ހުޅުމާލޭގައި ހެވީ ވެހިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅު މަގާއި ރަމަސް ގަސް ގުޅުނު ކަންމަތީގައެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ ހައިމާކެއް އަރުވައިގެން ދަތުރު ކުރަމުންދިޔަ ހެވީ ވެހިކަލެއް ހުދު ކުލައިގެ ކާރެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ތަނެެވެ. އެ ފޮޓޯއިން ދެން ފެންނަނީ އެ ސަރަހައްދުގައި ބަޔަކު ވާހަކަ ދައްކަން ތިބޭ ތަނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި ހެވީ ވެހިކަލްއަކާއި، ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭތީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނީ6969

    sorry to say this but,its not a heavy vehicle its a LONG vehicle,and the long vehicle is caring a EXCAVATOR its not a crane.