ނަފްސާނީ ދުޅަހެޔޮކަަމަށް ދޭ ފަރުވާގެ އަގުތައް ހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރާއިރު ނަފްސާނީ ދުޅަހެޔޮކަމަށްދޭ ސަމާލުކަން އިތުރުކޮށް، އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ މުޅީ ދުނިޔެއިންވެސް އިސްކަން ދޭން ޖެހޭކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަވަހަށް ލިބޭ، އަގުހެޔޮ ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާއެއް ކަށަވަރުވެފައި ވުމަކީ އެންމެންގެވެސް ހައްޤެއް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ނަފްސާނީ ބަލިމަޑުކަންތައް އިތުރުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ނަފްސާނީ ފަރުވާގެ އަގު ބޮޑުވުމާއި ފަރުވާ ހޯދަން ދަތިތައް ހުރުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

ގިނަ ގައުމުތަކުގެ ސިއްހީ ނިޒާމުގައި ނަފްސާނީ ފަރުވާއަށް މާ ބޮޑު އިސްކަމެއް ވެސް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ތިވާހަކަ އިހަށް ބާއްވާ! ކޮބައި މިހާރު ވެރިކަމަށް 100 ދުވަސް ހަމަވެއްޖެތަ؟

  2. ރާއްތެރެމީހާ

    ވެރިކަމަށް އަންނަންވީ އެއެްވެސް ވައުދެއް ނުފުއްދައި ހަތަރު ފާއިތުވެ ރިޔާސީ އިންރިޚާބު ބޯމަތިވީމައި މިގޮތެއްނެތް މީހަގަޑު ތަޅާއަގަ1 މިހާރުތަ ގެޓްވީ ނަފުސާނީ ބަކީގެ ފަރުވާގެ އަގުހެއުވާންޖެހޭކަން! ނުދޭނަންވޯޓެއް!

  3. މޮޔަސޮރު

    ނަފްސާނީ މީހުންގިނައީ މިސްކިތްތަކަށް ބޮޑުކަމުދަނީވެސް އެކަހަލަމީހުން.

  4. މުހައްމަދު

    ކޮންމެ ބިލަކުން 10ރ ވަރު ކަންނޭގެ ކުޑަވާނީ // ދެން އަރާ ބުނާނެ ވަރަށް އަގުހެޔޮކޮށްދީފައޭއިންނާނީ // އޭރަ ބަލަންތިބޭ މީހުން އައްޖަހާނެ // އެކަމް ހިދުމައް ހޯދާ މީހުން ތިބޭނީ ވާނުވާގަ ކުޑަވީ ކިހާވަރެއްކަމެއް ނޭންގިފަ.. ޤައުމުގެ ޙާލަތުމީ..

  5. ޓަކުރު

    ޖެހެންޏާ ދެން ކޮށްބަލަ. ކާކުތަބުނީ ނުކުރާށޭ، މޮޔަވެދާނެ އަޅެފަހެ.

  6. ޢައިޝާ

    ޢަދި ހޭލެވުނީ ކަންނޭގެ

  7. Anonymous

    ހެޔޮނުވާނެ ދެން އިތުރުއެއްޗެއް އަގުހެޔޮނުކުރާތިއެވެ. އޭރަށް ތީގެ ބަދަލަށް 10 ޓެކްސް އިތުރަށް ތައާރަފްކޮށް ރައްޔިތުންގެ އަތުން އަތުލާނެއެވެ.

  8. އަބްދޫ

    ނަފްސާނީ ބަލި ހުންނަ މީހުންނަކީ ސިކުނޑިއަށް ބޭސްކުރަންޖެހޭ ސިކުނޑި ހަމަނުޖެހޭ މީހުން. ނަފްސާނީ ކިޔާފަ ކަމަކާ ހާސްވީމަ ކީރިތި ގުރްއާން ކިޔަވަންފަށާ އޭރުން ސިކުނޑިތާޒާވެދާނެ. ނަފްސާނީ މައްސަލަ ފިލާދާނެ.

  9. ސުންދް

    އެންމެ ފުރަތަމަ އައިޖީއެމްއެޗް ގެ ސައިކިއަޓުރީ ޑިޕާޓްމަންޓު ހަމަޔަކަށް އަޅުވަބަލަ!

  10. ޝުފާން.

    މާލެ ސަރަހައްދަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ޕޮޕިއުލޭޝަން ޑެންސިޓީ މަތި ތޮއްޖެހުން ހައްދުފަހަނަޅާފަވާ ސަރަހައްދުތަކުގެ ލިސްޓުގައިވާ ތަނަކަށްވާއިރު މިތާގައި ދިރިއުޅޭމީހުންގެ ނަފްސާނީ ހާލަތު ރަނގަޅުވާނެ އެއްވެސް ގޮތެއް އޮންނާނެތޯ.؟