ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ބަހްރައިންގެ ރަސްގެފާނު، ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބަޙްރައިނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހު، ބަޙްރައިންގެ ޝާހީ ގަނޑުވަރު، ޤުޟައިބިއްޔާއިން، އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، ބަހްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި ރައީސް އާއި ބަހްރައިންގެ ރަސްގެފާނު ވަކިން ބައްދަލުކުރައްވައި، ރާއްޖެ އާއި ބަހްރައިންގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން، އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ދެބޭ ފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ވަނީ ދިވެހިރާއްޖެ އާއި ބަޙްރައިން އާއި ދެމެދު 4 އެއްބަސްވުމެއް ބަދަލުކުރައްވާފައެވެ. އަދި ދެގައުމުގެ އިސްބޭފުޅުން މަޝްވަރާކުރައްވައި، ރާއްޖެ އާއި ބަހްރައިންގެ ހާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ދެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ދެކަނބަލުންގެ ޝަރަފްގައި ބަހްރައިންގެ ރަސްގެފާނު ބޭއްވެވި ރަސްމީ ޖާފަތުގައި ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ، ބުދަ ދުވަހު ބަހްރައިންގެ ވަލީއަހްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ އަދި ބަހްރައިންގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    ފިލަން ދިޔަ އެއަރޕޯޓަށްތަ ފޭބީ އަނެއްކާ ނޫނީ ޖީބަށް ލައިގެން ގެނައި އެއަރޕޯޓަކަށްތަފޭބީ ދޮގާމަކަރުން ގެނައި ފައިސާބޮނޑި ކޮބައިތޯ ނިކަންތަފްޞީލެއް ދެއްވާނަންތޯ

  2. ހޭބައްޔެއްނު

    ސެލްފީގެ ދަތުރު.. ލޮލް ލާރިގަނޑު ތަޅާލާ. ދެން އޮތީ އަހަރެއް.ބައިގަަނޑު އޮރިޔާންވާން

    • ޟުލިއަ

      ގޮވައިގެން ދިޔަ ވަފުދުފެނިފަ މަ ބިރުންފިއްކެޑިއްޖެ! އަދި އެއީ ސިކިއުރިާޓީ ޕަރސަނަލް ނުލާ. ކޮންމެދަތުރެއްގަ ކޮއްކޮ/ސެކެޓްރީ ފާތޭވެސް ގެންދޭ. މައުމޫނުގެ ޒަމާނައްވުރެވެސް ކަންތައްބޮޑު.