ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސިންގ ގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެ މަސައްކަތް ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ފަސް ވަނަ ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފައެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު ހައިޝަމް އެވެ.

އެ މަސައްކަތް ހަވާލުކުރީ 547 ދުވަސްތެރޭގައި ނިންމާގޮތަށް، 241.6 މިލިއަން ރުފިޔާ އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުއްމީދަކީ އެ ސްކޫލުގެ މަސައްކަތް 2024 ގެ މާޗު ހިސާބު ނިމި އެ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު މި އިމާރާތުގެ ބޭނުންކުރަން ފެށުން ކަމަށެވެ.

އެ ސްކޫލުގައި 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކެއް ހިމެނޭނެ އެވެ.

އެ ސްކޫލުގެ މުވައްޒަފުން ޕާކް ކުރުމަށް ޕާކިންގް ސަރަހައްދެއް ހިމެނޭ އިރު އެ ސްކޫލު ނިމުމުން ހުޅުމާލޭ ފޭސް-2 ގައި ދިރިއުޅެމުންދާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ކުރީ ފަހަރު އެޅީ ޓިނު ގުދަނެއް! މިފަހަރު ފަން ޖިފްޓިއެއް ނޫންބާ

    12
    1
  2. ބަޑަންޑޫ

    ޝުކުރިއްޔާ އިބޫސޯލިހު

    1
    12
  3. އަބްދޫ

    މިފަހަރު ސްކޫލް އަލަނީ ދަނޑި ފަނުންތަ؟ ކުރީސްކޫލް ދަގަނޑާއި ޓިނުން .ރާއްޖެތެރޭގަ ހަދާތަންތަން ދަގަނޑުންފްރޭމް ހަދާ ޖިޕްސަންބޯޑް ޖަހައިގެން. މިސަރުކާރުގެ މަސައްކަތް ކޮންކްރިޓަށް ނޫނެކޭ ބުނުން.

    • ނިޒް

      އަބަދުވެސް ސްކޫލް އަޅަން ހަވާލު ކުރާތަން މިފެންނަނީ...ނިމޭ ތަނެއް ނުފެނޭ

  4. ލޮބުވެތި ވަތަން ސިފަ ގެއްލިފަ

    ފޭސް 2 ގަ ސްކޫލްތައް އެޅީމަ ބޮޑު ޕްރޮފިޓް އެއް ލިބޭނެކަން އެނގުނީ ދޯ. ކަލޯގެޔާ ދައުލަތުގެ ޙަޒާނާ އައް މިވެރިން މިޖަހަނީ އެކްސްކަވޭޓަރު. އުމަރު ބުނި އެއްކަލަ ވަޅުގަންޑު ނެއްތާ ލަކުނު ވެސް ނީއްނާނެ މިފަހަރު

  5. ކޮންމެވެސް މީހެއް

    5 ވަނަ ސްކޫލޭ.......؟ އަހަންނަށް ފެންނަން ހުރީ ސްކޫލެކޭ ކިޔާފައި އަޅަމުންދާ އިމާރާތަކާއި، ސުކޫލެކޭ ކިޔާފައި އެއްބައި ނިމި އަނެއްބައި އަދި ނުނިމޭ ޓިނުޖަހައިގެން ހަދާފައިވާ ތަނެއް... ދެން ހުރި ދެ ސްކޫލަކީ ނުފެންނަ ގޮތަށް އަޅާފައިވާ ދެ ސްކޫލްތޯ؟؟

    3
    1
  6. ލަކީ

    ޙެހެ އަޒުރޯވާ މޯލްޑިވުސް އަކީ ކިން ބައެއްގެ ކޮމްޕެނީ އެއްކަން އަޅުގަންޑަށް އެންގޭ މީ އިހަކަށްދުވަހު އުފެއްދި ކުންފުންޏެއް މީހަމަ އެބޭފުޅުންނަށް ލާރި ގަންޑެއް ދޭންވެގެން ކުރިކަމެއް ތި ކޮންޕެނީގެ އަަޑީގަ ތިބީ ކޮންބައެއްކަން ވެސް އެންގޭ

  7. ލަކީ ބްރޯ އަށް

    ތި އެނގޭ މައުލޫމާތު ހާމަ ކޮށްބަަލަ! ލަކީ އަށް އެކަނި އެނގި ވަގުތުނޫހުގެ އެތަށް ހާސް ކިޔުންތެރިންނަށް އެކަން ނޭނގުމީ ދެރަ ކަމެއް.

  8. ރޯނު

    ލަފާކުރެވޭ ގޮތުގައި 55 މިލިއަން ހަރަދުވާނެކަމަށްވަނީި މިފަހަރުގެ ވަޅޯމަސް ގުދަނަށް