ހދ. މަކުނުދޫން ފުރައިގެން އެއަތޮޅު ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ހައިޖެކް ކުރި މައްސަލާގައި ދެމީހަކު ޖޫރިމަނާކޮށްފިއެވެ.

2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު މަކުނުދޫއިން ފުރައިގެން އެއަތޮޅު ކުޅުދުއްފުއްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށްފައި ވަނީ ހދ. މަކުނުދޫ އުނިމާގެ މުހައްމަދު ނާއިފް އާއި ގުލްއަލާގެ މުހައްމަދު ޔާސިރު ނަމަކަށް ކިޔާ ދެމީހުންނެވެ.

އެ ދެމީހުން ވަނީ ލޯންޗުގެ ކެޕްޓަނަށް ބިރު ދައްކައިގެން އެ ލޯންޗު ދަތުރުކުރަމުން ދިޔަ ރަށް ނޫން އެހެން ރަށަކަށް ލޯންޗު ގެންގޮސްފައެވެ.

އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އެ ގާނޫނު އުވާލާފައި ވާތީ އެ ދެމީހުންގެ މައްޗަށް ހުކުމްކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 140 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ. އެ ދެމީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެފައެވެ.

އެގާނޫނުގައި ބުނަނީ އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށެވެ.

ނަމަވެސް ދައުވާއަށް އިއުތިރާފުވެފައިވާތީ އާއި އެ މައްސަލައާ ގުޅިގެން އެމީހުން ބަންދުގައި ހޭދަކުރި މުއްދަތު، އަދަބުން އުނިކުރުމުން، އޭގެ ތެރެއިން ނާއިފް ތަންފީޒު ކުރަންޖެހެނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި، ޔާސިރު ތަންފީޒު ކުރަންޖެހެނީ އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައަޅައި، އެ އަދަބުތައް ޖޫރިމަނާއަށް ބަދަލުކޮށް، ނާއިފު ދައްކަން ޖެހޭނީ 12،600 ޖޫރިމަނާއެއް ކަމަށާއި، ޔާސިރު ދައްކަންޖެހޭނީ 9،600 ރުފިޔާގެ ޖޫރިމަނާއެއްކަމަށް ނިންމައި، ތިންމަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ޓެރަރިޒަމް ގެ އަމަލަކަށް ނުވި އެވެ. ތުނބުޅި ހުރެފަ ނަމާދައް އަރާ މީހަކު ވެއްޖެ ނަމަ ފަސޭހައިން ޓެރަރިޒަމް ގެ އަމަލަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

  2. ހުސޭން

    މަޖިހަށް ބޮޑު މުސާރަދީފައި މެންބަރުންތަކެއްބޭއްތިއްބުމުގެ ބޭނުމަކީކޮބާ ބާ އުޅަދެއްހައިޖެކު ކޮށް އެކުއްސާބިތުވީއިރު އެބިރުވެރި އަދި ނުރައްކާތެރި ހާދިސާހިންގި ފަރާތަށް އަދަބެއްދޭނެ ގާނޫނު ގަޑެށް ހެދިފައިނެތް ދެްނ މިހެންވީމަ ކުއްކުރާމީހުން ކުއްކުރާވަރު އަދިމަދު އިއްޒަތްތެރި ލަގަބު ބޮޑުމުސާރައާއި އިނާޔާތް ރައްޔިތުމީހާގެ ޓެކުސް ފައިސާއިން ނަގަން ލަދުވެތި ނުވޭތޯ !!!!!!!

  3. ޏ

    ތީ ޓެރަރިޒަމް އަމަލަކަށް ނުވާނެތަ