ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މި ޒަމާނުގައި މީހުންގެ މައުލޫމާތު ހޯދާ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. ކޮންމެހެން ފޯނުން ގުޅައިގެން މައުލޫމާތު ހޯދާކަށްވެސް ނުޖެހެއެވެ. ދިވެހިން އާންމުކޮށް ބޭނުންކުރާ މީސް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާއިރުވެސް މިވޭތުވެ ދުވަސްތަކުގައި އެތައް ސަތޭކަ މިލިއަން ޔޫޒަރސްގެ ޑޭޓާ ބްރީޗްވެފައި ހުރިކަމަށް މިވަނީ ރިޕޯޓްތަކުން ހާމަވެފައެވެ. ޑޭޓާ ބްރީޗްވެގެން އީމެއިލް، ޕާސްވޯޑް، ދިރިއުޅޭ ގައުމު، އުފަން ތާރީހު ފަދަ ޒާތީ މައުލޫމާތު އެހެން ފަރާތްތަކަށް ލިބިގެންދެއެވެ. އަދި އީމެއިލް އަށް އެކްސެސް ލިބުމުން އީމެއިލްގައި ސޭވްކޮށްފަ ހުންނަ ޑޭޓާވެސް ލިބެއެވެ. އެހެންކަމުން ފައިސާގެ މުއާމަލާތްތައް ކޮށްލުން މިވަނީ މިފަދަ ހާލަތްތަކުގައި އާންމުކަމަކަށްވެފައެވެ.

މިހާރު ރާއްޖޭގައި ފޯން ކްލޯންކޮށްގެން ކަސްޓަމަރުގެ ޑޭޓާއަށް އެކްސެސްވެ، އެކި މުއާމަލާތްތައް ހިންގާ ފައިސާގެ މުއާމަލާތްތަކާއި މީސް މިޑިއާ އެކައުންޓްތައް ބޭނުންކޮށްގެން ޝަޚްސް އޮޅުވާލަމުން ދެއެވެ. ފިޒިކަލް ފޯނު މީހާ އަތުގައި އޮންނަ ވަގުތުވެސް އޭގައި ހިމެނޭ ޑޭޓާ ބޭނުންކޮށްގެން އެހެން ފަރާތަކުން މުއާމަލާތްކުރެއެވެ. މާނައަކީ ވަރޗުއަލްކޮށް ފޯނުގެ ހުރިހާ ޑޭޓާއަކަށް އެކްސެސް ވުމެވެ. އޭގެ ތެރޭގައި އެޕްތަކާއި ވީޑިއޯ އަދި ފޮޓޮތަކަށްވެސް ހިމެނެއެވެ. އީމެއިލް އާއި އީމެއިލް ޕާސްވޯޑް ލިބި އަދި ބްރައުޒަރގައި އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ސޭވްކޮށްފައި ހުރުމުން ބޭންކު އެކައުންޓުން މުއާމަލާތްވެސްކޮށްލެވެއެވެ.

މިއީ ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައިވެސް މިހާރަކަށްއައިސް ހިނގަމުން އަންނަކަމެކެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، ބޭންކާއި ފުލުހުންގެ އިތުރުން އެހެން އިދާރާތަކުން އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުންދާއިރު އަދިވެސް ބައެއް ކަސްޓަމަރުންނަށް އަންނަ ކޯލްތަކާއި އީމެއިލްތައް މެދުވެރިކޮށް މައުލޫމާތު ދީފައި ހުންނަކަން ފާހަގަކުރެވޭކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ގުޅާ އެކައުންޓުން ފައިސާ މަދުވެގެން ނުވަތަ ގެއްލިގެން. މިފަދަ މައްސަލަތަކަށް ބަލާއިރު މި އޮންނަނީ އީމެއިލް ކޮންމްޕޮރޮމައިޒްވެގެން ނުވަތަ ބްރައުޒަރގައި ނުވަތަ އީމެއިލްގައި ޕާސްވޯޑް ސޭވްކޮށްފައި އޮތުމުގެ ސަބަބުންއެހެން ފަރާތަކަށް އިންޓަރނެޓް ބޭންކިންގ އަށް ވަދެ އޯޓީޕީ ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ފުރުސަތުދެވިފައި. މި ހާލަތްތަކުގައި ކަސްޓަމަރުން އެބަ އެދޭ ފައިސާ ލިބޭ ފަރާތުގެ މައުލޫމާތު ހާމަކުރުމަށް. މި މައުލޫމާތު އަލުގަނޑުމެންނަށް ދެވެން މި އޮންނަނީ ތަހުގީގީ އިދާރާތަކަށް، އެހެންކަމުން އަޅުގަނޑުމެން އެދެނީ ޕޮލިހަށް މައްސަލަ ހުށަހަޅަން. މިކަމުގެ ހިތްހަމަނުޖެހުން ކަސްޓަމަރުންގެ އެބަހުރި. އެހެން ނަމަވެސް މިކަމުގައި ބޭންކުން އަމަލުކުރަމުން މިދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް. ޕޮލިހުންގެ ފަރާތުން ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ބޭންކުން ދަނީ ފޯރުކޮށްދެމުން."

ކާޑުން ފައިސާ ކެނޑޭ މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ބީއެމްއެލް އާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ މަގްބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތައް ކަމަށެވެ. އަދި ބޭންކުތަކުން ކާޑުގެ މައުލޫމާތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނެހެން ގާއިމްކުރެވޭ ނިޒާމްތައް އަބަދުވެސް އެ ނެޓްވޯކްތަކުން މޮނިޓަރކުރަމުންދާ ކަަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އޮންލައިން އަދި އޮފްލައިންކޮށް އީ-ކޮމާސްމާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ. އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ. މިހާލަތުގައި ކާޑު ހެއްދުމަށް އެއްވެސް ފީއެއްވެސް ނުނަގާނެ."

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވަގުބޭންކ

    ހައްތެރި. ބޮލުން ކަޓުވާލާ

    18
    1
  2. Anonymous

    ތަނުގެ އެތެރެއިން ހިންގާ ޖަރީމާ ކޮބާ

    38
    1
  3. ޢހ

    ދެން ތިހެން ކިޔަކިޔާ ތިބެންވީތަ ބީ އެމް އެލް؟ މާފުށި ޖަަލުގަ ޖޭމަރ ހަރުކުރީމަ މި ސަރުކަރުގެ ބޮޑުންނާއި ކުއްވެރިންނަށް ޑީލް ނުކުރެވޭނެ ދޯ ؟

    18
    1
  4. ބޯ

    ބަލަ ބމލ އަށް އެންގޭނެ ކޮން އެކައުންޓަކަށް ކަން އެ ޖަމާ ވަނީ ނޫނީ ޓްރާންސްފާ އެކުރަނީ އެގޮތައް ބަލާއިން ކާކުކަން ހޯދޭނެ...ބެންކް ވ ފޭކް

    12
    1
  5. ކޮރަލް

    ،މިކަން ކުރަނީ ކޮން ބައެއްކަން އިނގޭއިރުވެސް ތަހުގީގު ކޮށް އަދަބެއް ދިން މީހަކު ނެތެވެ. އަބަދުވެސް ދައްކަނީ ބަލައިގެން އުޅެން ޖެހޭ ވާހަކަ އެވެ.

    16
  6. އަލީ

    ދެން ކިހާ ދެރަކަމެއް. ދެން ބޭންކަށްވެސް އިތުބާރެއް ނެތެއްނު. ފައިކޭޓުގައި ގެންގުޅުމެކޭ ބޭންކުގައި ގެންގުޅުމެކޭ މި ޖެހެނީ އެއްތާ. މި ރާއްޖެ މީ ވަގުންގެ ރާއްޖެއެއް.

    15
  7. އަޖއަިބު

    އަޖައިބުވަނީ ރާއްޖޭގަ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގަ ހުޅުވާފަހުންނަ އެކައުންޓްތަކުން ފައިސާ ގެއްލޭތީ!!!!!

  8. ވިސްނުން

    ބމލ ގެކަންކަން ބޮއްސުންލާފައިވަނީ އެތަނުގެ ސީނިއާ
    ލެވެލްގެ މުއައްޒަފުންގެ ބައިވެރިވުމެއް އޮވެގެންތޯވެސް
    ބެލެންޖެހެއެވެ.