މޯލްޑިވްސް މޮޓޯރ ރޭސިންގ އެސޯސިއޭޝަންގެ ފަސް ވަނަ ދައުރުގެ ރައީސްއަކަށް އަލީ އައިމަން (ބެރާޑް) އިންތިހާބު ކޮށްފިއެވެ.

އައިމަން އަކީ 2008 ވަނަ އަހަރު އެ އެސޯސިއޭޝަން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކެެވެ. އޭނާ މި ދައުރުގެ ރައީސް އަކަށް އިންތިހާބުކޮށްފައި ވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބުގައެވެ. އެ އިންތިހާބުގައި އިތުރު މަގާމްތަަކަށްވެސް މީހުުން އިންތިހާބްކޮށްފައި ވެއެވެ.

އެގޮތުން ނައިބް ރައީސްގެ މަގާމަށް އިސްމާއިލް އަގްލީމް އިންތިހާބުކޮށްފައިވާއިރު، ހަޒާންދާރަކަށް އިންތިހާބުކޮށްފައި ވަނީ އަހްމަދު ޝަހީދެވެ. އަދި ސެކެރެޓަރީ ޖެނެރަލް އަކަަށް ހުސައިން ސިމަން ހަސަން އޭގެ އިތުރުން، މާކެޓިންގ މެނޭޖަރަކަށް އަދުހަމް ހަސަން ވަނީ ހަމަޖައްސާފައެވެ.

މިއީ ގިނަ ޒުވާނުން އެކުވެގެން އުފައްދާފައިވާ، އެންމެ ދުވަސްވީ ރޭސިންގ ޖަމިއްޔާއެވެ. އަދި މި ޖަމިއްޔާއިން ވަނީ ރޭސިންގގެ އެކި މުބާރާތްތައް ފާއިތުވެވިޔަ އަހަރުތަކުގައި ބާއްވާފައެވެ.

ރޭ މޯލްޑިވްސް މޮޓޯރ ރޭސިންގ އެސޯސިއޭޝަންގެ އައު ރައީސަކަށް އިންތިހާބްވި އަލީ އައިމަން "ވަގުތު"އަށް ވިދާޅުވީ އަލަށް އިންތިހާބްވި ބޯޑާއެކު ރައިޑަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ސަރުކާރާއި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ރޭސިންގެ ބައިވެރިންނަށް ރަނގަޅު މަގެއް ޙޯދުމަށް މަސައްކަތްކުރާނެކަމަށެވެ.

އައު ނައިބް ރައީސް އަގްލީމް ވިދާޅުވީ މިދައުރުގެ ބޯޑުން މަސައްކަތް ކުރާނީ މޮޓޯ ރޭސިންގއަކީ މުޖްތަމައުގައި އިހްތިރާމް ލިބިގެންވާ ކުޅިވަރަކަށް ހެދުމަށް ކަމަށެވެ. އަދި އިތުރު އެސޯސިއޭޝަންތައް އުފެދި ހަރަކާތްތެރިވަމުން އަންނައިރު އެ އެސޯސިއޭޝަންކީ ރާއްޖޭގެ ރޭސިންގެ ފެށުން ކަމަށާއި، އަހްލާގީ މިންގަނޑުން ބޭރުވެ ކަންތައްކުރުން އެއީ އެ އެސޯސިއޭޝަންގެ ރޫހު ނޫން ކަމަށާއި، ބޭނުންވަނީ ގުޅިގެން މިދާއިރާ ކުރިއަރުންވަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަމަސްތޭ

    ހަނދާންކުރާތި . . ހުޅުމާލެ އިންޑަސްޓްރިއަލްޒޯންގަ ރޭސްޖަހަން ނުހާދާދި . . މި ހާރުވެސް ނިދޭވަރެއްނޫން ދަންވަރަށް

  2. ފަރޭ

    މިއީ އާނުމުންނަށް ބޮޑު ނުރައްކަލެއް.. ހުޅުމާލޭގައި މަގުތަށް މިމީހުންބޭންވީމަ އަމިއްލަޔަށް ބަނދުކޮށް ރޭސް ޖަހަނީ..

    ކީއްވާނީ ފަޅުރަށެއްގައި އަމިއްލަޔަށް ޓްރެކްހަދައިގެން ދުވަން ދިޔައިއްޔާ.. ދައުލަތުން ނުޖެހޭ މިކަހަލަ ޕާރޓޭންތަ ހިތް އެދޭހާކަމަކަށް ޓެކްސް ފައިސާއިން ޚާރަދުކުރާކަށް..

    މިކަހލަ ކޮންމެ ބައިގަނޑެއް އެސޯސިއޭޝަނެއް ހަދާއިރަށް އެޖެހެނީ ޓެކްސް ފައިސާއިން މިމީހުން ގެ ހާޖައްތައް ފުދަން.. ވަރިހަމަ ލޯނުނަގައި ގައުމު ދަރިޔަސް

  3. ބީރުމީހާ

    ތިޔައީ މަކަރުން ފުރިފަހުރި ބައެއް ތަންތަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތިބިބައެއް

  4. ޭައަހު

    ތީ ޕާޓޭން ތަކެއް

  5. ނާގަ ހަރުފަ

    މިމީހުންގެ ކަންތައް ވަރަށް ބޮޑުވެއްޖެ. ހުކުރު ދުވަހު ވެސް ފޭސް 2 ގައި އުޅެވޭ ވަރެއްނޫން، މިމީސް މީހުންގެ އުދަގޫ ބޮޑު ކަމުން. އަޑު ގަދަ ކަމުން. ކޮބާތަ އެހެން މީހުންގެ ހައްގު ތައް. ކުޑަ ކުުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވާނެ އުނދަގޫ މިމީސް މީހުންނަށް ނޭގެނީތަ؟ ބޮޑު ބލއެއް.