މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ "ތިލަމާލެ ބްރިޖު"ގެ ދާއިމީ ތަނބުތައް ޖެހުމަށް ތައްޔާރުވަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަގުތަށް" ވިދާޅުވީ މިހާރު ކުރިއަށްދާ ބްރިޖްގެ މަސައްކަތަކުގެ ތެރޭގައި ހިމެނެނީ މާލޭ ކޮޅު އެއްގަމުގައި ޕައިލިންގގެ މަސައްކަތް ކަމަށެވެ.

އަދި ދާއިމީ ތަނބުތައް ޖެހުމަށް މެރައިން ޓެސްޓްގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ޖިނާން ވިދާޅުވީ މި އަހަރުގެ ތެރޭގައި ދާއިމީ ތަނބުތައް ޖަހަން ފަށާނެ ކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރިއަށް ދަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖާއި އެ ސަރަހައްދުގެ މަގުތައް ވަނީ ހާއްސަކޮށްފައެވެ. އެ ސަރަހައްދުގައި ބްރިޖަށް ބޭނުންވާ ސާމާނު ބަހައްޓާނެއެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާށެވެ. ފުރަތަމަ އޮތީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމެވެ. އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އޭގެ ފަހުން މެއި 2024 އަށް ބްރިޖު ތިލަފުއްޓަށް ގުޅާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ތިލަމާލެ ބްރިޖްގެ ތަނބެއްގެ ބިންގާ ރައީސް އާއި މޯދީ އިންޑިއާގައި އަޅުއްވައިފި

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑައެލޯގް

    ތިޔަބްރިޖް ފެށުންވެސް ތިކުރެވެނީ ޔާމީނުގެ ކޮށްދެއްވާފައިވާކަމަކުންނެވެ. އެއީ އިންޑަސްޓްރިއަލް ވިލެޖްހެދީޔާމީނެވެ. އެތަންހަދާތީވެސް އެމްޑީޕީމީހުންވަނީ ޖެއްސުންކޮށް އެއްޗެހިގޮވާފައެވެ. ނަމަވެސް މިއަދު ތިޔަބްރިޖް ފެށުނީވެސް އެތަންހުރުމުންނެވެ. އެހެންނޫންނަމަ މިދައުރުނިމޭއިރު އިންޑަސްޓްރިއަލް ވިލެޖް ކިރިޔާ އެމްޑީޕީއަށް ނިންމޭނީ

    40
    1
  2. ދަރަނި ދަންތުރަ

    ތިޔަ ގުރޫޕު ބޮޑުކައްނެލި މަސްވެރިކަމާ ދާންވީނު

    31
    1
  3. Anonymous

    ތިބުރިޖެއް ނޭޅޭނެ. ތިބުރިޖް އެޅިޔަސް ތިބުރިޖް މާގިނަދުވަހެއް ނުވެ ބިންދާގެން ދާނެ. ސަލާމް. އިންޑިޔާމީހުންނަށް ކޮން ކަނޑެއް ހުރަސްކޮށް މިވީތަނަށް އެޅިފައޮތީ. މާ މޮޅުބަޔަކޭ ކިޔާފަ ފޮޓޯތަކެއް ދެއްކިޔަސް ތިމީހުންނަށް މިކަން ނުވާނެކަން ފެށުމުގައިވެސް އެގޭ.

    36
    4
    • Anonymous

      ޗައިނާއަކީ އަދި މިހާރުވެސް "މޭޑް އިން ޗައިނާ" އަކީ އެއްޗެއްގެ ކޮލިޓީ ދެރައެއްޗެއްކަން ބުނަން ބޭނުންކުރާ ބަހެއް.

      ތިބޭފުޅާ ހީކުރާގޮތަކަށް ނޫން ހުރިހާކަމެއް ފުރިހަމަވެގެންދަނީ.

      3
      6
  4. ސޯލޭ

    އިންޑިޔާއައް ގޮސް ސޯލިހުއާ މޯދީ އަޅާދިނީ ވަގުތީ ތަނުތަކެއްދޯ ހާދަ ދޮގުހަދާ އޮޅުވާލާ ސޯލިހެކޭމީ ހުންނަ ހަޔާތްކުޑަކަން މިކަލޭގެ

    13
    1
  5. މެކް

    ކޮބާ ޕްލެޓްފޯމް ފުތަމަ ޕްލެޓްފޯމް އެޅިގެންދޯ

    17
    1
  6. އައުޓް

    އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އިންޑިއާ އައުޓް

    18
    3
  7. ސޮރީ

    އަބަދު ވެސް ތަނބުތައް ޖެހުމުގެ މަސައްކަތަށް ތައްޔާރުވަނީ ޔޯ

    25
    1
  8. ޒާ

    އަހަނ އަދި ތަނބު ޖަހާ ނުނިމޭތަ؟

    19
    1
  9. Anonymous

    ސާބަހޭ އަދިވެސް ބޮޑު އަންބާ ކިޔާފައި ތައްޔާރު ވާ ވާހަކަ. ވާލަށް ވެސް ސާބަހޭ
    އަޖުފާޖެއް ނޭނގެނީތޯޗެ.
    ގުލްޒާރުގައި ނަޔާމަގޭ ކިޔާފުމެ އަރުވާ.
    ކަންކަން އެބަކުރެވޭޔޭ. އަހަރެމެން އަދިވެސް ޤަބޫލު ކުރާނީ އެއް ބުރިޖް އެޅި މީހަކަށޭ ދެންވެސް ބުރިޖް އެޅޭނީ. ހާހާހާ

    10
    1
  10. ހުދާ

    އިންޝާﷲ ތިކަމެއް ނުވާނެ، އަހަރެމެން ތަރައްގީވެސް ބޭނުން ، ބްރިޖްވެސް ބޭނުން، އެކަމަކު މައްސަލައަކީ އެއްވެސް ތަޖުރިބާޢެއްނެތް ބައެއް އަދި ދިވެހިން ފެލާލަން އުޅޭ ބައެއް ވީމަ.

    12
    1
  11. އާދަނު

    ނޭޅޭނެ ނޭޅޭނެ ނޭޅޭނެ ރިޔާސީ އިންތިޚާބު ކައިރިވީވަރަކަށް އަރުވާނީ އަޑު! ތިޔަ އަޑުތައް ރައްޔިތުން ނާހާނެ! އެލެކްޝަންސް ކޮމިޝަނުން އަހާފާނެ!

    1
    1
  12. އާދަނު

    ނޭޅޭނެ ނޭޅޭނެ ނޭޅޭނެ ރިޔާސީ އިންތިޚާބު ކައިރިވީވަރަކަށް އަރުވާނީ އަޑު! ތިޔަ އަޑުތައް ރައްޔިތުން ނާހާނެ! 4 އަހަރު ނިމުނީ! އެލެކްޝަންސް ކޮމިޝަނުން އަހާފާނެ!

  13. ގލ

    ތިލަމާލެ ބުރިޖުގެ ތަނބުތައް ޖަހަން ތައްޔާވަނީ ދޯ
    ވަރަށް އުފާވެރި ޚަބަރެއް ދޯ ތައްޔާރުވަނީ ހަމަ
    ތައްޔާރުވަނީ ދޯ