ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިޔާގެ ޖީއެމްއާރު ކުންފުނީގެ ކިބައިން ނަގަން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްވެސް ބޭނުންނުވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޖީމްއާރަށް ރާއްޖޭގެ މައި އެއާޕޯޓް ކުއްޔަށް ދިނުމަށް ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ކުރި މަސައްކަތާއި ދެކޮޅަށް އޭރުގެ އިދިކޮޅު ލީޑަރުން މަސައްކަތްކުރި ނަމަވެސް ފަހުން އެ ބޭފުޅުން ހިޔާލު ބަދަލުވިކަމަށެވެ.

ޖީއެމްއާރުން އެއާޕޯޓް ހިންގަން ދީފައިވާ އެއްބަސްވުން ބާތިލްކުރަން ބައެެއް ސިޔާސީ ލީޑަރުން ދެކޮޅު ހެއްދެވީ ނަޝީދުގެ ވެރިކަން ނިމުމަށްފަހު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ޖީމްއާރާ ދެކޮޅަށް ނަޝީދުވެރިކަމުގައި މަސައްކަތްކުރެއްވި ސިޔާސީ އިސް ބޭފުޅުންގެ ތެރެއިން ޑރ.ވަހީދުވެރިކަމަށް އައުމަށްފަހު ހިޔާލުބަދަލުނުވެ ހުންނެވީ އެމަނިކުފާނާ ޑރ.ހަސަން ސައީދު އެކަންޏެވެ. އެހެން ވިދާޅުވެ ޖީއެމްއާރުގެ އެއްބަސްވުނާ ގުޅޭ ގޮތުން ޑރ.ވަހީދުވެރިކަމުގައި ސިޔާސީ ލީޑަރުންނާއިއެކު މަޝްވަރާކުރަން ސަރުކާރުން ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ބައެއް ވާހަކަފުޅުތައް ހާމަކުރެއްވިއެވެ.

"ގާސިމް ސީދާ ވިދާޅުވި ގައުމު ހިންގަން ހުންނަ މީހަކަށޭ އެންމެ ރަނގަޅުގޮތް އެނގޭނީ ކަންތައްތައް ވާނެ ގޮތް، އަދި ތީގަ ބޭރުގެ ގައުމަކާ އޮންނަ ގުޅުމަކާ އޮންނަ ގުޅުމަކަށް ވާނެ ގޮތަކާ އެއްޗެހި. އެހެންވީމަ ތިމަންނަ ރައީސް ނިންމަވާ ގޮތަކަށް ނިންމަވާނެއޭ. ތަސްމީނު ވިދާޅުވި ވާހަކަފުޅަކީ ދިވެހި ރާއްޖެ އަބަސްވެސް ތަރައްގީ ކުރެވޭނީ ބޭރުގެ އިންވެސްޓަރުން ގެނެސްގެންނޭ، ތިވަރުގެ އިންވެސްޓްމަންޓެއް ހުއްޓާލައިފި ކަމަށްވަންޏާއި ދެން މިތަނަށް އިންވެސްޓްމެންޓެއް ނާންނާނެއޭ. އެހެންވީމަ ތިމަންނަ ތާއީދުކުރަނީ ޖީއެމްއާރާއެކު ކުރިއަށްދާށޭ. ދިވެހި ސަރުކާރުގެ ފަރާތުން މިކަން ވިސްނަދޭން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް، އެމްއެންޕީ." ޔާމީން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ބައެއް ޖަލްސާތަކުގައި ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވަމުން ޔާމީން ވަނީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުގެ މަޝްވަރާތަކުގައި ކަންވީގޮތް ވިދާޅުވެ ދެއްވާފައެވެ.

"އިމްރާންވެސް ވިދާޅުވާ ކަމަށް އަޅުގަނޑަށް އަޑުއިވޭ ތިމަންނަ އެ ޖަލްސާގައި ޖީއެމްއާރަށް އެއާޕޯޓްދިނުމާ ދެކޮޅު ހެއްދެވީމޭ، އެ ރަނގަޅުވާހަކައެއް ނޫން. އަަޅުގަނޑުމެން ހުރިހާ މަސައްކަތެއް ނިމި ޖަލްސާ ރޫޅާލާ، ޖީއެމްއާރާ އެކު އެގްރީމެންޓް ކޮށްގެން ތިބެން ބޭނުންނުވާ ނޫން ކަމަށް ދަންނަވާފައި އަޅުގަނޑު ދެންނެވިން މިހިސާބުން ބޭނުންވަނީ ޖަލްސާ ދޫކޮށްފައި ދާށޭ. އެ ހިސާބުން އިމްރާން ވަޑައިގެން ޖަލްސާއާ ގުޅިވަޑައިގެންނެވީވެސް. އޭރު ޖަލްސާ ހިނގާތާ ވިއްސަކަށް ފަންސަވީހަށް މިނެޓް ވެއްޖެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަމަށްފަހު ޑރ.ވަހީދުގެ ސަރުކާރުގައިވެސް ޕީޕީއެމްގެ ފަރާތުން ދެ ފަހަރެއްގެ މަތިން ވާނީ ޖީއެމްއާރުން އެއާޕޯޓު ނަގަން ޖެހޭ ކަމަށް ސަރުކާރަށް ދެންނެވި ކަމަށެވެ.

ވެލާނާ އެއާޕޯޓްގައި ފްލައިޓްތަކެއް ޕާކްކޮށްފައި - ފޮޓޯ: އަޓޮޅޭ
ވެލާނާ އެއާޕޯޓްގައި ފްލައިޓްތަކެއް ޕާކްކޮށްފައި - ފޮޓޯ: އަޓޮޅޭ

 

ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ހަރުމުދާ ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ނަޝީދުގެ ވެރިކަމުގައި ރައްޔިތުން މަޖިލީހުން ބިލު ފާސްކުރިއިރު ސިޔާސީ ލީޑަރުން ވެސް ޖީއެމްއާރުއަތުން އެއާޕޯޓް އަތުލަން އެއްބަސްކަމަށެވެ. އަދި އެހެންމެ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާއި ގާސިމް އިބްރާހިމާއި ސިޔާސީ ބައެއް އެހެން ބޭފުޅުން ހައްޔަރުކުރީ ޖީއެމްއާރާ ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ބައެއް ބޭފުޅުން ވިދާޅުވޭ އޭރުވެސް ތިމަންނަމެން ދެކޮޅޭ. އެކަމު އެ ވިދާޅުވަނީ މި ޖީއެމްއާރު އެގްރީމެންޓް ނުވަތަ ހަރުމުދާ ވިއްކާލަން ގާނޫނަށް އިސްލާހް ގެނައިއިރު އަޅުގަނޑުމެން އެންމެން ތިބީ އެއް އޮޑިއެއްގައި. ގާސިމްވެސް އަޅުގަނޑުވެސް، ހަސަން ސައީދުވެސް، ތަސްމީނުވެސް. އަޅުގަނޑުމެން އެންމެން ތިބީ އެއްް އޮޑިއެއްގައި. އެކަމު ރައީސް ވަހީދު އަޅުގަނޑުމެންގެ މަޝްވަރާއަށް އެއްކުރެއްވިއިރު ހިޔާލު މުޅިން ތަފާތުވެއްޖެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންޑިޔާއާ ދެކޮޅަށް އެދުވަހުވެސް މިއަދުވެސް މަސައްކަތްކުރަނީ ޕީޕީއެމްކަމަށާއި އެ ދުވަހުވެސް މިއަދުވެސް އެއްކޮޅުގައި ތިބީ އެއްބައެއް ކަމަށެވެ. ޕީޕީއެމްއަށް މިއަދުވެސް ވިސްނެނީ އެދުވަހުވެސް ވިސްނި ގޮތައް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

"މިއަދުވެސް އެ ހަނގުރާމަ މި ލީޑުކުރަނީ އަޅުގަނޑުމެން، އަޅުގަނޑުމެނަށް އޭޜުވެސް ވިސްނޭ އެއްޗެއްް މިހާރުވެސް މި ވިސްނެނީ. އެއާޕޯޓް އިންޑިޔާ މީހުންގެ އަތުގައި އޮވެއްޖެކަމަށްވަންޏާއި ދިވެހި ރާއްޖޭގެ އިގުތިސާދު ފުނޑިގެންދާނެކަން. އިގުތިސާދު ހަލާކުވެގެންދާނެކަން. އަޅުގަނޑުމެނަށް ހާރިޖީ މިނިވަންކަމެއް ނޯންނާނެކަން،" ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މީހާ

    ދިވެހި ދައުލަތުން ގެއްލުމުގެ ބަދަލު ގެ ގޮތުގައި ކިތަންމެ ބައިވަރު ފައިސާއެއް ދޭންޖެހުނަސް ޕީޕީއެމް ފިކުރަށް އޯކޭ.... އުފެދުމުގަވެސް ބާތިލް އެޤްރީމެންޓް އެކޭބުނެ ކަރުން ނާރުނަގާފަ ޖީ.އެމް.އާރް. ބޭރުކުރީމަ ބާތިލް އެޤްރީމެންޓް އަކަށް ކީއްވެ އެމީހުނަށް ގެއްލުމުގެ ބަދަލު ދޭން ޖެހުނީ. އެއީ ބާތިލް އެޤްރީމެންޓްއެއް ނޫންވީމަ ކަންނޭގެ އެހެން ވާންވީ..

    5
    14
  2. ޙަހަހަހަހަހ

    ރ.ޔާމީންގެ ވާހަކައިން ދޭހަވާއި މާނައަކީ އޭރުވެސް އ.ޤާސިމްއަކީ ގައުމަށް ވަފާތެރިއެއްކަން. ރަޢީސް ނިންމަވާ ގޮތަކަށް ސަޕޯޓްކުރާނެކަން. ޔާމީން މިހާރު ތިވިއްކަން އުޅޭ އެއްޗެހި ގަބޫލުކުރާނެ ގިނަބަޔަކު ނޫޅޭ. ސިޔާސީ މައިދާނުން ރިޓަރޔާކުރައްވާ އަވަހަށް.

    6
    22
  3. Anonymous

    ތީ ހަގީގަތްކަން އަހަރެމެން ގަބޫލުކުރަން. އެކަމަކު މިއުޅޭ ބައެއްމީހުން ނުކުރާނެ ގަބޫލެއް ގަމާރުކަމުން އަދި ޖާހިލުކަމުން.

    30
    6
  4. Anonymous

    ތީ ގަޓު ރައީސެއް ތި އިމުރާނަކީ ތީ ގުނުމުގަލާންވެސް ހެޔޮވާވަރުމީހެއްނޫން ތީނަ ޖަލަށްލާންވެސް ކެރުނު ވެރިޔަކީ މަނިކުފާނު ދެން މިތިބަ ރައީސް ނަޝީދުމެނައް ވާކަމެއް ނެތް

    21
    2
  5. ޚަރަޕް

    ގައުމައް ހެޔޮއެދޭނަމަ އަދުލުވެރިވާނެ.
    ޢަދުލުވެރިކަމާއި އެކު ވެރިކަން ނުކުރެވޭނަނަ އިންޑިއާގެ ދަށުގަ ތިބުމެކޭ ހަމަ އެއްވަރެއް

    14
    6
  6. ޢަހަންމާ

    ޢަހަރެން ޔާމީން ތިކުރާ މަސައްކަތުގައި ބަރަކާތް ލައްވަން އެދި ﷲ ހަޒުރަތުގައި ދުވާކުރަން.

    27
    5
  7. އައުޓް

    އިންޑިއާ އައުޓް ހިންނަވަރޭ ދަ ބަތާހަރާމީ ހަރާމްކޯރު އައުޓް ގާސިމް ލުއްޗާ އައުޓް ތަސްމީން ބޮޑު ވަގު އައުޓް ޖީވަނޭ އައުޓް އިންޑިއާ އައުޓް ހިންނަވަރޭ ދަ ބަތާހަރާމީ ހަރާމްކޯރު އައުޓް ގާސިމް ލުއްޗާ އައުޓް ތަސްމީން ބޮޑު ވަގު އައުޓް ޖީވަނޭ އައުޓް އިންޑިއާ އައުޓް ހިންނަވަރޭ ދަ ބަތާހަރާމީ ހަރާމްކޯރު އައުޓް ގާސިމް ލުއްޗާ އައުޓް ތަސްމީން ބޮޑު ވަގު އައުޓް ޖީވަނޭ އައުޓް

    14
    3
  8. އައުޓް

    އިންޑިއާ އައުޓް ހިންނަވަރޭ ދަ ބަތާހަރާމީ ހަރާމްކޯރު އައުޓް ގާސިމް ލުއްޗާ އައުޓް

    13
    4
  9. ބޮކި

    ކީއްވެގެން ތޯ އިންޑިޔާ ސިފައިން ޔާމީންވެރިކަމުގަ ނުބޭލުނީ އަދި ކީއްވެގެން ތޯ އެމީހުން ބޭތިއްބީ ؟؟؟؟؟؟؟؟؟؟

    8
    19
  10. ޑައެލޯގް

    ޖީއެމްއާރު ބޭރުކުރުމުގެ ކްރެޑިޓް ލިބެނީ ޔާމީނަށާއި ޑރ. ވަހީދަށާއި ޕީޕީއެމަށެވެ، އެއާޕޯޓް ތަރައްގީކުރުމުގެ ކްރެޑީޓްލިބެނީ ޔާމީނަށެވެ.

    23
    7
  11. ފަހަރި

    އެހެރީ ކަލޭ ހަދާދޮގު..

    4
    8
  12. ޓިނު

    ދޮގުތަށްހަނދަންފެށީ ހެޔޮނުވާނެ ކަލޭ އަނގަ މަޑުންލައިގެން ހުރެބަލަ ކަލޭ ތިދައްކާވާހަކަ އަޑުއަހާނެ މީހަކު މިހާރަކު މިގައުމުގައި ނޫޅޭނެ.

    6
    5
    • ހެހެހެހެެ

      އުޅޭ
      އަޑު އަހާނަން
      އަޑު އިވޭ
      އަޑު އަހަމުން މިގެންދަނީ
      ކާލޭވެސް ތިއަހަނީ
      އަޑު އަހާނެ
      އަޑުއިވޭނެ
      އަޑު އަހާފަ ތި ހުރިހާ ބަނދިވަރެއް ތި އަމުނަނީ
      ވަރަށް ސަލާން

      2
      1
  13. އަދުރޭ

    ޔާމީން ކަލޭތީ ހާދަ ބަޙީލު މީހެކޭ ތި ވާހަކަ ތިދެއްކީ ދިމާ އިދިކޮޅައް ކަލޭ އެތާ ދެއްކި ވާހަކަ މިހާރު ތިޖަހަނީ އަނެއް 3 މީހުންގެ ބޮލައް އިންތިހާބު ކައިރިވާތީ އުތަ!!!!

    7
    6
    • ވަގެކޭ

      ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ

  14. ފަރު

    ހުރިހާ ކަމެއް ލޮލަށް ފެނި އެގޭއިރުލެސް ބައެއްމީހުން ބޭނުންވަނީ ކޮންމެވެސް ގޮތަކުން މީހުންނާ ފޮށި ހަޖޫ ޖަހަން. ރާއްޖޭގެ ފުރަތަމަ އެއަރޕޯރޓް އަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ލޯބޯފިއްސައިގެން ބުރަމަސައްކަތާޢި ޤައުމީރޫޙާއި އެކު ހަދާފައިވާ އެއަޕޯރޓް އެއް. އަޅުގަޑުގެދުޢާއަކީ އެބުރަ މަސައްކަތުގައި އުޅުއްވި ދުނިޔަޭގަތިއްބެވިބޭފުޅުންނަށް ފުރިހަމަ ސިއްހަތެއްދެއްވާ ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތްﷲ މިންވަރުކުރެއްވުން.... އާމީން.... ދިވެހިވަންތަ ޤައުމީލޯތްބެއްގެ ކުނޑިފަށެއް ހިތުގައިވާ އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެ ދިވެހިންގެ މައިދޮރޯއްޓަކީ ބޭރުބައެއްގެ އަތްމަތީގަ އޮންނަތަނަކަށް ވާކަށެއް. "ދިވެހިންގެއެއަރޕޯރޓްދިވެހިންނަށް' މިބުރަމަސައްކަތު ގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްބުނެލަން އޮތީ "ޝުކްރިއްޔާ" ތިއީ "ދިވެހިންގެލޭހިނގާ ދިވެހިދަރިން" ތަކެއްކަން ޤަބޫލުކުރާބޮޑު އާބާދީ އްއްމިދިވެހިރާއްޖޭގަ އެބައޮތް ކަމަށް.