ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއާ ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ތައުރީފުކުރައްވާ ވާހަކަފުޅުދައްކަވައިފިއެވެ.

އެމަނިކުފާނު ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ތައުރީފުކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރައްވާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވާފައެވެ.

މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ސޯލިހް އާއި ބަހްރައިންގެ ރަސްގެފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދެ ގައުމުގެ ގުޅުން އާ މަރުހަލާއަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަމާއި އަދި، މި ދަތުރުފުޅަކީ އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔަ ކާމިޔާބު ދަތުރުފުޅެއްކަން ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިފާ

    މިވަގުތު ދުނިޔެ ތިންވަނަ ބޮޑުހަނގުރާމައެއް ފެށިދާނެކަމުގެ ހަގީގީ ބިރު ތަހައްމަލް ކުރަމުންދާއިރު މިވެރިންނައް އެނގުނީ ޒުވާނުންނާއި މޫސުމީ ކަންކަމުގެ އެއްބަސްވުންހަދަން ރައްޔިތުންގެ ފައިސާ އިސްރާފުކޮއްފައި ދަތުރުކުރަންތަ.

  2. މުހައްމަދު އަންޖުމް

    ދެންބުނޭ ތިމަންނަގެ ވެރިކަމުގަ ކުރިމަސައްކަތުންނޭ މިހެން މަހުލޫފު އެންމެބާރަށްގޮވާނީ އެއީ މަގާމުގަ އަދިވެސްރީލޯޑެއް ކޮށްލުމަށްޓަކައި މިބުރާންތިންނަކަށް ނޭގޭ މިމީހުން ކުރިހާވެސްކަމަކީ ދަރަންޏަށް ފައިސާ ނަގައިގެންކެވުނުކަމެއް ކުރިމަސައްކަތެއް ކުރީ ކުރީގެ ސަރުކާރުތަކުން މިމީހުން ކުރިކަމަކީ ރާއްޖެޔަށް އަންނަ ގެސްޓުން ބިރުގަންނަވައި ޓުއަރިޒަމް ސެކްޓަރ ފުނޑާލުން އެކަނި އެހެންމީހުން ރެޔާދުވާލު ކުރިބުރަ މަސައްކަތުގެ ފޮނިކަން ސަޅިކަން މިއަދުމިހުރީ ފެންނަން ދެންވެސް ވަގަށްނަގާނީ ކުރެޑިކޮޅު އެނޫން އެއްކަމެއްވެސް ނުކުރެވޭނެ ނޭންގޭނެ ކުރާކަށްވެސް އެހާ ގާބިލްކަމެއްނެތްވިއްޔަ