ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބޭރު ތޮށިލުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 110 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 41.1 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތީސޯލިހައްފަސް އަހަރުދުވަހު ކުރެވުނުކަމަކީ

    1
    1
  2. އަހިއަ

    މި ދާއިރާގެ ހުރިހާ ކަމެއް ކޮއްދެނީ ތިރަށަށް. އެހެން ރަށްރަށް އޮންނަކަންވެސް ނޭގެ. މަޖިލިސް ގޮޑީގައި އިންނަނީ ކެންދޫ ބޮޑާބެ ގޯތި ފޮނި ސޮރު އަގައިން ހުރިހާކަމެއް ހަމަޖައްސަނީ.