އަރަބިއްޔާ ސްކޫލް އާއި ޖަމާލުއްދީނގް ސްކޫލްގެ އާ އިމާރާތެއް އެޅުމަށް އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި އެވެ. އެ ދެ އިމާރާތް އަޅަނީ ބާ ޖަމާލުއްދީން ބިމުގައެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު އަލީ އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ އިންރާހިމް ނިހާދެވެ.

އެ އެއްބަސްވުމުގެ ދަށުން އަރަބިއްޔާ ސްކޫލްގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި ހަތަރު ލިފްޓް ބެހެއްޓުމުގެ މަސައްކަތް އަމީންއިން ކުރާނެ އެވެ.

އަދި ޖަމާލުއްދީން ސްކޫލްގެ 34 ކްލާސް ރޫމާއި ދެ ލިފްޓް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެ ސްކޫލުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމާނެ ކަމަށެވެ. އަދި 2024 ގެ ޖެނުއަރީގައި އެ އިމާރާތްތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވިއެވެ.

މި ދެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން އަމީން އާއި ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ 168 މިލިއަން ރުދިޔާގެ މަޝްރޫއެކެވެ.

އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް މާ ޖަމާލުއްދީން ތަޅާލަން ފަށައިފި

އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީންގެ ބިމުގައި އަޅަން ނިންމީ ކުރިން އަރަބިއްޔާ ހިންގަމުން އައި އިމާރާތުގެ ތަނބުގައި ރެނދުލައި އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ކަނޑައެޅުމުންނެވެ.

އޭގެ ފަހުން އަރަބިއްޔާ މިހާރު ހިންގަމުން ދަނީ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޯގޯ ހަމީދު

    އަމީން ކޮން އިން އަޅާ އިމާރާތް ކޮންކްރީޓް ފެންވަރު ބެލުމަށް ޕީޓީއޭ އިން މެންބަރުން ތިބެން ޖެހޭނެ. އަމީން އަކީ ކޮލިޓީއަށް ބޮޑެތި ޚިޔާނަތް އިމާރަތް ކުރުމުގައި ހަދާ ބަޔެއް. ވެލާނާގެ ހަދާ ނިމިގެން ވެއްޓުނީ ސީލިން. ހަނދާން އެބަހުރިތަ. ކިތައް ސްކޫލް މައްސަލަ ދިމާވި. ރަނގަޅަށް ބަލަން ވާނެ

  2. މެސްބެ

    ސުރުޚީ ކިޔާލީމާ މަށަށްހީވީ ޖަމާލުއްދީން ސްކޫލްގެ އާ ޢިމާރާތް އަޅަން ޢަރަބިއްްޔާ އާއި ހަވާލުކުރީކަމަށް.