"ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ފެރީގެ ހިދުމަތް ބޮޑުތިލަދުންމަތީގައި ރަސްމީކޮށް މިރޭ އިފްތިތާހުކޮށްފި އެވެ.

އާރުޓީއެލް ފެރީގެ ބޮޑު ތިލަދުންމަތީގައި އިފްތިތާހުކޮށްދެއްވީ އެކަމަށް ޓަކައި މިރޭ ދިއްދޫގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އާރުޓީއެލް ފެރީ ނިޒާމް އިފްތިތާހް ކޮށްދެއްވުމަށްފަހު ރައީސް ވިދާޅުވީ އާރުޓީއެލްގެ ފެރީގެ ނިޒާމަކީ ބޮޑު ތިލަދުންމައްޗަށްވެސް އަންނަ އެންމެ ބޮޑު ބަދަލުކަމަށެވެ. މި ފެރީގެ ނިޒާމަކީ މީގެ ކުރިން ލިބިދާނެ ކަމަށް އުއްމީދުކުރި ފަސޭހައެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ބޮޑުތިލަންމައްޗަކީ ވިޔަފާރީގައި ފާހަގަކޮށްލެވޭ ސަރަހައްދެއް ކަމަށާއި އެކަން އަލުން އަނބުރާ އަންނަން ޖެހޭ ކަމަށާއި އެކަމުގެ ފެށުމަކީ އާރުޓީއެލް ފެރީކަމަށް ރައީސް ވިދާޅުވި އެވެ.

މުޅި ހުވަދޫ އެއްކޮން އާރުޓީއެލްގައި ގުޅާލުމާއި ފުވައްމުލަކާއި އައްޑޫވެސް ގުޅާލެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެހެންމެ އާރުޓީއެލްގެ ފެރީ ނިޒާމް ކުރިއަށް ގެންދިއުމަށްޓަކައި އިތުރުން 65 ސްޕީޑް ލޯންޗް ބަނުމަށް މިހާރުވެސް ވަނީ ހަވާލުކޮށްފައިކަމަށް ރައީސް ވިދާޅުވި އެވެ.

އާރުޓީއެލް ފެރިހެ ހިދުމަތް ހދގައި ޖޫން މަހު އަދި ހއ.ގައި ޖުލައި މަހު ރަސްމީކޮށް ވަނީ ފަށާފަ އެވެ. ބޮޑުތިލަދުންމަތީ ދެ އަތޮޅު ކަމަށްވާ ހއ،ހދގައި އާރުޓީއެލް ފެރީ ހިދުމަތް ފަށާފައިވާއިރު މިއީ ސަރުކާރުން ހިންގާ ދަތުރުފަތުރު ނިޒާމްގެ އެންމެ ބޮޑު މަޝްރޫއެވެ. ސްޕީޑް ލޯންޗުތަކުގައި ފެރީ ދަތުރުތައް ފެށި މި ނިޒާމާއެކު އަގު ހެޔޮކޮށް ދަތުރުތައް ކުރެވޭނެ ކަން ސަރުކާރުން ފާހަގަކުރެވެ އެވެ.

މިއަދު އިވެންޓްގައި ބައިވެރިވެވަޑައިގަތުމަށް ހއ، އުތީމުގައި ހުންނެވުމެވުމަށްފަހު ރައީސް ސޯލިހް ދިއްދޫއަށް ވަޑައިގެންނެވީ އާރުޓީއެލް ފެރީގަ އެވެ.

އާރުޓީއެލްގެ ފެރީ ނިޒާމްގެ ފުރަތަމަ ފިހަވަހީގައި ފެށީ ބޮޑުތިލަދުންމައްޗާއި ށ.އަތޮޅުގަ އެވެ. މި ނިޒާމް ހިންގުމަށްޓަކައި ބޮޑުތިލަދުންމަތީގެ އެކި ރަށްތަކުގައި މިހާރު ވަނީ ފެރީ ޓާމިލްނަލްތައް އަޅާފަ އެވެ. އާރުޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގޭނެ ގޮތްވަނީ ހަމަޖައްސާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    އަނެއްކާ އަނެއްދޮގެއް ހަދާލީ ބަލަގަ ތިޔަބުނާ ގުޅުމެއް މާކުރީޒަމާނުއްސުރެން ވަނީގުޅިލާމެހިފަކަމެއް ނުދެނެހުރީ ތަ މިއަދު ކުއްލިޔަކަށް ތިތަނައްނިޒާމް ލައިގެން ގުޅު ވަން ތިޔަޑްރާމާނުކުނަކަސް ރައްތައްހުރީ ގުޅިފަ އެކަމަ ކަށް ބަދަލެއްނާންނާނެ މޮޅުވާހަކަދައްކާކަށް ވަގުންނަށް ވައްކަން ކުރާނެ މަގެްް ކޮށާދިންވާހަކަ ބުނެބަލަ އޭރުން ކަމެއްކުރިކަމަށްވީނު

  2. ޖަޒުބާތް

    އައްދެ މާރިޔާ ހާދަ ފައްކާ ޓްރެކްސޫޓެއް ލައިގެން!!

  3. 1103

    ހުވަދު އަތޮޅައް އޮތީ ކޮންއިރަކުތޯ ބަލާލަދީ؟؟؟