ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޏ. ފުވައްމުލައް ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެއެވެ.

އެ ސިޓީގައި ފެންބޮޑުވެފައި ވަނީ މިސްކިތްމަގު އަވަށުގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ އަވަށުގެ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއާއި ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި އެ ސަރަހައްދުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން ސްޓޭޝަންގެ ސިފައިން އެ ސަރަހައްދުތަކަށް ގޮސް، މިއަދުގެ ހެނދުނު 09:55 ހާއިރުން ފެށިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު