގެ ވެރިރަށް އެޑިންބަރާ އިން ލަންޑަނަށް ވައިގެ މަގުން މިއަދު ގެންދާނެއެވެ. އެކަމަނާގެ ސަންދޯއް މިއަދު ބާއްވާފައި އޮންނާނީ ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގައެވެ.

ރާނީގެ ހަށިކޮޅު ބަކިންހަމް ޕެލެސް އިން ވެސްޓްމިންސްޓާ ހޯލަށް ގެންދާނީ މާދަމައެވެ.

އަންނަ ބުރާސްފަތިން އާދިއްތަ ދުވަހުގެ ނިޔަލަށް ރާނީގެ ސަންދޯއް އޮންނާނީ ވެސްޓްމިންސްޓާ ހޯލުގައެވެ. ރާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އާންމުންނަށް އެ ތަނަށް ވަދެވޭނެއެވެ. އެއަށްފަހު އާދިއްތަ ދުވަހުގެ ރޭގަނޑު 8ގައި ހަމަހިމޭންކަމުގެ ސުކޫތެއް މުޅި އިނގިރޭސިވިލާތުގައި ގެންނާނެއެވެ. ޖަނާޒާ އޮންނާނީ ހޯމަ ދުވަހުއެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް ރާއްޖޭގައި ވެސް އިއުލާނުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ާދަލޭކް

    ދަރަނި މިއޮތީ އަތްނުފޯރާ ހިސާބު އެވަރުން ޢައިރު މުސްލިމެއްގެ ޖަނާޒާޔަށް. ސާބަސް.

    75
    4
  2. ވަހީދު

    ގޮސްގެންނުވާނެ..ތިކަމައްދާޚަރަދުންކުރެވޭނެމާމުހިންމުކަންތައްއެބަހުރި...އަނެއްކާކުރީގެރައީސްވެސްދާންޖެހޭނެ....އަނެއްޚަރަދު....

    40
    1
  3. ހަސަން

    ދެކަބަލުންތޯ ރަހުމަތްތެރިޔާވެސް ގެންދަވަންވާނެއެއްނޫންތޯ!މިބުނީ އަންނި. ދައުލަތުގެ ޚަޒާނާއަކީ ހިތުހުރިގޮތަކަށް ޚަރަދު ކުރަން އޮންނަ ތިބޭފުޅާގެ މުދަލެއްނޫން!ބޭކާރު ފިޔަވަތިން މިލިޔަނނުން ރުފިޔާ ޚަރަދުކޮށް މާލެއައަިތާ އަދި މިއުޅޭނީ ދޮޅުދުވަސް ނުވެގެން މިހާރު ތިޔަފުރުއްވަނީ ބޮޑުވަފުދަކާއެއްކޮށް އެގޭރޭސިވިލާތައް އަނެއްކާވެސް އެތަކެއް މިލިޔަން ދިވެހިރުފިޔާ! ފަހރެއްގައިވެދާނެ އެންމެ ފަހުދަތުރަށްވެސް

    33
    1
  4. Anonymous

    ޖީސަސްަށް ދުޢާ ކުރާއިރު ބައިވެރިވާނެބާ؟

    33
    3
  5. ކެޔޮޅު

    ތީމިހާރު މިހާރު އަރެމެންނައް ހަމައެކަނި ބޭނުންވެފާވާ ކަމަކީ!

    28
    2
  6. ޅިޔަނުބެ

    ބޭކާރު ހަރަދު ނުކުރާށޭ ވެރިޔާ!!

    48
    1
  7. ނިޒް

    ޖަނާޒާ އޭ

    29
    2
  8. ޙަރަދު

    ޙަރަދު ކުޑަކުރަނީ😅🤭

    35
  9. އަދުރޭ

    އަވަހަށް ވަޑައިގަނޭ. ސޯލިހު ނެތިގެން ޥަޅުނުލެވިގެން އުޅެނީ!!!

    46
    2
  10. މަބަލްދީބް

    ދެން މީނަ އެތަނަށް ގޮސް ކީއްބާ ކުރާނީ؟ އެމީހުން "މޭ ދަ ކުއީން ރެސްޓް އިން ޕީސް" އޭ ބުނުމުން އާމީންއޭ ބުނާނީބާ؟ ހެހެހެ

    40
    2
  11. އިބްރާހިމް

    ކޮށްޓާލަންވާލަސް. ވަގުތުން ރެސްޕޮންސް

    18
  12. ރާނީ

    މީނަ ގޮސް ކީއްކުރަނީ. ކަށުނަމާދު ކުރޭތަ

    29
    2
    • ރަން ރީނދޫ

      ބޯ ހަލާކު. ދެމީހަކު އެއްވެފައި ކުޅެއް ޖެހި ޔަސް ދާން އެބަވޭ. މިކަމުން އަވަހަށް ސަލާމަތް ވާނެ ނަމަ.

  13. ގަބުޅިބާދަލާ

    އެއިރުވެސް އަހުންނަށް އެނގޭނަ އިސްޓިކާޖަހައިގެން ލާރިކޮޅެއް އެއްވާއިރަށް ކޮންމެވެސް ތަނަކަށް ނައްޓައިލާނެކަން. ގަނޑިޔާ. ފެއިލްޑް ސްޓޭޓްގެ ފެއިލްޑް ޕްރެސިޑެންޓް.

  14. ދަރަނި ދަންތުރަ

    ހަރަދު ކުޑަކުރަނީ ، އަމީރު މިހާރުވެސް ތެޅިއަރުވަނީ ކޯތަޅަކުން ދެ ރުފިޔާ ނުނެގިގެން ، ސޯލިބޭ ދެމަފިރިން އެއްގައުމުން އަނެއް ގައުމަށް ދުވެ ތެޅިއަރުވަނީ ، އޯގާތެރި މުދިތިރި ރައީސެކޯ

  15. ހުސެންބެ ބ

    ކޮންމެހެން ދާންޖެހޭތަ.ދައުރެއް މި ނިންމަނީ ދަތުރުފަތުރުކުރުމާ ކުޅުމާއި މަޖަލުގައި ދައުލަތް ދަރާ ވިކިފަ އެކަމަކު މި ސޮހޮލު މިއީ އަޅެ ހަމައެއްޗެއްތަ

  16. ނަބީހް

    "އެހީވުމުގެ ނަމުގާ ކެހީގާ އެ ބަނދެފާ
    ބެހީމާ ދަލަށް ބޯމަހާކަން އަޖާބޭ
    ނަސީބާ މުސީބާތް ލިބުން ރޭވިފައި އޮތް
    ކަސީދާ އުސޫލަށް ބެލޭގޮތް އަޖާބޭ"

  17. ޢިގިރޭސި ވިލާތްވީމަ ދާން ޖެހޭނެ

    މި އެއްމެންގެ ދަރިން ކިޔަވަން ތިބޭނީ އެރަށުގައޭ. ޢެހެންވީމަ ގޮސްލަން ޖެހޭނެ.

  18. ޠމ

    ދާއިރު ކަރު ގޮހޮރުކޮތަޅެއްވެސް ހިފައިގެންދޭ އިބުރާހިމާ