އޮންލައިންކޮށް އީ-ކޮމާސް ވެބްސައިޓެއް މެދުވެރިކޮށް ލެޕްޓޮޕްއަކަށް އޯޑަރު ކުރި މީހަކަށް ބަދަލުގައި "ޑިޓާޖެންޓް ބާ"ތަކެއް ލިބިއްޖެއެެވެ.

އިންޑިއާގެ އަހުމަދުއާބާދުގައި ކިޔަވަމުން އަންނަ ޔަޝަސްވީ ޝަރްމާ ލިންކްޑްއިން ޕޯސްޓެއްގައި ވަނީ މި ހާދިސާ ހިނގާދިޔަ ގޮޔް ކިޔާދީފައެވެ. އޭނާ ބުނީ ފްލިޕްކާޓްގެ ބިގް ބިލިއަން ޑޭސް ސޭލް ކުރިއަށް ދިޔައިރު އޭނާ ލެޕްޓޮޕަށް އޯޑަރު ކުރި ކަަމަށެވެ. އަދި އެ ޕެކޭޖް ހުޅުވުމަށްފަހު ބެލިއިރު، އޭގެ ތެރޭގައި ހުރީ ޕެކެޓް ޑިޓާޖަންޓް ބާ ތަކެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ޝަރްމާ އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މި ޕެކޭޖް ލިބުނީ ފްލިޕްކާޓްގެ "އޯޕަން ބޮކްސް" ޑެލިވަރީ ކޮންސެޕްޓާ ބެހޭ ގޮތުން ނޭނގޭ އޭނާގެ ބައްޕަ އަށް ކަމަށެވެ.

ފްލިޕްކާޓް ގައިވާ ގޮތުން އޯޕަން ބޮކްސް ޑެލިވަރީއެއްގެ ޕެކޭޖް ހުޅުވާނީ ޑެލިވަރީ ކުރާ މީހާގެ ހާޒިރުގައެވެ. އެއީ ޑެލިވަރީކޮށްދިނީ ރަނގަޅު އައިޓަމްތޯ ބެލުމަށެވެ. މިއީ، ގަންނަ މީހާ މަކަރާއި ހީލަތުގެ ޝިކާރައަކަށް ނުވެއްޓޭނެކަމުގެ ޔަގީންކަން ދޭ ކަމެއް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު