ރ. އަތޮޅު ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ރަސްމާދޫ ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި އެ މަސައްކަތަށް 180 ދުވަސް ދީފައި ވެއެވެ. އެ މަޝްރޫއަށް 68.11 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުފެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެމްޓީސީސީއިން ވަނީ ގިނަ ރަށްތަކެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު