ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު އަނެއްކާވެސް ހައްޔަރުކޮށްފިއެެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ ދުބާއީން ސްރީ ލަންކާއަށް ޑީޕޯޓް ކުރުމުން އެ ގައުމުންނެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ، ހައިކޯޓުގެ އަމުރެއް ތަންފީޒު ކުރުމަށްޓާކައި އަރްޝަދު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރުމެވެ.

އޭނާއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ، ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، ފަހުން އަނެއްކާވެސް ހައްޔަރު ކުރި މީހެކެވެ.

ނަމަވެސް އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވެ ފަހުން ވަނީ ރާއްޖެއިން ބޭރަށް ފުރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންޑިޔާފަސްބައި

    މަސްތުވާތަކެތި! ފޮށި ބަރުކޮށް "އޭތި"! އެއީ އޭނާގެ ތަކެތި ކަމަށް ދައްކާނެ ހެއްކެއްނެތް! އަވަސް! ދޫކޮށްލަ! މަގޭ ޖީބުގައި ސިގްރޭޓް ފޮއްޓެއްވެސް އެބައޮތް! މައްސަލައަކީ ކޮބާ؟! މިއަދުގެ ޑޭއިލީލައިފް! އަދި މަމެންގެ! 👍

    13
  2. ހަވާސާ ހާދިސާ

    ތިޔަ މީހާވެސް ދޫކޮށްލާނެ ތިޔަމީހާގެ ފައިދާ ނަގާނީ އެމްޑީޕީން ނޫނީ ޕީޕީއެމުން ނޫނީ އަދާލަތުން!

    12
    4
  3. އަހްމަދު

    ކޮންމެވެސް އުންސުރެއް ހަމަނުވެގެން ދޫކޮށްލާ!!! ދޫކޮށްލާނެ!

    16
  4. ރަން ރީނދޫ

    އުންސުރު ޝަމީމް. މިއޮތީ ލާރިގަނޑެއް ލިބޭނެ ކޭސް އެއް ލައްވާލާފަ. އަވަހަށް ޖީބު ބޮޑު ވޭތޯ ބަލާ. ޕްރައިވެޓް ލައިފްގަ ރާބުއިމާއި ދީނަށް ފުރައްސާރަ ކުރުން މި ޕްރޮސެކިއުޓަރ ގެ މަސައްކަތަކީ.

  5. ހުސާމް

    އަންނަ އަހަރު ރިޔާސީ އިންތިހަބުގަ ކޮންމެވެސް ޕާޓީއެއްގެ ރަނިންގް މޭޓްއަކަށް ނެގުން ރަގަޅުވާނެ އެސޮރު އަތުގަ ހަރަދުކުރާނެ ފައިސާހުންނާނެ

  6. ޓިނު

    ވަރިހަމަތާ މަރުވުމެއްނެޔް ވީއިރު ހިތުހުރިގޮތަކަށް އުޅެންވީ
    ޙަރާމް ތަކެތިން ދުނިޔޭގައި ޢުޅެންވީ ،
    ދެރައީ މުސްކުޅިވެ ނުވަތަ ވާބަލި ޖެހި އެނދުމަތިވެ ދެން ރޮއިހޭރޭތީ.

  7. ހުޗޭ

    އަނހާ! ތި ފޮޓޯ ފެނިފަ އަހަރެން އުފާވި ވަރަށް ބޮނޑަށް. ވަރައް ފުއްޕާފަ އުޅުނު ގޮލަޔެއް ތީ. ދެން ލަލަލާ!