މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ދޭންޖެހޭވަރުގެ އަހަމިއްޔަތުކަމެއް ދެމުންދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ މޭރުމަކުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު މިއަދު ވިދާޅުވީ، ސަރުކާރަށް ދެންވެސް ތާއީދު ހޯދެން އޮތީ މި ސަރުކާރުގެ ދައުރު ނިމެން ބާކީ އޮތް އެއް އަހަރުގެ ތެރޭގައި ވެސް އައްޑުއަށް ފޯކަސްކޮށްގެން ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"މި ތަނަށް (އައްޑޫ އަށް) ފޯކަސްކޮށްގެން އުޅެގެންފިއްޔާ އަދިވެސް އަޅުގަނޑު ދަންނަވާނީ މި ސަރުކާރަށް ތާއީދު ހޯދޭނެއޭ. ދެން އަޅުގަނޑަކަށް ނޭނގޭ މި ސަރުކާރުން އެކަން ކުރާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ބައްދަލުވުމުގައި އާއްމު މެމްބަރުންގެ ސުވާލުތަކަށް ވެސް ޖަވާބު އަރުވާފައިވެއެވެ. އެމަނިކުފާނު ވަނީ މި ސަރުކާރުން އައްޑޫއަށް ހާއްސަ ސަމާލުކަމެއްް ދޭންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އައްޑޫއަށް ތަރައްގީ ހޯދަދޭން ކުރާ މަސައްކަތް ހުއްޓާލައިގެން ތިބެވެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އައްޑޫ އަށް ވަޑައިނުގަނެވި ގިނަ ދުވަސްވީ ބޮމުގެ ހަމަލާ އަށް ފަހު އުޅުއްވަން ޖެހިވަޑައިގެންނެވި ހާލަތުގެ ސަބަބުން ކަމަށާއި ނަމަވެސް ދެން ގިނަގިނައިން އައްޑު އަށް ވަޑައިގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކަނބިލބި ކުޑައާދަނު

    ރައްޔިތުންގެ ފައިސާއިން ދިރިއުޅުމުގެ ހުރިހާކަމެއް ހަމަޖައްސައިގެން، މި ނަޝީދަކީ ދިވެހިރައްޔިތުން، ހާއްސަކޮށް އައްޑޫ މީހުން ގަޅިހެއްދުމުގަ އަރާހުރި ނުބައި ނުލަފާ މީހެއް. ރާއްޖެތެރޭ އޭ ކިޔައިގެން ހަޖޫޖަހާއިރުވެސް ރާއްޖެތެރޭ މެމްބަރުންވެސް ތިބެނީ ރައްޔިތުންގެ ހައްގުގަ ބަހެއްބުނަން ނުކެރިފަ. ރައްޔިތުން ހޭއަރާކަށް ނުވޭތޯ؟

  2. ާދަލޭކް

    މިބޭފުޅާ ކޮންމެ ފަހަރަކު ރިޔާސީ އިންތިހާބަކާ ދިމާކޮށް މިކަހަލަ މޮޔަހައްދާނެ ކުރީ ފަހަރުބުނީ ތިމަންނަ އިނގިރޭސި ވިލާތުން ސީދާ އައްޑު އަށް ވަޑައިގެން ތިމަންނަގެ އޮފީސް ހުންނާނީއައްޑުގައޭ.އެއިރުންނޭ ޙުރިހާކަމެއްވެސް ރަނގަލު ކުރެވޭނީ.

  3. ހުސެއިން

    ކަލޭނޫޅެ އައްޑޫމީހުންގެ ބޯކާން، ކަލެއަށް ތާއިދުކުރާނީ ކަލޭކަހަލުގެ ޖާހިލުން

  4. އިބްރާހިމް

    ނަޝީދު އެ ވިދާޅުވަނީ މިހާރު އައްޑޫއަށް ދޭންވާ ސަމާލުކަން ނުދީގެން މިއުޅެނީ ޕީޕީއެމް އާއި ރ ޔާމީން ވެރިކަމުގައި ހުންނަވައިގެންނެވެ. މީގައި އެމްޑީޕީ އާއި ރ ނަޝީދަށް ކޮށްދެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ. އެމްޑީޕީ މެމްބަރުން އަތްޖައްސަވާށެވެ.

  5. ބުހުތާނުބެ

    ބުހުތާނުބެ ގުބޯގޯނިވިއްކަން އައްޑުއަށް ގޮސް ފޮށިހުޅުވާގެން، ކެނެރީގެޔަށް ވަކި ގާނޫނެއް ހިނގަންޖެހޭނީ

  6. ޢިންނު މުހައްމަދު

    ކަލޯ ވޯޓް ކާރިވެއްޖެ .. ދެން ތިހުރިހާ ވާހަކައެއްވެސް ދައްކާނެ

  7. Anonymous

    ނަޝީދުގެ ވިސްނުންފުޅުގައި ހުންނަނީ އަބަދުވެސް އައްޑޫ މޮޔައިން ހައްލުވައިގެން ވޯޓް ހޯދުން . ކޮއްމެ ދައުރެއް ނިމެންކާރިވާ ވަރަކަށް ނަޝީދު އުޅޭނެ އައްޑުއަށް ކަންތައްތައް ނުކުރެވިގެން . ހޮވުނީމަ ނިމުނީ ވައްސަލާމް. އެއްމެ ކުޑަމިނުން ކެބިނެޓްގަވެސް އެއިގެ މީހަކު ނުހިމަނާނެ!!

  8. މަބޭ

    ރަންގަޅައް ސަމާލުކަންދިނެއްނޫންތޯ ފެބްރުއަރީ 8 ވަނަދުވަހު.

  9. އަފިރިން ސަލާމް

    ކަލޭ ތީ ބޮޑު މަކަރުވެރިޔެއް.. އައްޑޫމީހުންނަށް ދޯކާދިން މީހެއް

    ކަލެޔަށް އައްޑޫއިން ދެން ތާއީދެއް ނެތް.. ވަރަށް ސަލާމް.

  10. މުހައްމަދު އަންޖުމް

    ތީ ތިމާމެންގެ ވަތަނީ ސަރުކާރުގެ ނާޤާބިލުކަމޭ ނިކަންބުނެބަލަ މިހާރު މިއޮތީ ތިމާމެންގެ ހުރިހާބާރެއް އެކުލެވިގެންވާ ސަރުކާރެއް ވީއިރު ކީއްވެ ތިހެންވާންވީ ހަމައެކަނި ވާހަކަދައްކަންތަ އިނގެނީ ބޭނުންވާގޮތަކަށް ކަންކޮށްބަލަ މަލާމަތްނުކޮށް އިދިކޮޅުމީހުން ތިހެންބުނި ނަމަ އޮޑެއްނުވީސް ނަމަވެސް ތިޔަވިހަދުލުން ބުނީމަ ތީކުރާމަލާމާތަކަށް ވާނީ

  11. ޏުވިސްނޭ

    ބުހުތާނުބެ ގުބޯގޯނިވިއްކަން އައްޑުއަށް ގޮސް ފޮށިހުޅުވާގެން، ކެނެރީގެޔަށްވީމަ ލުއިކޮށް ވަކި ގާނޫނެއް ހިނގަންޖެހޭނީ...މިހުންނަނީ މިކަލޭގެފެންވަރު

  12. Anonymous

    ގައުމުގެ ހަލާކު