ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ވޯޓަކަށް ދިއުމާ ގުޅޭ މަޝްވަރާތައް ޕާޓީ ތެރޭގައި އަލުން ފަށައިގެން ކުރިއަށްދާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ވޯޓަށް ދިއުމަށް ފެންނަ ކަމަށް އެމްޑީޕީން ފާސްކުރަން ނަޝީދު ވަނީ އެ ޕާޓީގެ ކޮންގްރެސްއަށް ގަރާރެއްވެސް ހުށައަޅުއްވަން މަސައްކަތް ކުރައްވައިފައެވެ.

ނަމަވެސް އެންމެ ފަހު ވަގުތު އެ ގަރާރު އަނބުރާ ގެންދެވީ އެ ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެއްވި ކުރު މަޝްވަރާއަކަށްފަހުއެވެ.

އެ ގަރާރު އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ކޮންގްރެސްއަށް ގަރާރު ހުށަނޭޅުއްވި ސަބަބަކީ ޕާޓީ ތެރޭގައި އެކަމަށް މަޝްވަރާ ކުރައްވަން އެއްބަސްވުމުންނެވެ.

"ވަގުތު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އޭރު އެއްބަސްވި ގޮތައް މަޝްވަރާތައް ޕާޓީ ތެރޭގައި ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އެމަޝްވަރާތައް ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކުރިއަށް ގެންދަވަނީ އެކަމަށް ހާއްސަ ކޮމެޓީއެއް ނަގައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އޭގެ ތަފްސީލް ނުދެއްވާ ވިދާޅުވީ އެ ތަފްސީލު ދިނުން ރަނގަޅުވާނީ ޕާޓީން ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވުމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް މަރުހަބާ ދަންނަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ މަޝްވަރާތައް ފެށުނުކަމެއް ޕާޓީން އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

އަދި ނިޒާމީ ވޯޓަކަށް ދިއުމަށާއި ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ތާއިދު ނުކުރައްވާކަން ޗެއާޕާސަން ފައްޔާޒު ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެއީ ކޮންމެހެންވެސް ނަގަންޖެހޭ ވޯޓެއް ކަމަށާއި އެހެން ނޫން ނަމަ އެ ޕާޓީގެ އާއްމު ގިނަ މެންބަރުންގެ ވޯޓުތަކެއް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރޭ ކެންޑިޑޭޓަށް ގެއްލޭނެ ކަމަށެވެ. އަދި މި އިންޓަވިއުގައިވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އެ ވޯޓު ނަގާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ރައްޔިތުންގެ ތާއީދު ނެތި ގަދަކަމުން ވެރިކަމަށ

    53
    3
  2. ކެރަފާ އައުޓް

    ރައްޔިތުންގެ ތާއީދެއްނެތި ގަދަކަމުން ވެރިކަމަށް އަންނަން ދަސްކުރަންވީ ކެރަފާ އާއިލާ މީހުން ކައިރިން. ނޮވެންބަރު 3 ގެ ހަމަލާ ހިންގާ އެތައް ދިވެހިން މެރީވެސް ވެރިކަމުގެ ދަހިވެތިކަމުގައި

    59
    2
  3. އޭދަފުށީ މުހައްމަދު

    މޮޔަވެފައިހުރި މީހެއް.

    52
    2
  4. ޢަލީދީދި®

    ރޯމާދުވާލު ދޮގުހަދާ ވަކަރުގޭ ގިރިގިރި ކުޅޭ ކެނެރީ ގިރި. މީ މާލޭ ބޭކަލުންނޯ، ކަލޯމެންތީ ރަސްމީ މާލޭ ވަކަރުގޭ ކުދިން. ކާކަށް އުޅުވާލަން. ވަކަރުގޭ ގިރިގިރި ވާލާ

    51
    2
  5. އެޑަމް

    ޕާޓީގަ ގިނައީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހުނ.ް. ތިވޯޓު ނަގައިފިއްޔާ ގެއްލޭ ވޯޓު މާ ގިނަވާނެ.

    50
    1
  6. އަބްދޫ

    ކެރަފާސައްތާރަސް އަންގައިގެން މިކަލޭގެއަށް ނިޒާމް ކިޔަންޖެހިފައިވާ ހެން އެބަހީވޭ. ނިޒާމަކާއަލައިގަނެގެން ނުނެއްޓިގެން މިއުލެނީ.

    43
    1
  7. ހުސައިން803

    ތިއީ ސިޔާސީ ދެބޯގެރި ދުއްވުން. ތިކަން ނިމޭނީ އެއްވެސްތާކުން ތާކުނުޖެހި. ރައްޔިތުން ގުނބޯހައްދަން ނޫޅޭ. ރައީސްކަމަށް ކުރިމަތިލާނީ ސޯލިހް، އަންނި ހުރޭ ފަހަތުގައި ތާއިދުކޮށްލަން، ރައްޔިތުން އަންނި ތަޅާ އަގަނޔާ ނުވޭ..

    33
  8. މަރީ

    ތާއިދެއްނެތް ކަންއިތުރައް އެނގި ބޭޒާރުވާނީ ގިރި

    42
    1
  9. އިބްރާހިމް

    މީނާ މިހުރީ ފަތްބަންނަންވެފަ. ކުކުޅު ހާލިން ބިސްކޮޅުނެގީމާ ކުކުޅު އުޅޭހެން މިހިރަ އުޅެނީ.

    18
  10. ޙަދިސައިބު

    އެއްބަސްވީ 2023 ކާމިޔާބު ވުމާއެކު ނިޒާމު ބަދަލުކުރަން! މޮޔަވޭ، ﷲ އިރާދަ ކުރެއްވިއްޔާ ހަންދާންނައްތާލާ!

    16
  11. މުހައްމަދު

    ވެރިކަން ބޭނުންވިޔަސް ވެސް މިއީ ތަންކޮޅެއް ބޮޑުވަރު!!!!!!

    15
  12. އަހައްމަދޫ

    އިބޫއާއި ފައްޔަ ބުނީ ނުދެނަހުރީމޯ

    13
  13. Anonymous

    ނަޝީދަށް ވެރިކަން ހޯދަދޭން އިންގިރޭސިން އިންޑިޔާގައި އުފައްދާފައިވާ އިންޑިޔަން ކޮންޕެނީން ފަންޑުލިބޭ ، އިންޑިޔާގެ މިހާރު ގިނަ ޕުރަޖެޓް ހިންގަނީ ރާއްޖޭގައި މިބުނާ ކުންފުނިން !

  14. ވަގު

    ކަލޭ މޮޔަވީ

  15. ީއިބޫ

    މީ ބޮޑު މުސީބާތެއް ޖެހިފައޮތް. ކޮންމެވެސް އެހެން ވެރިކަމެއް ކުރަން އުޅެބަލަ.

  16. ޢަބްދުއްލަޠީފު

    ރައްޔިތުންވަނީ ބަސް އިއްވާފަ. ކަލޭ ހޭބަލިވެގެންތަ ތިއުޅެނީ ؟ ކިހާބޮޑު ބަލާއެއްތަ؟

  17. ރީ

    2023 ހަނދާން ނައްތާލާ ރީނދޫ ރިހަބައިގަނޑު...ޕަކަޕަކަޕައިސް!!!!