އެސްޓީއޯގެ ކާޑު ގުދަނުގައި ސޯލާ ޕެނަލް ހަރުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، މިއީ އެ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީ އިން ކަރަންޓް އުފެއްދުމަށް ހިންގުނު ޕައިލޮޓް ޕްރޮޖެކްޓެއް ކަމަށެވެ.

އެސްޓީއޯގެ ކާޑު ގުދަނުގައި ސޯލާ ޕެނަލް ހަރު ކުރުން - ފޮޓޯ: އެސްޓީއޯ

އެގޮތުން މާލެ ކަޅުތުއްކަލާކޮއްޓާއި އިންވެގެން ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން އެ ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެތަުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ސޯލާ އެނާޖީއިން ބޭނުންކުރެވިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

މި އަހަރުގެ ޖުލައި މަހު ފެށި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނިންމީ އިއްޔެ އެވެ.

އެސްޓީއޯގެ ކާޑު ގުދަނުގައި ސޯލާ ޕެނަލް ހަރު ކުރުން - ފޮޓޯ: އެސްޓީއޯ

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރަމުން ދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓް ތަކެވެ.

އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި، އެ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނަރޖީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ރޭވިފައި ވެއެވެ.

މީގެ އިތުރުންވެސް ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް އެ ކުންފުނިން ތައްޔާރުވަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެންޗޯ

    ހަރު ކުރި ވަރަކަށް ކަރަންޓު ބިލު ވަނީ ބޮޑު ތިހުރިހާ ސޯލާތައް އިބޫއާއި ސުޓެލްކޯ އެންމެންގެ ބޮލު މެދުގައި ހަރުކޮށްގެން އުޅެބަލަ އޭރުން މާ ތާހިރު ވާނެ