ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމް "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ފެރީގައި ހއ. އުތީމުން އެ އަތޮޅު ދިއްދޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަޑައިގެންފިއެވެ.

މި ސަރުކާރުގެ ދަތުރުފަތުރުގެ އެންމެ ބޮޑު މަޝްރޫއު ފެށުން ފާހަގަކުރުމަށް މިރޭ ބާއްވާ ރަސްމިޔާތު ދިއްދޫގައި އޮންނާނެއެވެ. އޭގެ ކުރިން އާރުޓީއެލް ސްޕީޑް ލޯންޗް ފެރީގައި ރައީސް ކުރެއްވި މިދަތުރުފުޅަކީ ތާރީހީ ދަތުރުފުޅަކެވެ. ރައީސްގެ އަރިހުގައި ރައީސްގެ ތިލަދުންމައްޗަށް ވަޑައިގެން އުޅުއްވާ ސަރުކާރުގެ ވަޒީރުންގެ ވަފުދުވެސް ދަތުރުކުރެއްވީ މި ފެރީގައެވެ.

 

އާރްޓީއެލްގެ ހިދުމަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފެށީ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.

އަދި އާރުޓީއެލްގެ ނިޒާމް ފުޅާކުރުމަށްޓަކައި އިތުރު ލޯންޗްތައް އެ ހިދުމަތްދެމުންދާ އެމްޓީސީސީން ބަނުމަށް ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

އާރްޓީއެލްގެ އަތޮޅުތެރޭގެ ދަތުރުތަކުގެ އަގުތައް ހެޔޮކަން ސަރުކާރުން ފާހަގަކުރެ އެވެ. ދަތުރުގެ އަގުތައް އުޅެނީ ކޮޅަކަށް 35ރ. އާއި 100ރ. އާ ދެމެދުގައެވެ. ފަސޭހަކަމާއެކު ތިބެވޭ މި ފެރީތަކުގެ ދެކޮޅުގެ ދަތުރުތައް އުޅެނީ 65ރ. އާއި 225ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަގުތައް ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވެ އެވެ.

އާރުޓީއެލް ފެރީއާއެކު ބޮޑުތިލަދުންމަތީގެ 41 ރަށް ގުޅާލެވިފައިވާކަމަށް ވެސް ސަރުކާރުން ފާހަގަކުރެއެވެ. މި ނިޒާމްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށްވެސް އޭގެ ބޮޑު ފައިދާއެއްކުރާނެކަން ސަރުކާރުން ފާހަގަކުރެއެވެ.

ރައީސް މިއަދު ދިއްދު އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެގޮތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު މައްޗަށް ދިޔައެވެ. އެ އެންމެންނާ ސަލާމް ކުރެއްވުމަށް ރައީސް ވަނީ ބައިގަޑިއިރަށް ވުރެ ގިނަ އިރު ހޭދަ ކުރައްވައިފައެވެ.

ރައީސް މިދިޔަ ދެ ދުވަހު، ވަނީ ހދ. އަދި ހއ. ގެ ބައެއް ރަށް ރަށަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ހދ. ނައިވާދޫއަށެވެ. އޭގެ ފަހުގައި ހދ. ފިނޭ އަދި ހއ. އުތީމަށް ވަނީ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޑައެލޯގް

    2023 ކައިރިވީއެވެ. އަގަ ބަންދުވެފަހުރިމީހާ އަގަވެސްފަޅާނެއެވެ. ގިނަގިނައިން ރާއްޖެތެރެއަށްވެސް ދާނެއެވެ. އެންމެބޭނުމެކެވެ. ރައްޔިތުންގެ ބޯކާލުމެވެ. ޔާމީނު ލޯނު ދަންތުރައެއްގައި ޖައްސާފިޔޭކިޔައިގެން ޔާމީނުގެ 10 ގުނައިތުރަށް ލޯނުނަގައިފިއެވެ.

  2. ކިނބޫ

    ގައުމު މިއޮތީ ދަރަނީގެ ކަނޑަކަށް ފެތިފަ. ފެރީގައެންނު ދާންޖެހޭނީ

  3. ޔަގީނޭ

    މިސަރުކާރުން މިކުރާ އެއްވެސް ކަމަކީ އެއީ ފައިސާގެ ގޮތުން ދެކޮޅު ޖެހޭނެ ކަންކަމެއް ނޫނޭ ދެން ރަސްގެފާނަކު ރަށަކަށް ދާ އުސޫލުން ކޮންމެެހެން ސަރުކާރުން ފައިސާ ދީގެން ބޮޑެތި ޚަރަދުކޮށްގެން މިވަރު ކުރަން ޖެހޭތޭ ރައީސް އިބޫ ވެސް ކުޑަވެސް ލަދު ހަޔާތުގެ ކަންފުޅެއް ހުރި ނަމަ މިވަރުގެ ބޮޑެތި ޚަރަދު ގައުމުގެ އިގްތިސާދު ފުނޑިފައި އޮތް ދަނޑިވަޅެއްގައި ނުކުރާނެ ނޫންތޭ ރައީސް އިބޫ އަކީ އެއީ އެއްގޮތަކަށް ވެސް މިގައުމު ދެކެ ލޯބިވާ ވަތަނީ މީހެއް ނޫނޭ އެއީ ޔަގީން ކަމެކޭ

  4. Anonymous

    ތިރައީސާއި ބޮޑަށް ގުޅެނީ މަސްދޯންޏެ!!! ދައުލަތުގެ ހަޒާނާ ބަހައި ކައިހުސްކޮށްފި!

  5. ނުވާނެއޭ

    އާރުޓީއެލް ފެރީ ދަތުރު ފުރަތަމަ ވެސް ފަށަންވީ މާލެ އާއި ވިލިގިލިއާއި އަދި މާލެ އާއި ތިލަފުއްޓާއި ދެމެދު ނޫންތޭ މީނޫންތޭ އެންމެ ގިނަ ޕަސިންޖަރުން ދަތުރު ކުރާ ރޫޓަކީ މިކަން ކުރުމުގެ ބަދަލުގައި ހަކެނަ ދަތުރު ކުރާ ރޫޓް ތަކުގައި ތިޔާ ކަން ކޮށްގެން އެމްޓީސީސީ އަށް ފައިސާގެ ގޮތުން ވަރަށް ބޮޑު އަދަދެއް ދާނީ ގެއްލެމުންނޭ މިހާރުވެސް ތިޔާ އާރުޓީއެލް ފެރީ ފެށި ދުވަހުން ފެށިގެން މިއަދާއި ހަމައަށް 100 މިލިއަން ރުފިޔާ ގެއްލުން ނުވެއްޖެނަމަ މަމެން ލޮނު ލައިގެން ބަތެއް ނުކާނަމޭ

  6. ހަނި

    ސަރުކާރުންބޮޑްބަޖެޓެއްކާލާގެންކަމެތްކުރެވެފާތިޔޮތީ

  7. Anonymous

    ފެރީ ދެން އަރުމާޒު ލޯންޗަށް ބަދަލްވީ ނުންތޯ !

  8. ސާބަހޭގަމާރާ

    ސާބަހޭ ރައީސް އިބޫ ދަރަނި ބޮޑު ކުރޭ ޚަރަދު ބޮޑު ކުރޭ ގައުމާއި މެދު އަޅާނުލާ އަމިއްލަ އެދުން އިސްކުރޭ ގައުމު ފަހަތަށް ފަހަތަށް ފަހަތަށް ބާރަށް ފަހަތަށް ސާބަހޭ ރައީސް އިބޫ ދަރަނި ބޮޑު ކުރޭ ޚަރަދު ބޮޑު ކުރޭ ގައުމާއި މެދު އަޅާނުލާ އަމިއްލަ އެދުން އިސްކުރޭ ގައުމު ފަހަތަށް ފަހަތަށް ފަހަތަށް ބާރަށް ފަހަތަށް ސާބަހޭ ރައީސް އިބޫ ދަރަނި ބޮޑު ކުރޭ ޚަރަދު ބޮޑު ކުރޭ ގައުމާއި މެދު އަޅާނުލާ އަމިއްލަ އެދުން އިސްކުރޭ ގައުމު ފަހަތަށް ފަހަތަށް ފަހަތަށް

  9. ސޯލޭ

    މިކަލޭގެ ކުރާ ވައްކަންތަކަކީވެސް ވަރައް ތާރީހީ ވައްކަންތަކެއް ދެއްތޯ

  10. އަނެދަރޕެއިޑްވަން

    ވަޓްސް ޔުއަރ ޕޮއިންޓް.

  11. ވެ؛ާ

    ތީ އިބުރާހިަމަށް 5 އަހަރުން ކުރެވުރުހާވެސް ކަމަކީ

  12. މުހައްމަދު އަންޖުމް

    ހޫން ތިޔޮތީ އާކުކުޅަކަށް ގާބިހެއް އެޅިފަ ތިވާހަކަ ޖެހޭނެ ރާކަނިޓީވީގެ ބޮޑުސުރުޚީގަ ގެންނަން އަދި ދުނިޔޭގެ ރިކޯޑް ފޮތަށްވެސް އަރުވާތި އޭރުން ޒަމާނަށް ފެންނަން އޮންނާނީ

  13. މަބޭ

    އަތޮޅުތެރޭ ދަތުރުފަތުރުގެނިޒާމް ގާއިމްކުރާގޮތައް ރިޒޯޓްހަދަން ރައްތައްލިބުނު މީހުނައް ހުރިހާމޮޅެއް.

  14. ބަރުގޮނު

    ތިޔަ ދަތުރު ތާރީޚް ގެ ތެރެޔަށް ވަދެގެންދޭ. މީގެ އިތުރަށް ތިޔަ ދަތުރަކީ ޢާންމުންވެސް ބައިވެރިވި ހަމަ އައިދާގެ ޝެޑިއުލް ގެ ދަތުރަކަށް ވީނަމަ ތާރީޚީގޮތުން ދަތުރު މާބޮޑަށް ފާހަގަކޮށްލެވޭނެ. ޚަބަރު ކިޔާލުމުން ދޭހަވަނީ ، ދަތުރަކީ ރައީސަށާ މިނިސްޓަރުންނަށް ޚާއްޞަ ކުރެވިގެން ކުރެވުނު އައިދާގެ ޝެޑިއުލްގައި ނުހިމެނޭ ޚާއްޞަ ދަތުރެއްކަން. އުޅަދުގެ ކެޕްޓަނާ ފަޅުވެރިން އަޅާފައި ތިބި ހެދުމުންވެސް ދަތުރުގެ ޚާއްޞަކަން އެގޭ.

  15. ޔާމިން

    ބޯގޯސް ކީއްކުރާނީ

  16. Anonymous

    ކޮންމެ ދުވަހަކީވެސް ތާރީޙީ ދުވަހެއް