ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.

އެމްޓީސީސީއިން މިއަދު ބުނީ ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރުމުގެ އިތުރުން 10،392 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 53.9 މިލިއަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާމު

    ތާރު އަޅާވެސް ނިމިއްޖެ. ރައްޔިތުން ގުބޯ ހައްދަނީ.

  2. ގަމު މީހާ

    ހަމަ ހައިރާން ވެއްޖެ، ލާމް ގަ މިއޮތް ބޮޑު ގަމުގައި ހުރީ އެމްދީޕީ ގެ މެމްބަރެއް ކައުންސިލްގައި ތިބީ އެމްޑީޕީ މެމްބަރުން ގަމުގައި އެއްވެސް މަގެއް ހަދާތަނެއް ނުފެނޭ، ފޮނަދޫގައި ހުރި ކުދި ގޯޅތަކަށް ދާންދެން ތާރުއަޅަ ނިންމަނީ، ގަމުގައި ތިބި ސިޔާސީ ވެރިން ލަދުގަނޭތަ. ކަލޭމެން ކީއްތިކުރަނީ، ގުއިފާލުގައި ދަންޑިންތަޅަން ތިބޭ ބައެއްތަ ތީ.