މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ، އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަަމަށެވެ.

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ހެންވޭރު ތުއްރަވާސް ގޯޅިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު, މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމުގައި ބެލޭ މިންގަނޑަށް ފެތޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާލޭސޮރު

    ތިހެންފެންނަ އެއްޗެހި ހޯދާފަރާތުން އިހުމާލުވާތީ އިހުމާލުވާ ފަރާތަށް އަދަބެއް އޮތުން މާމުހިންމުކަމަށްފެނޭ އެމީހުންގެ ސަބަބުން ކިތައްބޮޑުން އެތިބީ ދޫވެ ފިނިކޮޓަރީގަ

    12
  2. އަމީން

    އެންމެ 20އަހަރު...އެކަމު ޑްރަގް ގެ ބޮޑެއް. ތި އަދި ރަގަޅު ވާހަކައެއް ނޫން. ތިޔަށް ވުރެއް ބޮޑު ބޮޑެއް ހުންނާނެ 40 އިން މަތީގަ...ތި އަދި ކުދި އެއްޗެހި.

    10
  3. ވިކިލީކްސް

    ތިއީ ބޮޑަކަށް ނުވިއެއްނު. ބޮޑުން ނުދާނެ މަގުމަތިން އެއްޗެހި ހިފައިގެނެއް. ބޮޑުން ގޭނީ އެމީހުންގެ ފޯނު ޗެކުކުރީމަ. ޓެލެގުރާމާ ސިގްނަލްއާ ވަޓްސްއެޕް ހިސްޓްރީ ބެލީމާ

    11
  4. ފޮޅި

    ޗޭނު ރަގަޅަށް ދާނެބާ؟

  5. ގަލަން ތުނޑު

    ތިވާނީ ބޮނޑަކަށް.. ތިނުވާނެ އެބުނާހެން ބޮޑަކަށް..ވ ސަލާމް