ހުޅުމާލެ ފޭސް ދޭއްގައި އިތުރު ދެ ބަސްހުއްޓި ހަދާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގްރޭޓަރ މާލޭ ސަރަހައްދުގެ ބަސް ރޫޓްތަކުގެ ތެރެއިން ފޭސް ދޭއްގެ ބަސް ރޫޓަށް އިތުރު ދެ ބަސްހުއްޓިއެއް މާދަމާ އިން ފެށިގެން އިތުރު ކޮށްފައިވާ ކަމަށެވެ.

އެއީ ހުޅުމާލެ ފޭސް ދޭއް އިން ހުޅުމާލެ ފޭސް އެކެއްގެ ރޫޓާއި، ހުޅުމާލެ ފޭސް ދޭއް އިން މާލޭގެ ވެސްޓް ޕާކް ބަސް ރޫޓާއި، ހުޅުމާލެ ފޭސް ދޭއް އިން މާލޭގެ ކާނިވަލް ބަސް ރޫޓްގެ އިތުރުން، ހުޅުމާލެ ފޭސް ދޭއް އިން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަސް ރޫޓެވެ.

މި ބަސް ރޫޓްތަކަށް އިތުރުކޮށްފައި ވަނީ ،މަސްޖިދުލް އަމީރް ޖަމީލް ބަސް ހުއްޓި (ހުޅުމާލެ ފޭސް ދޭއް ނިރޮޅު މަގު) އާއި ސްޓެލްކޯ ފްލެޓް ބަސް ހުއްޓި (ހުޅުމާލެ ފޭސް - ހިތިގަސް މަގު) އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ފްލެޓްތަކަށް މީހުން ބަދަލުވެފައި ވަނީ ދާދި ފަހުންނެވެ. އަދި އޭގެ ފަހުން ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ އެމްއޭސީއެލްގެ ފްލެޓްތަކަށް ވެސް ވަނީ މީހުން ބަދަލު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    ލާރިއަޅާ ކާޑުބޭނުން ކުރެވޭނަމަ ވަރަށް ފަސެހަވާނެ..